Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭކުރެންދޫ ކަނޑޫފާ މައްސަލަ

ނޭކުރެންދޫ ކަނޑޫފަލަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް އެދިވަޑައިގެން ކަނޑުލަށްވާ ގޮތް ދައްކާލައިފި

7 ޖުލައި 2020 | އަންގާރަ 06:17

ކަނޑޫފާގެ ދިހަހާހަށްވުރެ ގިނަ ގަސް މަރުވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖުލައި 2020 | އަންގާރަ 06:17
މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާއީ ނޭކުރެންދޫ ކަނޑޫފަލަށް އަންނަ ބަދަލުތައް ދައްކުވައިދޭ ފޮޓޯއެއް ޖަލްސާގައި ދައްކާލައްވަނީ

މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާއީ ނޭކުރެންދޫ ކަނޑޫފަލަށް އަންނަ ބަދަލުތައް ދައްކުވައިދޭ ފޮޓޯއެއް ޖަލްސާގައި ދައްކާލައްވަނީ

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ހދ. ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ މައްސަލަ އެދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މަޖިލީހުގެ ސަމާލުކަމަށް ގެންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ތިނަދޫއަށް އުދައަރާ ގެއްލުންތައްވި މައްސަލާގައި އެ ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ރާއީ ވިދާޅުވީ ކަނޑޫފާގެ ދިހަހާހަށްވުރެ ގިނަ ގަސް މަރުވެފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވަމުން ރާއީ ވަނީ ނޭކުރެންދޫ ކަނޑޫފަލަށް އައިސްފައިވާ ބަދަލު ފެންނަ ފޮޓޯ އަކާއި އެ ކަނޑޫފަލުން މީގެކުރިން ގެނެސްފައިވާ ކަނޑުލާއި މިހާރު ގެންނަ ކަނޑޫ ދައްކަވާލައްވާފައެވެ. އަދި ފޮޓޯ އާއި ކަނޑޫފާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަތްޕުޅަށް އަރުވާފައެވެ.

Advertisement - newsAdvertisement

ރާއީ ވިދާޅުވީ މި މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ގާތުން ބައްލަވައި ދެއްވުމަށް މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް ވެސް ދަންނަވާނެ ކަމަށެވެ. ކަނޑޫފާ ހަލާކުވެގެން ދިޔުމަށް އަދި ކަނޑޫފަލުން ރައްޔިތުންނަށް ލިބެމުންދާ ފައިދާ ނުލިބިދާކަށް އެދިވަޑައިނުގަންނަވާ ކަމަށް ރާއީ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނޭކުރެންދޫ ކަނޑޫފަލަށް ވަމުންދާ ގޮތް މެމްބަރު ސާފުކޮށްދެއްވައިފި ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ހއ. ކެލާގެ ކަނޑޫފަލާއި، ހދ. ނޭކުރެންދޫގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ގުޅިގެން ދިރާސާއެއް ވަނީ ހަދަން ފަށާފައެވެ. މި ދެ ކަނޑޫފަލަކީ ވެސް ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތްކޮށްފައިވާ ދެ ކަނޑޫފަލެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

3

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

އިތުރަށް ކިޔާލަން

03 މެއި 2017

ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހައްދުން ނެއްޓުން": ސަރުކާރު

03 މެއި 2017
ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހައްދުން ނެއްޓުން": ސަރުކާރު
29 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި

29 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި
24 އެޕްރީލު 2017

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް
21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް