Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު އިއްތިހާދު ޖަލްސާ

މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ

ރާއްޖޭގެ ގާނޫނު އަސާސީއަށް އަމަލު ކުރަމުންދާ މަންޒަރެއް ނުފެނޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 25 އެޕްރީލު 2017 | އަންގާރަ 14:31
މާރިޔާ އަހުމަދު ދީދީ

މާރިޔާ އަހުމަދު ދީދީ

މިއަދު ރާއްޖޭގައި އޮތީ ސިޔާސީ ފަރާތްތަކުން 42 މެންބަރުންނޭ ގޮވާލައި އިރަށް އެކަމަށް ޖަވާބުދާރީ ކުރުވުމަށް ފުލުސް އޮފީހަށް ހާޒިރުވާންޖެހޭ ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މ ކުނޫޒް ގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މިއަދުގެ ސަރުކާރުގެ އަމަލުތައް ފެނިގެންދަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަންކަން ކުރައްވަމުން ގެންދަވާ މަންޒަރު ކަމަށެވެ. އެގޮތުން ސިޔާސީ ލީޑަރުންނަށް ތަފާތު އެތައް ފިއްތުންތަކާއި ބިރު ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ސިޔާސީ މަސައްކަތުގައި އުޅޭ ކޮންމެ މީހަކަށްވެސް އެމީހަކު ކޮންމެވެސް ކަމެއްގައި ފްރޭމް ކުރާނެ ކަމުގެ ބިރުވެރިކަން އިހްސާސްކުރެވޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އަޅުގަނޑު ހަމަ ޗެލެންޖު ކޮށްފަ މި ބުނަނީދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނޯންނާނެ މިވަރަށް ގާނޫނު އަސާސީގައި މިވާޙަކަތައް ލިޔެވިފަ އޮތް ގާނުނު އަސާސީއެއް. އެކަމަކު މިއަދު ކަން ހިނގައިދަނީ ގާނޫނު އަސާސީގައި ލިޔެވިފައިފައި ގޮތްތަކާއި މުޅިން ހިލާފަށް. އެއީ މިރާއްޖޭގެ އެންމެންވެސް ހެކިވާނެ ކަމެއް." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އަނިޔާވެރިގޮތަކަށް މާރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މާރިޔާ ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާ ތަކުގައި އިންސާފު އެންމެ އެކަށޭނަ މިންވަރަށް ހޯދާދެވިފައިނުވާ ކަމަށެވެ.

"ރާއްޖޭގައި އެތައް ގަތުލެއް ހިނގާފައިވާ އިރު ގާތިލުން ރައްޔިތުންނަށް އެއީ ގާތިލެއް ކަމަށް ގަބޫލު ކުރެވޭ ވަރަށް ގާތިލެއް ހޯދިފައެއް ނުވޭ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ވާދަވެރި ސިޔާސީ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކުރީ ސަލާމަތްތެރިކަމާއި އެކު ކަންކަން ހިންގުމަށް ކަމަށާއި އެހެން ނަމަވެސް މިއަދު ކަން ހިނގަމުންދަނީ އެއާ މުޅިން ހިލާފަށް ކަމަށެވެ. އެގޮތުން މިއަދު ފެނިގެންދަނީ ސިޔާސީ ޕާޓީއެއްގެ އިސް ސަފުގައި މަސައްކަތް ކުރާ މީހެއް ނަމަ ޖަލަށް ލުމާއި އެނޫންވެސް ފިއްތުންތައް ކުރިމަތި ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު