Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބުރުފުޅު ފަންޑް

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

ރާއްޖެޓީވީ ކުރި ޖޫރިމަނާ އިންސާފުވެރިއެއް ނޫން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2017 | ބުރާސްފަތި 14:06
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު މުހައްމަދު ތައުފީގު (ޓޯޕީ) އަބުރު ފަންޑަށް ފައިސާ ލަނީ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު މުހައްމަދު ތައުފީގު (ޓޯޕީ) އަބުރު ފަންޑަށް ފައިސާ ލަނީ

މިނިވަން މީޑިއާ އަކާ ނުލައި ޑިމޮކްރަސީ ދެމިއެއް ނޯންނާނެ ކަމަށާއި އެ އަސާސްތައް ހިފެހެއްޓުމަށްޓަކައި ކޮންމެ މީހަކު ވެސް ރާއްޖެ ޓީވީގެ "އަބުރުފުޅު ފަންޑަށް" އެހީތެރިވާންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރ މުހައްމަދު ތައުފީގު (ޓޯޕީ) ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގަތް ކޮންޓެންޓެއް ގެނައި ކަމަށް ބުނެ އެއް މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކުރުމާ ގުޅިގެން ބުދަ ދުވަހު ހުޅުވާފައިވާ ފަންޑަށް ފައިސާގެ އެހީ ވެދެއްވުމަށް ފަހު ތައުފީގު ވިދާޅުވީ "ފަރުދީ ގޮތުން ކޮންމެ މީހަކު ވެސް ރާއްޖެ ޓީވީގެ ދިފާއުގައި ނުކުންނަންޖެހޭ" ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީއަކީ ތައުފީގު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ކަންކަމުގެ ދެފަރާތް ގެނެސްދިނުމާއި އިންސާފުވެރިކަމާއެކީ ހަބަރާއި މައުލޫމާތު ގެނެސްދޭ ޓީވީއެކެވެ. ރާއްޖެޓީވީ ކުރި ޖޫރިމަނާ ކުރުމަކީ އިންސާފުވެރި ޖޫރިމަނާއެއް ކަމަށް ދެކި ނުލައްވާކަމަށް ވެސް ތައުފީގު ވިދާޅުވިއެވެ.

"އަޅުގަނޑު އެހީވުމަށް ނިންމީ އެނގިވަޑައިގަންނަވާނެ ފަދައިން 2008 ގައި އަޅުގަނޑުމެން މި ވަނީ ވަރަށް ފުރިހަމަ ގާނޫނު އަސާސީއެއް ރައްޔިތުންނަށް ގެނެސްދީފައި. އޭގެ ދަށުން އަސާސްތައް ހިމެނިގެންދިޔައިރު މީޑިއާއަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކާ އުފެދިގެން އައި 4 ވަނަ ބާރުކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިފައި މިއޮތީ. އެހެން ވީމަ މީޑިއާ އެކީ އަޅުގަނޑުމެންގެ ލެއާ ގުޅިފައިވާ އެއްޗެއް. ރާއްޖެޓީވީއަކީ ކަމުގެ ދެފަރާތް ގެނެސްދިނުމާއި އިންސާފުވެރިކަމާއެކީ ހަބަރު މައުލޫމާތު ގެނެސްދޭ ޓީވީއެއް،"ތައުފީގު ވިދާޅުވިއެވެ.

މި މަހުގެ 6 ވަނަ ދުވަހު ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ، އޮކްޓޯބަރު 26، 2016 ގައި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅައި އަމިއްލައަށް ބަލަައި އަމިއްލަ އަށް ނިންމި މައްސަލައެއްގަ އެވެ.

ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެކިފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޯށްދެމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުއް ޣަފޫރު މޫސާ ވަނީ، ކޮންމެ ބޭފުޅަކު 50،000ރ. (ފަންސާސް ހާސް ރުފިޔާ)، ފަންޑަށް ހަދިޔާކުރައްވާފައެވެ.

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ޖޫރިމަނާކުރަމުން ދަނީ، ސަރުކާރުގެ ނުފޫޒުން ކަމަށާއި، އެއީ ސަރުކާރުން ކަނޑައަޅާފައިވާ ޓައިމްލައިނަކަށް ރާއްޖެޓީވީ ބަންދުކުރަން މަގުފަހި ކުރުމަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު