Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: އައިޖީއެމްއެޗް

ކޮވިޑް-19: އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ އެންމެން ޓެސްޓްކުރަން ނިންމައިފި

4 ޖުލައި 2020 | ހޮނިހިރު 09:16

އައިޖީއެމްއެޗްގައި ފަރުވާ ދެމުންދިޔަ ދެ މީހަކަށް ކޮވިޑް-19 ޖެހިފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 ޖުލައި 2020 | ހޮނިހިރު 09:16
އައިޖީއެމްއެޗްގެ ލެބޯޓަރީ: އެޑްމިޓްކޮށްފައިވާ އެންމެންނާއި، ހުރިހާ މުވައްޒަފުން ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ވަނީ ނިންމާފަ

އައިޖީއެމްއެޗްގެ ލެބޯޓަރީ: އެޑްމިޓްކޮށްފައިވާ އެންމެންނާއި، ހުރިހާ މުވައްޒަފުން ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ވަނީ ނިންމާފަ

އައިޖީއެމްއެޗްގައި 4 މުވައްޒަފަކާއި، ފަރުވާ ދެމުންދިޔަ ބަލި ދެ މީހަކަށް ކޮވިޑް-19 ޖެހުމުން، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ އެންމެން ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ނިންމައިފިއެވެ.

އެއިޖީއެމްއެޗުން ހޮނިހިރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އައިސީޔޫގައި މިވަގުތު ކޮވިޑް-19އަށް ޕޮޒިޓިވް ބަލި މީހެއް އަދި މުވައްޒަފެއްވެސް ނެތް ކަަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، މިވަގުތަށް ބަލި މީހުން އައިސީޔޫއަށް ވެއްދުން މަޑު ޖައްސާލައި، އައިސީޔޫއިން ދޭންޖެހޭ ފަރުވާ ދެވޭނެ ގޮތް އެ ހޮސްޕިޓަލުގެ އެހެން ތަނެއްގައި ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލި މީހުން ކޮވިޑް-19އަށް ޓެސްޓްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެޑްމިޓްކޮށްގެން ފަރުވާދޭ ހުރިހާ އެންމެންވެސް ކޮވިޑް-19އަށް ޓެސްޓް ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ބަލި މީހެއްގެ ފުރާނަ ސަލާމަތްކުރަންޖެހޭ ފަދަ ނުވަތަ އެނޫންވެސް ބޮޑު އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮވިޑް-19ގެ ނަތީޖާ ލިބެންދެން މަޑުނުކޮށް، ދޭންޖެހޭ ފަރުވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއިއެކު ދޭނެކަމުގެ ޔަގީންކަން އައިޖީއެމްއެޗުން ވަނީ ދީފައެވެ.

އައިޖީއެމްއެޗުގައި އެޑްމިޑް ކޮށްފައިވާ، ހުރިހާ ބަލި މީހުން ކޮވިޑް-19އަށް ޓެސްޓްކުރަން ނިންމީ، އެ ހޮސްޕިޓަލުގެ އައިސީޔޫގައި، ކެންސަރު ބައްޔަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނާއި، އައިސީޔޫގައި އޭރު ތިބި ހުރިހާ ބަލި މީހުންނާއި އައިސީޔޫއިން އެހެން ވޯޑުތަކަށް ބަދަލުކުރި ބަލި މީހެއް ކޮވިޑް-19އަށް ޓެސްޓްކޮށް، އޭގެެތެރެއިން ފަރުވާ ދެމުންދިޔަ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ގެންނެވެ.

މީގެއިތުރުން، އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުން ކޮވިޑް-19އަށް ޓެސްޓްކޮށް، މިހާތަނަށް 4 ހަތަރު މުވައްޒަފަކު ކޮވިޑް-19އަށް ޕްޒިޓިވް ވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

03 ޖޫން 2017

އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް

03 ޖޫން 2017
އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް
25 އެޕްރީލު 2017

މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ

25 އެޕްރީލު 2017
މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ
14 އެޕްރީލު 2017

އައިޖީއެމްއެޗްގައި އާ ތިން ކްލިނިކެއް ހުޅުވަނީ

14 އެޕްރީލު 2017
އައިޖީއެމްއެޗްގައި އާ ތިން ކްލިނިކެއް ހުޅުވަނީ
13 އެޕްރީލު 2017

ވޯޓްލާ އެންމެން ގެންގޮސް ޖަލަކަށް ނުލެވޭނެ: ރޮޒެއިނާ

13 އެޕްރީލު 2017
ވޯޓްލާ އެންމެން ގެންގޮސް ޖަލަކަށް ނުލެވޭނެ: ރޮޒެއިނާ
13 އެޕްރީލު 2017

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

13 އެޕްރީލު 2017
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
19 މާރިޗު 2017

އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި

19 މާރިޗު 2017
އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި
18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
12 މާރިޗު 2017

ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް

12 މާރިޗު 2017
ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް