Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީބީ ބަލި

ބިދޭސީ ނަރުހަކަށް ޓީބީ ޖެހި ވާދޫ ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ރައްޔިތުން ޓެސްޓް ކުރަނީ!

މިކަން އެނގިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 18 ޖޫން 2017 | އާދީއްތަ 10:55
ވާދޫ ސިއްހީ މަރުކަޒު

ވާދޫ ސިއްހީ މަރުކަޒު

ގދ ވާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ނަރުހަކަށް ޓީބީ ޖެހުނު މައްސަލައިގައި އެ ހޮސްޕިޓަލުގައި މިދިޔަ ހަ މަސް ދުވަހު އެޑްމިޓްކުރެވިފައިވާ މީހުންނާއި އެ މަރުކަޒުގެ މުވައްޒަފުން ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މައްސަލައާއި ގުޅިގެން ވާދޫ ސިއްހީ މަރުކަޒުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެރަށު ސިއްހީ މަރުކަޒުގެ ނަރުހަކަށް ޓިއުބަރކްލޯސިސް ޖެހިފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ( ޖޫން 15 ވަނަ ދުވަހު) ގައި އެނގިފައިވާ ކަމަށާއި އެކަން އެނގުމާ ގުޅިގެން، ވަގުތުން އޭނާ މަސައްކަތުން ދުރުކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ބައްޔަކީ، ނޭވާލާ ނިޒާމުގެ ތެރެއިން ފަސޭހަ ކަމާއި އެކު ގައިން ގަޔަށް އެރުމުގެ ފުރުސަތު ބޮޑު ބައްޔެއް ކަމަށާއި މި ބަލި އިތުުރު ބަޔަކަށް ފެތުރިފައިވޭތޯ ބެލުމަށް، ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި ޓީބީ ޖެހުނު ނަރުސް މީހާ ދިރިއުޅުނު ގޭގެ މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވާދޫ ސިއްހީ މަރުކަޒުން ބުނެ އެވެ. އަދި އެ ހޮސްޕިޓަލުގައި މިދިޔަ ހަ މަސް ދުވަހު އެޑްމިޓްވެގެން ފަރުވާ ދެވުނު މީހުން ދެނެގަނެވި، އެމީހުންގެ ތެރެއިން ޓީބީގެ އަލާމާތްތައް ފެންނަ މީހުން ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވާދޫ ސެންޓަރުން ވަނީ އެދިފަ އެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ 1985 ވަނަ އަހަރުން ފެށިގެން ޓީބީ ވެކްސިން ރާއްޖޭގެ އެކި ސަރަހައްދުގައި ދެމުންދާ އިރު އެ ރަށުގެ ވެސް ގިނަ ރައްޔިތުންނަށް ޓީބީ ވެކްސިން ދެވިފައިވާ ކަމަށާއި ވެކްސިން ޕްރޮގްރާމުގެ ތެރެއިން ހުރިހާ ކުޑަކުދިންނަށް މި ވެކްސިން ދެވޭ އިރު ކުޑަކުދިންނަށް މި ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ވާދޫ ހެލްތް ސެންޓަރުން ބުނެ އެވެ.

މީގެ އިތުރުން އެ ހެލްތް ސެންޓަރުން ޓީބީއާއި ގުޅޭ މައުލޫމާތު ލިބޭނެ އިންތިޒާމުތައްވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު