Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއީއޯސީ

އުސޫލާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދަނީ

8 ޖުލައި 2020 | ބުދަ 07:38

މި އިންސްޕެކްޝަން ކުރިއަށް ގެންދާނީ މިހިނގާ ޖުލައި 12 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 ޖުލައި 2020 | ބުދަ 07:38
އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު

އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެދިފައިވާ ޤާވާއިދުތަކާއި އުސޫލްތަކާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށް މާލެ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އަންގާރަ ދުވަހުގެރޭ ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ މި އިންސްޕެކްޝަން ކުރިއަށް ގެންދާނީ މިހިނގާ ޖުލައި މަހުގެ 12 ގައި ކަމަށެވެ. އަދި މި އިންސްޕެކްޝަންގައި މާލެ އޭރިއާގައި ހިމެނޭ (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި) އެކުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި އިންސްޕެކްޝަންގައި ހުރިހާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި، ސެލޫން، ބޯކޮށާ ތަންތަނާއި، ޖިމް އަދި އެކި ގޮތްގޮތަށް ހެދިފައިހުރި މާރުކޭޓްތައް ބެލިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އެޗްޕީއޭއާއި އެމްއެފްޑީއޭ، މާލެ ސިޓީ ކައުންސިލް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ޕޮލިސް ސާރވިސް، އެމްއާރުސީ، އެޗްޑީސީ އަދި ވެމްކޯ އާއި ގުޅިގެންނެވެ.

ނާސިރު ވިދާޅުވީ މި އިންސްޕެކްޝަންގެ އަމަޒަކީ ރައްޔިތުންނަށް ދުޅަހެޔޮ ރައްކައުތެރި މާހައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު ޕޮލިސް ސްޓޭޝަންގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެ އާންމު ކުރަމުންދާ ގައިޑްލައިން ތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ކަށަވަރުކުރުމާއި އެޗް.ޕީ.އޭގެ އިއުލާންތައް ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އަދިވެސް އެ މަސައްކަތްތައް ކުރަމުންގެންދާނެ ކަމަށެވެ. އެގޮތުން، އިންސްޕެކްޝަން ކުރިއަށްދާ ވަގުތު އިންސްޕެކްޝަންގައި ހިމެނޭ ޓީމުތަކާ އެކުވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށާއި ޓީމުތަކުގައި ހިމެނޭ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަންވެސް ފުލުހުން ކުރަމުންދާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވާ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަންވެސް ފުލުހުން ކުރަމުންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މި އިންސްޕެކްޝަން ކުރިއަށްދާ ވަގުތުތަކުގައިވެސް ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަންތަނާމެދު މިހާރުވެސް އަމަލު ކުރަމުންދާ އުސޫލުގެ މަތިން އެ ތަންތަނަށް އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެ ކަމުގައި ވިދާޅުވިއެވެ.

މި އިންސްޕެކްޝަނަށް ފަހުވެސް ފުލުހުން މިހާރުވެސް މަސައްކަތް ކުރަމުން ގެންދާގޮތަށް މޮނިޓަރިންގެ މަސައްކަތް ކުރަމުންދާނެ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ފަސް ޖެހުމެއްނެތި ފުލުހުން ކުރަމުންދާނެ ކަމަށްވެސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 މާރިޗު 2017

މަހްލޫފު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވި ސަބަބު ބެލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
މަހްލޫފު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވި ސަބަބު ބެލުމަށް އެމްޑީޕީން ގޮވާލައިފި
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
24 މާރިޗު 2017

ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން

24 މާރިޗު 2017
ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް