Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަރުއީ ދާއިރާ

ޝަރުއީ ދާއިރާގެ މަސައްކަތްތައް އައު އާއްމު ހާލަތުގެ އުސޫލަށް ބަދަލުކޮށްފި

މި އުސޫލްގައި ކޯޓުތައް ނުވަތަ އިދާރާތަކުން ކުރަންޖެހޭ ކަންކަން ހިމެނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 4 ޖުލައި 2020 | ހޮނިހިރު 13:09
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަބްދުﷲ ނަޒީރު

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަބްދުﷲ ނަޒީރު

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އިދާރާތައް ނުހުޅުވައި ހުރުމަށްފަހު، އައު އާއްމު ހާލަތު (ނިއު ނޯމަލް) ގައި ޝަރުއީ ކޯޓުތަކާއި އިދާރާތައް ހުޅުވައި ހިދްމަތްތައް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަންގައިފިއެވެ.

ޑީޖޭއިން ބުނީ، "ކޮވިޑް-19އާ ގުޅިގެން ކަނޑައެޅޭ އައު އާއްމު ހާލަތުގައި ޝަރުއީ ކޯޓުތަކާއި އިދާރާތަކުގެ މަސައްކަތް ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މުވައްޒަފުން އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލް" ވަނީ އާއްމު ކޮށްފައި ކަމަށެވެ.

Advertisement - newsAdvertisement

ޑީޖޭއޭއިން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ، ހުރިހާ ކޯޓުތަކާއި އިދާރާތަކުން ވެސް އެ އުސޫލާ އެއްގޮތަށް މަސައްކަތްތައް އިންތިޒާމު ކުރުމަށް ދަންނަވާ ކަމަށެވެ. އަދި ކޮންމެ ކޯޓަކުން ވެސް އަދި އިދާރާތަކުން ވެސް، އެތަނެއްގެ ޖާގައާއި މަސައްކަތް ކުރަންޖެހޭ ގޮތަށާއި ނުވަތަ ފޯރުކޮށްދޭންޖެހޭ ހިދްމަތަށް ރިއާޔަތްކޮށް، އެ އުސޫލާ ހިލާފު ނުވާނޭ ގޮތުގެ މަތީން މަސައްކަތް ކުރަންޖެހޭ ގޮތުގެ ތަފާތު އުސޫލްތައް ގާއިމު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

ޑީޖޭއޭއިން އާއްމުކޮށްފައިވާ އެ އުސޫލްގައި، މައިގަނޑު ތިން ބަޔަކަށް ބަހާލާފައިވެއެވެ. އެގޮތުން، ކޯޓު ނުވަތަ އިދާރާއިން އަމަލު ކުރަންޖެހޭ ގޮތް ބަޔާންކުރާ ބަޔާއި މުވައްޒަފުން އަމަލު ކުރަންޖެހޭ ގޮތް ބަޔާންކުރާ ބައިގެ އިތުރުން، އެހެނިހެން ކަންތައްތައް ހިމެނޭ ބަޔެވެ.

ކޯޓުތަކުން ނުވަތަ އިދާރާއިން އަޅާނޭ ފިޔަވަޅުތަކުގެ ތެރޭގައި، ކޯޓު ނުވަތަ އިދާރާއެއްގެ މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެނަމަ، ނުވަތަ މުވައްޒަފެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނަމަ އެކަމުގައި އަމަލު ކުރުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އެސްއޯޕީއާ އެއްގޮތަށް އަމަލު ކުރުމާއި، މުވައްޒަފެއް ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހެދުމެވެ.

އަދި މަސައްކަތު ގަޑި ނިމުން އަވަހަށް އޮފީސް ބަންދު ކުރުމާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ވެސް ހަވީރު 4ގެ ފަހުން އޮފީސް ހުޅުވާފައި ބަހައްޓަން ނުޖެހޭގޮތަށް މަސައްކަތްތައް އިންތިޒާމުކުރުން ހިމެނެއެވެ. އޭގެ އިތުރުން، ތަނުގެ ސާފުތާއިހިރުކަމާއި ކޮވިޑް-19އަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަޅާފައި ހުރުން ހިމެނެއެވެ.

މުވައްޒަފުން އަމަލު ކުރަންޖެހޭ ގޮތްތަކަށް ބަލާއިރު، ކޮންމެ މުވައްޒަފެއް ވެސް މަސައްކަތަށް ހާޒިރުވާއިރު، ތިމާއާއި އަނެކާގެ ރައްކާތެރިކަމަށް އެޅުމަށް ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމާއި، މާސްކް އެޅުމާއި، އަމިއްލަ ސެނިޓައިޒަރ އަތްމަތީގައި ގެންގުޅުން ފަދަ ކަންކަމުގެ އިތުރުން، ކޮވިޑް-19ގެ އަލާމާތެއް ހުރިނަމަ އެކަން ސުޕަރވައިޒަރަށް އަންގައި، މުވައްޒަފަށް ހައްގުވާ ޗުއްޓީ ނެގުމާއި، އައިސޮލޭޝަން ނުވަތަ ކަރަންޓީން ހާލަތަށް ގެންގޮސްފި ނަމަވެސް އޮފީހަށް އަންގައި، ހާއްސަ ޗުއްޓީ ހަމަޖެއްސުމަށް އެދެންވާނެ ކަމަށް ވެސް އުސޫލްގައިވެއެވެ.

އެހެނިހެން ކަންކަމުގެ ތެރޭގައި، ކޯޓުން ނުވަތަ އިދާރާއިން ދޭ ހިދްމަތްތައް ވީހާވެސް ބޮޑަށް އޮންލައިންކޮށް ދިނުމާއި، އޮފީހުގެ އާއްމު ސަރަހައްދުތަކުގައި ގައިދުރުކަން ބެހެއްޓޭނެ އިންތިޒާމު ކުރުމާއި، އެކަން ކަށަވަރުވާނެ ގޮތަށް މެނުވީ އާއްމު ފަރާތްތައް އިދާރާގެ ތެރެއިން ނުވެއްދުމާއި ހިދުމަތް ހޯދާ ފަރާތްކަށް އަތް ދޮވެވޭނެ އިންތިޒާމު ނުވަތަ ސެނިޓައިޒް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުންފަދަ ކަންކަމުގެ އިތުރުންވެސް ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މި އުސޫލްގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު