Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން

ރިޒް ކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަތަކެއް ފުލުހުން ތަހުޤީޤު ކުރަން ފަށައިފި

6 ޖުލައި 2020 | ހޯމަ 13:02

ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖުލައި 2020 | ހޯމަ 13:02
ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ފުލުހުން އެ ރިސޯޓުގައި ހަރަކާތްތެރިވަނީ، ބިދޭސީން މުޒާހަރާކޮށްފައިވަނީ މުސާރަ ނުދޭ މައްސަލާގައި

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ފުލުހުން އެ ރިސޯޓުގައި ހަރަކާތްތެރިވަނީ، ބިދޭސީން މުޒާހަރާކޮށްފައިވަނީ މުސާރަ ނުދޭ މައްސަލާގައި

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަތަކެއް ފުލުހުން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކްކުރުމަށް މަގުފަހިވާގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން، ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ފުލުހުން ބުނީ، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށްވެސް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބޮޑުފިނޮޅުގައި ބިދޭސީން މުޒާހަރާ ކޮށްފައިވަނީ މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ. އެގޮތުން ޖުލައި ދެވަނަ ދުވަހުގެ ހެނދުނު 09:30 ހާއިރު އެ ރިސޯޓުގައި މަސައްކަތް ކުރާ 15 ދިވެހިން ރިސޯޓުން ފޭބުމަށް މަސައްކަތް ކުރުމުން އެ ރިސޯޓުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު އެކަމަށް ހުރަސް އަޅާ، އެމީހުން ރިސޯޓުން ފޭބިޔަ ނުދިން ކަމުގައި މައުލޫމާތު ފުލުހުންނަށް ލިބުނެވެ. އަދި، ލިބުނު މި މައުލޫމާތުތަކާއި ގުޅިގެން ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން އެ ރިސޯޓަށް ދިޔުމުން ބިދޭސީ މަސައްކަތްތެރިން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައެވެ. ރިސޯޓުގެ ބައެއް ސަރަހައްދުތަކުގައި ހުޅުޖަހާ، ގިނަ ސާމާނުތަކަކަށް ވަނީ ގެއްލުންދީފައެވެ.

މި ހިންގި ހަމަނުޖެހުމުގައި 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މައްސަލާގައި ހިމެނޭ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް