Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން

މުސާރަ ނުދީ މަސައްކަތް ކުރުވީ މުސާރަ ދޭނެކަމުގެ ޔަގީންކަން ސީލް މޯލްޑިވްސްއިން ދިނުމުން: ރިޒް މޯލްޑިވްސް

ފައިސާގެ ކަންކަން ލަސްވަމުންދަނީ ލޯނެއް ޕްރޮސެސް ވަމުންދާތީކަމަށް ސީލް މޯލްޑިވްސްއިން ބުނެފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 6 ޖުލައި 2020 | ހޯމަ 04:44
ބޮޑުފިނޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

ބޮޑުފިނޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ

ބޮޑުފިނޮޅުގައި ތިބި މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވީ މުސާރަ ދޭނެ ކަން ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޔަޤީންކަން ދިނުމުން ކަމަށް ރިސޯޓުގެ ކޮންޓްރެކްޓަރ ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

ރިސޯޓުގެ ކޮންޓްރެކްޓަރ ރިޒް ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ޤާނޫނީ ވަކީލު އަލީ ސައީދު ރާއްޖެ ޓީވީގެ "ސުންގަޑި" ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މުވައްޒަފުންގެ މުސާރައާއި ގުޅިގެން ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރިޒް ޕްރައިވެޓް ލިމިޓެޑާއި ދެކުންފުނީގެ މެދުގައި ވަރަށް ގިނަ މުއާމަލާތްތަކެއް ހިންގުނު ކަމަށެވެ.

Advertisement - newsAdvertisement

ފައިސާގެ ކަންކަން ލަސްވަމުންދަނީ ލޯނެއް ޕްރޮސެސް ވަމުންދާތީ ކަމަށާއި ލޯނު ޕްރެސަސް ވުމުން މުސާރަ ދޭނެ ކަމަށް ސީލް މޯލްޑިވްސް އިން ޔަޤީންކަން ދެމުންދިޔަ ކަމަށެވެ.

އެހެންކަމުން ހުރިހާ މުވައްޒަފުން ވެސް ތިބީ ލޯން ޕްރޮސެސް ވެގެން ފައިސާ ލިބޭނެ ކަމުގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ސީލް މޯލްޑިވްސްއަށް ލިބޭ ލޯނުގެ ތެރެއިން 500،000 ރުފިޔާ ލިބޭނެ ކަމަށް 31 ޖޫން އަދި 01 ޖުލައި ގައިވެސް ބުނެފައިވާ ކަމަށެވެ.

އަދި ލޯނުގެ ތެރެއިން މުސާރަ ކަންތައް ނިންމާލަދޭނެ ކަމަށާއި ފުރަތަމަ ލިބޭ 500،000 ގެ ތެރެއިން ކޮންމެ މުވައްޒަފަކަށް 2000 ރުފިޔާ ދިނުމަށްފަހު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ބާކީ ފައިސާ ދޭ ގޮތަށް ވާހަކަ ދެކެވިފައިވާ ކަމަށެވެ.

ބޮޑުފިނޮޅުގައި ބިދޭސީން ކުރަން ފެށި އިހުތިޖާޖު ހަމަނުޖެހުމަށް ބަދަލުވެފައިވަނީ ސީލް މޯލްޑިވްސްގެ ފަރާތުން ބަޔަކު ތުޅާދޫއިން އިހުތިޖާޖު ހުއްތުވުމަށްޓަކައި އެރަށަށް އެރި ހިސާބުން ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސައީދު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސްސާރވިސް އިން ދެފަރާތަށް ވަރަށް ރަނގަޅު މާހައުލެއް ޤާއިމްކޮށްދީފައިވާ ކަމަށާއި މިކަމާއި ގުޅޭ ގޮތުން ހުރިހާ މުއައްސަސާއަކާއި ވާހަކަ ދެއްކުމަށް މީޑީއޭޓަރެއްގެ ދައުރު ފުލުހުން އަދާކޮށްދެމުންދާ ކަމަށެވެ.

ސީލް މޯލްޑިވްސްގެ ފަރާތުން އެއްވެސް ބޭފުޅަކު މި ވެރިފިކޭޝަންސްގެ ތެރޭގައި ބައިވެރިވެފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކަކަށް ލިބެންޖެހޭ މުސާރަ ނުލިބޭތީ، އެ މީހުން ވަނީ އެކަމާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަޅުތާލުކޮށްފައެވެ.

ހަޅުތާލުކުރި ބިދޭސީން ވަނީ ފައިބަން އުޅުނު ދިވެހިން ހުއްޓުވައި، އެ ރަށުގެ އެވަގުތު ތިބި 12 ދިވެހިން ރަހީނުކޮށްފައެވެ.

އެއަށްފަހު އެ މީހުން ވަނީ އެ ރަށުގެ ތަކެއްޗަށް ގެއްލުންދީފައެވެ. ބިދޭސީންގެ އަތް ދަށުގައި ތިބި ދިވެހިން ސަލާމަތްކުރީ ހުކުރު ދުވަހު އެ ރަށަށް އެރި ފުލުހުންގެ ޓީމުންނެވެ. މައްސަލައިގައި ހިމެނޭ 19 ބިދޭސީއަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް 15 ދުވަސް މިހާރު ވަނީ ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު