Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން

ސީލް ކުންފުނިން ފައިސާ ދެއްކި ކަމަށް ބުނި ވާހަކަ ރިޒް ޕްރައިވެޓް ލިމިޓެޑުން ދޮގުކޮށްފި

ހަމަނުޖެހުން ހިންގާފައިވަނީ ބުރާސްފަތި ދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 4 ޖުލައި 2020 | ހޮނިހިރު 14:22
ތުޅާދޫ ފަޅުތެރޭގައި އޮންނަ ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތެރިވަނިކޮށް ނަގާފައިވާ ފޮޓޯއެއް

ތުޅާދޫ ފަޅުތެރޭގައި އޮންނަ ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތެރިވަނިކޮށް ނަގާފައިވާ ފޮޓޯއެއް

ބޮޑުފިނޮޅުގައި މަސައްކަތް ކުރި ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާކަމަށް އެ ރިސޯޓު ތަރައްގީ ކުރާ ފަރާތް ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނި ބުނުން، އެ ރިސޯޓުގެ ކޮންޓްރެކްޓަރ ރިޒް ޕްރައިވެޓް ލިމިޓެޑުން ދޮގުކޮށްފިއެވެ.

މި ރިސޯޓު ހަވާލުކޮށްފައިވާ ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަޤީޤަތާއި ޚިލާފަށް ޢާންމުކޮށްފައިވާ ވާހަކަތައް ކުށްވެރިކޮށްކަމުގެ ޙަޤީޤަތް ހާމަކޮށްދިނުމުގެ ގޮތުން ކަމަށް ބުނެ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހުގެ ރޭ ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދިޔަ ބޮޑު ފިނޮޅުގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މަޝްވަރާކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތަށް އެކުންފުނީގެ ފަރާތުން އެއްބާރުލުންދީފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނީ މި މައްސަލައިގައި ދިވެހިންތަކެއް ރަހީނުކޮށްފައިވާކަން ފުލުހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާއިރު، މިފަދަ ބޮޑު މައްސަލައެއް ޙައްލު ކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުން އެއްވެސް ގޮތަކަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި އެފަރާތްތަކާ ބައްދަލުކުރެވިފައި ނުވާ ކަމަށް ވެސް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުންޏެވެ. ސީލް މޯލްޑިވްސްގެ ފަރާތުން ނެރެފައިވާ ބަޔާނުގައި މުވައްޒަފުންގެ މުސާރަ އާއި ގުޅޭގޮތުން ދޮގު މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައެވެ.

ރިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަނީ ސީލް މޯލްޑިވްސް އާއި އެކު އެއްބަސްވުމުގައި ދެފަރާތުން މިކަމާ ގުޅޭ ގޮތުން އެއްބަސްވެފައިވާ ގޮތް ހާމަކޮށްފައެވެ.

މި އެއްބަސްވުންތަކުގެ ދަށުން މުވައްޒަފުންގެ މުސާރަ އާއި ކެއުމުގެ ކޮއްތުގެ ޚަރަދުގެ ފައިސާ އަކީ ރިޒް ޕްރައިވެޓް ލިމިޓެޑްގެ އިލްތިޒާމެއްނޫންކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަން ފާހަގަކޮށް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނީ އިތުރަށް ފައިސާ ދައްކާފައިވާކަމަށް ސީލް މޯލްޑިވްސްއިން ބުނެފައި ވަނީވެސް ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ކަމަށެވެ.

އެގޮތުން، ދެފަރާތުގެ ދެމެދުގައި 18 ނޮވެމްބަރ 2018 އާއި 21 ޑިސެމްބަރ 2018 ގައި ލިޔުމުން ވެވުނު މަސައްކަތު އެއްބަސްވުންތަކުގެ އިތުރުން ވެސް ދެ ފަރާތުގެ މެދުގައި އިތުރު މަސައްކަތްތައް ކުރުމަށް އެއްބަސްވެ، އެ މަސައްކަތްތައް ކޮށްފައިވާއިރު، މިހާތަނަށް ކޮށްފައިވާ އިންވޮއިސްތަކާއި ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއްދީފައިނުވާ ކަމަށް ވެސް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ. އަދި ކަމުގެ ޙަޤީޤަތް ހާމަކުރުމުގެ ގޮތުން ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީތަށް އެކުންފުނިން ވަނީ ބަޔާނާއެކު ޢާންމުކޮށްފައެވެ.

ބ.އަތޮޅު ބޮޑު ފިނޮޅުގައި 02 ޖުލައި 2020 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މިކަން ޙައްލު ކުރުމަށް ސީލް މޯލްޑިވްސްއަށް އެތައް ފަހަރެއްގެ މަތިން ރިޒް ޕްރައިވެޓް ލިމިޓެޑުން ގުޅަން މަސައްކަތް ކޮށްފައިވާއިރު، އެކަން ކުރެވޭގޮތް ވެފައިނުވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެހެންނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލަ އާ ގުޅިގެން 02 ޖުލައި 2020 އިން ފެށިގެން 03 ޖުލައި 2020 އާ ހަމައަށް ތަފާތު އެކި ފަހަރު މަތިން ކުރެވުނު މަސައްކަތުން ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރަކާ ގުޅޭގޮތްވެފައިވަނީ 03 ޖުލައި 2020 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މިގޮތުން ކުރެވުނު މަސައްކަތުން ސީލް މޯލްޑިވްސް ތަމްސީލުކުރާ ވަކީލުންނާ ގުޅޭގޮތްވެފައިވާ ކަމަށާޢި މޯލްޑިވްސް ޕޮލިސް ސަރވިސް އާއެކު މަޝްވަރާކޮށް މުވައްޒަފުންގެ މުސާރަ ހަމަޖައްސައިދިނުމާގުޅޭ ގޮތުންނާއި ތަނުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ޙައްލެއް ހޯދުމާގުޅޭ ގޮތުން ހޮނިހިރު ދުވަހުގެ 14:30 ގައި ޝަހީދު ޙުސައިން އާދަމްބިލްޑިންގ ގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައި ވާކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ.

އެ ކުންފުނިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް އިމިގްރޭޝަންއާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި، ސީލް މޯލްޑިވްސްގެ ވަކީލުންނާއި، ރިޒް މޯލްޑިވްސްގެ ވަކީލުންނެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އިދާރާތަކުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ބޮޑު ފިނޮޅުގައި މަސައްކަތް ކުރުމަށް ރާއްޖެ ގެނެސްފައިވާ، ނުވަތަ އެނޫން ގޮތް ގޮތުންވެސް އެތަނުގައި މަސައްކަތްކުރުމުގައި ބައިވެރިވާ ބިދޭސީ މަސައްކަތްތެރިންނަކީ ދެ ކުންފުންޏެއްގެ ނަންމަތީގައި ތިބި މުވައްޒަފުންކަން ފާހަގަކުރެވިފައިވާ ކަމަށް ރިޒ ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ.

އެގޮތުން، ސީލް މޯލްޑިވްސްގެ 42 ކޯޓާގެ ތެރެއިން 30 ކޯޓާއަށް މުވައްޒަފުން ތިބި ކަމާއި، ބޮޑު ފިނޮޅު ހޮޓެލް އެންޑް ރިސޯޓުގެ 30 ކޯޓާގެ ތެރެއިން 227 މުވައްޒަފަކު ހިމެނޭކަން އެނގިފައިވާ ކަމަށެވެ. އަދި ރިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޮޑުފިނޮޅުގެ ސައިޓަށް އެއްވެސް ބިދޭސީއަކު ރާއްޖެ އެތެރެކޮށްފައިނުވާކަމަށާއި މީގެ އިތުރުން ޑޮކިއުމަންޓް ނެތް ބިދޭސީން ރެގިއުލަރައިޒް ކުރުމަށްޓަކައި ޕްރޮސެސް ކުރުމަށް އެޕްލައިކޮށްފައިވަނީ ބޮޑު ފިނޮޅު ހޮޓެލް އެންޑް ރިސޯޓުގެ ނަމުގައިކަން ވަނީ ކަށަވަރުވެފަ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެހެން ކަމުން، ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވަނީ މި ބިދޭސީން ބޭނުންކޮށްގެން މަސައްކަތްކުރުވުމަށް ކަމަށާއި ބިދޭސީ މުވައްޒަފުންނަށް މުސާރަ އާއި ކޮއްތުގެ ފައިސާ ހަމަޖައްސައިދިނުމަށް ސީލް މޯލްޑިވްސްގެ ފަރާތުން އެއްބަސްވެފައިވަނީ މިގޮތުގެމަތިން ކަމަށެވެ. މިގޮތަށް ކަންތައްތައް ހުރިއިރު، ތަނުގައި އިތުރަށް ހަމަނުޖެހުން އުފެދި، ޤައުމުގެ ސަލާމަތަށް ބުރޫ އަރާގޮތަށް ވާހަކަ ނުފެތުރުމަށް ރިޒް ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ވަނީ އިލްތިމާސްކޮށްފައެވެ.

ބަޔާން ނިންމާލަމުން ރިޒް ޕްރައިވެޓް ލިމިޓެޑުން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން މި މައްސަލަ ޙައްލު ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ސީލް މޯލްޑިވްސްއަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު