Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗްގެ ކޭސް

އައިޖީއެމްއެޗްގެ ކޭސް: 6 މުވައްޒަފުންނާއި 7 ބަލިމީހުންގެ އިތުރުން ދެ އެހީތެރިން ޕޮޒިޓިވްވެފައިވޭ

5 ޖުލައި 2020 | އާދީއްތަ 17:54

ކޮންޓެކްޓް ޓްރޭސިންނާއި ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރިއަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ޖުލައި 2020 | އާދީއްތަ 17:54
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކޭސްއާ ގުޅިގެން 6 މުވައްޒަފުންނާއި 7 ބަލިމީހުންގެ އިތުރުން ދެ އެހީތެރިން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ފާތުމަތު ނަޒްލާ ރަފީޤް ވިދާޅުވީ އާދިއްތަ ދުވަހު ލިބުނު ނަތީޖާތަކުން އައިޖީއެމްއެޗްގެ އިތުރު 2 މުވައްޒަފުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލެވުނު 2 ބަލި މީހުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސިންނާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ މެންދުރާއި ހަމައަށް އައިޖީއެމްއެޗުން 308 ސާމްޕަލް ނަގާފައިވާ ކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި އިތުރަށް ކޭސްތައް ފެންނަ ވަރަކަށް ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އައިޖީއެމްއެޗްއާ ގުޅިގެން ހުރި އިތުރު ކޭސްއެއް ފެނިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ފޮޒިޓިވްވި މި މީހާ އަކީ ފިޔަވަތީގައި މަސައްކަތް ކުރާ ކުދިން ބަލާ މީހެއް ކަމަށާއި މި މީހާއަކީ އައިޖީއެމްއެޗްގައި އޮތް ބަލި މީހެއްގެ އާއިލާ މީހެއް ކަމަށް ވެސް ނަޒްލާ ފާހަގަކުރެއްވިއެވެ.

މި ކޭސްއާ ގުޅިގެން މިހާރު ފިޔަވަތީގެ 11 މުވައްޒަފުންނާއި 21 ކުދިން ކަރަންޓީންގައި ތިބި ކަމަށާއި މިވަގުތު އެ ހުރިހާ އެންމެން ވެސް ކަރަންޓީން ކުރެވިފައިވަނީ ފިޔަވަތީގައި ވަކި ކޮޓަރިތަކެއްގައި ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި ކަރަންޓީން ކުރެވިފައިވާ ކުދިންގެ އުމުރަކީ 6 އަހަރާއި 11 އަހަރު ކަމަށް ވެސް އެޗްއީއޯސީން ހާމަކުރެއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކު ޕޮޒިޓިވްވި ކަމަށާއި އެ ހޮސްޕިޓަލުގައި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި 9 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާކަން ފާހަގަކުރައްވާ އެޗްއީއޯސީގެ ސްޕޯކްސްޕާސަން ވިދާޅުވީ ޓެސްޓު ނެގުމާއި ސާމްޕަލް ޓެސްޓު ކުރުމުގެ ކަންތައްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2018

ނައީމާއްތަގެ އިތުރުން ތިން މީހުން ހައްޔަރުކޮށްފި

08 މާރިޗު 2018
ނައީމާއްތަގެ އިތުރުން ތިން މީހުން ހައްޔަރުކޮށްފި
02 މާރިޗު 2018

އެމްއާރްޑީސީގެ މުވައްޒަފުންނާއި ވެހިކަލްތައް މެޑަމް ފާތުން ބޭނުން ކުރެއްވުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

02 މާރިޗު 2018
އެމްއާރްޑީސީގެ މުވައްޒަފުންނާއި ވެހިކަލްތައް މެޑަމް ފާތުން ބޭނުން ކުރެއްވުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
27 ޖެނުއަރީ 2018

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމުގެ ދެވަނަ ބުރަށް ހުޅުވާލަނީ 14 ޖާގަ

27 ޖެނުއަރީ 2018
އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމުގެ ދެވަނަ ބުރަށް ހުޅުވާލަނީ 14 ޖާގަ
20 ޖެނުއަރީ 2018

ކޯޓު އަމުރާ ޚިލާފަށް ވިލާގެ ރިސޯޓަކުން ބަނގުރާ ކޭސްތަކެއް ކަސްޓަމްސް އިން ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި

20 ޖެނުއަރީ 2018
ކޯޓު އަމުރާ ޚިލާފަށް ވިލާގެ ރިސޯޓަކުން ބަނގުރާ ކޭސްތަކެއް ކަސްޓަމްސް އިން ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
15 ޖެނުއަރީ 2018

ފުލުހުންގެ ތަހުގީގު ޓީމެއް އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރަށް

15 ޖެނުއަރީ 2018
ފުލުހުންގެ ތަހުގީގު ޓީމެއް އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރަށް
25 ސެޕްޓެމްބަރު 2017

ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް

25 ސެޕްޓެމްބަރު 2017
ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް
19 ޖޫން 2017

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫން މަހު ހިދުމަތް ދޭން ފެށޭނެ

19 ޖޫން 2017
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫން މަހު ހިދުމަތް ދޭން ފެށޭނެ
18 ޖޫން 2017

ބިދޭސީ ނަރުހަކަށް ޓީބީ ޖެހި ވާދޫ ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ރައްޔިތުން ޓެސްޓް ކުރަނީ!

18 ޖޫން 2017
ބިދޭސީ ނަރުހަކަށް ޓީބީ ޖެހި ވާދޫ ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ރައްޔިތުން ޓެސްޓް ކުރަނީ!
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް