Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީންގެ ޝަރީއަތް

ރައީސް ޔާމީންގެ ޝަރީއަތް: އިތުރު ފުރުސަތަކަށް އެދިވަޑައިގެންނެވުމުން ފަހު އަޑުއެހުން އެހެން ދުވަހަކަށް!

މިއަދު ބާއްވަން އުޅުނީ މިމައްސަލައިގެ ފަހު އަޑުއެހުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 8 ޖުލައި 2020 | ބުދަ 11:59
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ބޭފުޅުން ކްރިމިނަލް ކޯޓުން، އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި: އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކުގެ ތުހުމަތ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ބޭފުޅުން ކްރިމިނަލް ކޯޓުން، އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި: އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކުގެ ތުހުމަތ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ، މައްސަލައިގެ ޝަރީއަތް އަވަސް ކުރަން، އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީން ބޭނުންވި ނަމަވެސް، ބުދަ ދުވަހު ބާއްވަން އޮތް ޝަރީއަތުގެ ފަހު އަޑުއެހުން، ރައީސް ޔާމީން އެދިވަޑައިގެންނެވުމުން ފަސްކޮށްފިއެވެ.

ބުދަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމަކީ، ރައީސް ޔާމީންގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން، ފަހުބަސް ވިދާޅުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ބޭއްވި އަޑުއެހުމެކެވެ. އެގޮތުން، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށާއި ދައުލަތުގެ ގާނޫނީ ވަކީލުން 30 މިނެޓްގެ ވަގުތެއް ކޮންމެ ފަރާތަކަށް ދެއްވާފައެވެ.

އެގޮތުން ހުލާސާ ގޮތެއްގައި، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާއި، ދައުލަތުގެ ގާނޫނީ ވަކީލުން ވާހަކަ ދެއްކެވުންފަހު، ރައީސް ޔާމީން އެދިވަޑައިގެންނެވުމުގެ މަތިން، އެމަނިކުފާނަށް 10 މިނެޓްގެ ވަގުތެއް ވާހަކަ ދެއްކެވުމަށް ޝަރީއަތުން ދެއްވިއެވެ.

ރައީސް ޔާމީން ވާހަކަ ދެއްކަވަން ފެއްޓެވުމުގެ ކުރިން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަށް ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިނުލައްވާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި، ނަމަވެސް ފޯނުން ގާނޫނީ ވަކީލުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިލައްވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން ދައްކާފައިވާ ވާހަކަތަކާއި އަދި މައްސަލައިގެ ބާވަތުން ގާނޫނީ ވަކީލުންނާ ބައްދަލުކޮށް، މަޝްވަރާ ކޮށްލަން ބޭނުންވާ ކަމަށާއި، އޭގެ ފަހުން ފަހު ބަސް ވިދާޅުވުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ އެ ވާހަކަފުޅުތަކާ ގުޅިގެން، ފަނޑިޔާރުން ވަނީ ދައުލަތުގެ ވަކީލުންނާ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. ފަނޑިޔާރުންގެ ސުވާލުތަކާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ، ކޮވިޑް-19 ޕެންޑަމިކް އާގުޅިގެން، ކޮވިޑް-19 އިން ރައްކާތެރިވުމަށް ކ. މާފުއްޓާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ވެސް އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ އެއްގޮތަށް، މާފުށީ ޖަލުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅިގެން ވާކީލުންނާ ބައްދަލުވުމުގެ ފުރުސަތު މިދުވަސްވަރު ނުދެއްވާ ކަމަށެވެ. އަދި ކަރެކްޝަންސްގެ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ވެސް، ރޯގާއިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.

ނަމަވެސް ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސްފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ، މިހާރު، ނިއު ނޯމަލްގެ ދަށުން ސަރުކާރުގެ އޮފީސްތައް ވެސް ހުޅުވިފައިވާ ކަމަށާއި، އެހެންކަމުން ކަރެކްޝަނުން މިހާރު އަމަލު ކުރާ ގޮތެއް ބުރާސްފަތި ދުވަހު ހައިކޯޓަށް ދައުލަތުގެ ފަރާތުން އަންގަވާ ދެއްވުމަށެވެ. އަދި ރައީސް ޔާމީނަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިލެއްވޭނެ ގޮތެއް އޮތްތޯ ބައްލަވާ ދެއްވުމަށް ފަނޑިޔާރު އެދިލެއްވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ކަރެޝަންސްއާ ވާހަކަ ދައްކައިގެން ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތެެއް އޮތްތޯ ބެއްލެވުމަށްފަހު ކޯޓަށް އަންގަވާނެ ކަމަށެވެ. އިތުރަށް ދައުލަތުގެ ވަކީލާ ވިދާޅުވީ، މި އަޑުއެހުމަށްފަހު، ރައީސް ޔާމީނާ އެމަނިކުފާނުގެ ގާނޫނީ ވަކީލުން ބައްދަލު ކުރެވޭނެ އިންތިޒާމު ކޯޓުން ވެސް ހަމަޖައްސާ ދެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެއީ މިހާރު ވެސް މި ޝަރީއަތަށް ރައީސް ޔާމީން ގެންނަވާފައި ވަނީ ހާއްސަ ހާލަތެއްގެ ދަށުން ކަމަށްވާތީ އެވެ.

ނަމަވެސް، ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން ވިދާޅުވީ، ގާނޫނީ ވަކީލުންގެ ވެސް މަޝްވަރާ ކުރައްވަން ޖެހޭތީއާއި އަދި ރައީސް ޔާމީން ވެސް އާލާސްކަންފުޅާ އުޅުއްވާތީ، ގާނޫނީ ވަކީލުންނާއެކު ބާއްވާ ބައްދަލުވުން އެހެން ދުވަހަކަށް ހަމަޖައްސާ ދެއްވުމަށް އެދޭ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ، ނިންމައިގެން ހުންނެވީ ބުދަ ދުވަހުގެ މި އަޑުއެހުމަކީ ފަހު އަޑުއެހުމެއްގެ ގޮތުގައި ހަމަޖެއްސުމަށެވެ. އިތުރު އަޑުއެހުމެއް ބާއްވާނަމަ، މި މައްސަލަ އަވަސް ކުރަން ރައީސް ޔާމީން އެދިލައްވާފައިވީ ނަމަވެސް އިތުރު ލަސްކަމެއް އަންނާނެ ކަމަށެވެ. އެގޮތުން ކޯޓު ރޫމް ލިބުމުގެ ތާށިކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ބުދަ ދުވަހުގެ ޝަރީއަތް ނިންމަވާ ލެއްވީ، ފަހު އަޑުއެހުމުގެ ގޮތުގައި އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމެވުމަށްފަހުގައެވެ. ނަމަވެސް އެ އަޑުއެހުން ބާއްވާނެ ތާރީހެއް ޝަރީއަތުން އިއުލާނެއް ނުކުރައްވައެވެ.

ބުދަ ދުވަހުގެ މި އަޑުއެހުމަކީ، ފަހު އަޑުއެހުމެއްގެ ގޮތުގައި، ހަމަޖެއްސުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނު ވަނީ އެފުރުސަތު ދޫކޮށްލައްވާފައެވެ. އެއީ، ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރެއްވުމުގެ ފުރުސަތެއް ފަނޑިޔާރު ދެއްވި ނަމަވެސް، މިއަދުން މިއަދަށް ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރެއްވުމަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން ބޭނުންފުޅު ނުވުމުންނެވެ.

އެހެންކަމުން ރައީސް ޔާމީންގެ ޝަރީއަތުގެ ފަހު އަޑުއެހުން، ކަނޑައެޅިގެން ވަކި ތާރީހެއް ނެތްގޮތަށް މިވަނީ ފަސްކުރެވިފައެވެ. ފަހު އަޑު އެހުމަށްފަހު، ދެން ބާއްވާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތެވެ.

ރައީސް ޔާމީންގެ ޝަރީއަތް ލަސްވަމުންދަތީ، ރައީސް ޔާމީނާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް އަވަސްކޮށް، ގޮތެއް ނިންމާވާ ދިނުމަށް ހައިކޯޓުގައި ވެސް ވަނީ އެދިފައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގައި ދަތިތަކެއް ހުރިހާ ކޯޓުތަކަށްވެސް ވަނީ ކުރިމަތިއެވެ. ނަމަވެސް ދާދިފަހުން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައެއް ޝަރީއަތްތަކުގެ އަޑު އެހުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވަނީ، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ އާގުޅިގެން، ކްރިމިނަލް ކޯޓުގައި އެދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރި މައްސަލައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާ އާގުޅިގެން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު 28 ގަ އެވެ.

ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކެއްގެ ތަހުގީގުތައް ކުރިއަށްދެ އެވެ. ދާދިފަހުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރ. ފުއްގިރި ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދިން މައްސަލައެއްގައި މަނީ ލޯންޑަރ ކުރުމުގެ ދައުވާއަކާއި ކޮރަޕްޝަންގެ ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ދައުލަތުން ރައީސް ޔަމީންގެ މައްޗަށް ހޯދުމަށް މަސައްކަތް ކުރާ، ޖުމްލަ ފައިސާގެ އަދަދަކީ 591 މިލިއަން ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު