Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ސެންޗަރީ ކްލަބު

ފީފާ ސެންޗަރީ ކްލަބުގައި އިމްރާން ހިމެނިއްޖެ

4 ޖުލައި 2020 | ހޮނިހިރު 07:59

ލިސްޓުގައި އިމްރާން ހިމެނުނީ ގައުމީ ޓީމަށް ކުޅެދީފައިވާ 109 މެޗު ބަލައިގަތުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖުލައި 2020 | ހޮނިހިރު 07:59
ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް 17 އަހަރު ވަންދެން ބެލެހެއްޓި ގޯލްކީޕަރު އިމްރާން މުހައްމަދު

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް 17 އަހަރު ވަންދެން ބެލެހެއްޓި ގޯލްކީޕަރު އިމްރާން މުހައްމަދު

ގައުމީ ޓީމަށް ކުޅެދީފައިވާ 109 މެޗު ބަލައިގަނެ ފީފާ ސެންޗަރީ ކްލަބުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުހައްމަދު ހިމަނައިފައެވެ.

މިއާއެކު އިމްރަން ވެފައިވަނީ 100 ނުވަތަ އެއަށް ވުރެ ގިނަ "އޭ" ފެންވަރުގެ ބައިނަލްއަގުވާމީ މެޗު ގައުމީ ޓީމަށް ކުޅެދީގެން ފީފާ ސެންޗަރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށެވެ.

ފީފާ ސެންޗަރީ ކްލަބުގައި އިމްރާނުގެ ނަން ހިމަނާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ފީފާ އިން އާންމުކުރި ލިސްޓުގައެވެ.

މި ކާމިޔާބީއާ ގުޅިގެން ގައުމީ ޓީމުގެ އެސިސްޓަންޓް ގޯލްކީޕަރު ޓްރެއިނަރަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ން ވަނީ މަރުހަބާ ކިޔާފައެވެ. އުމުރުން 39 އަހަރުގެ އިމްރާން ބުނީ ފީފާ ސެންޗަރީ ކްލަބުގައި ހިމެނުމަކީ ދިވެހި ފުޓްބޯޅައަށް އަދި އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ދެކޭ ކަމަށާއި، އޭނާއަށް ދިން އެހީތެރިކަމަށް އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

މި ލިސްޓަށް އެރުމާ އެންމެ ގާތުގައި ދެން ހުރި ދިވެހި ކުޅުންތެރިޔަކީ ގައުމީ ޓީމަށް 80 މެޗު ކުޅެދީފައިވާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔަކީ 184 މެޗު ކުޅެފައިވާ މިސްރުގެ އަހުމަދު ހަސަނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފުޓްބޯޅަ ކުޅުން ހުއްޓާލި އިމްރާން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް 17 އަހަރު ބަލަހައްޓާފައެވެ. 2016 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާކުރި އިމްރާނުގެ އެންމެ ބޮޑު ކާމިޔާބަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ.

ކްލަބު އީގަލްސް އިން ކެރިއަރު ފެށި އިމްރާން ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު، ވީބީ އައްޑޫ އެފްސީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ.

ވިކްޓްރީއާ އާއި ނިއުރޭޑިއަންޓާއެކު ގައުމީ ތަށި އިމްރާން މިލްކުކުރިއިރު، ނިއުރޭޑިއަންޓުން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު، އެޓީމުގެ ގޯލު ބެލެހެއްޓީވެސް އިމްރާނެވެ.

އަދި މިދިޔަ އަހަރު އިމްރާން ވަނީ ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ހާސިލުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 މެއި 2017

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި
04 މެއި 2017

ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް

04 މެއި 2017
ފީފާ ރޭންކިންގް: އިންޑިއާ ދުނިޔޭގެ 100 ވަނަ އަށް އެރިއިރު، ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް
30 އެޕްރީލު 2017

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

30 އެޕްރީލު 2017
ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި
06 އެޕްރީލު 2017

ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް

06 އެޕްރީލު 2017
ފީފާ ވޯލްޑް ރޭންކިން:ރާއްޖެ އަށް ބޮޑު ވެއްޓުމެއް، އިންޑިއާ އަށް 31 ދަރަޖައިގެ ކުރިއެރުމެއް
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް