Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޯލްޑިވިއަންގެ ދަތުރުތައް ފެށުން

މޯލްޑިވިއަނުން މާދަމާ އެތެރޭގެ އުދުހުންތައް އަލުން ފަށަނީ

އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އަމަލުކުރަން މޯލްޑިވިއަނުން އިލްތިމާސްކުރޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 30 ޖޫން 2020 | އަންގާރަ 18:21
މޯލްޑިވިއަންގެ ފްލްއިޓްތަކެއް ރަންވޭގައި

މޯލްޑިވިއަންގެ ފްލްއިޓްތަކެއް ރަންވޭގައި

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެގެން މެދުކަނޑާލި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ބުދަ ދުވަހު އަލުން ފަށަން ތައްޔާރުވެއްޖެއެވެ. ބުދަ ދުވަހުން މޯލްޑިވިއަނުން ފަށާނީ އެތެރޭގެ އުދުހުންތަކެެވެ.

ބުދަ ދުވަހު ޑޮމެސްޓިކް ހަތަރު ދަތުރެއް ކުރާނެއެވެ. ފުރަތަމަ ފްލައިޓަކީ މާލެއިން ކައްދޫއަށް ފުރާ ފްލައިޓެވެ. އެ ފްލައިޓް ފުރަން ޝެޑިއުލްކޮށްފަައިވަނީ ހެނދުނު ނުވައެއް ޖަހާއިރުއެވެ.

Advertisement - newsAdvertisement

ދެ މަހަށްވުރެ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށް ފަހު އެތެރޭގެ އުދުހުންތައް ފަށައިގަންނައިރު މާލެއިން ދަތުރުކުރާ ފަސެންޖަރުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށް މޯލްޑިވިއަނުން ބާރުއަޅައެވެ.

އެޗްޕީއޭގެ އުސޫލު ބުނާ ގޮތުން މާލެއިން ރަށްރަށަށް ދަތުރުކުރާ އެންމެންވެސް 14 ދުވަހުގެ މުއްދަތަކަށް ގޭގައި ކަރަންޓީނުވާން ޖެހޭނެއެވެ. ރަށްރަށުގައި ކަރަންޓީނު ވާން އެދޭ މީހުން މާލެއިން ފުރުމުގެ ކުރިން ''ހާލު ބެލުން'' ޕޯޓަލްގައި ރަޖިސްޓްރީވެ، އެޗްޕީއޭގެ ހުއްދަ ލިބިފައިވޭތޯ ޔަގީންކުރަން މޯލްޑިވިއަނުން އިލްތިމާސްކުރެއެވެ.

ފަސެންޖަރުން ފުރުމުގެ ކުރިންވެސް އެ މީހަކީ ގޭގައި ކަރަންޓީނުވާ މީހެއްކަން ޗެކިން ކައުންޓަރުގައި އެންގުމަށް ދަތުރުތައް އަލުން ފެށުމާއި ގުޅޭ ގޮތުން ގައުމީ އެއާލައިނުން ނެރެނު ބަޔާނުގައި ބުންޏެވެ. އަތޮޅު ތެރެއިން މާލެ އަށް ދަތުރުކުރާ ފަސެންޖަރުންވެސް ފުރުމުގެ ކުރިން ޕޮލިސް ޕޯޓަލުން ހުއްދަ ހޯދުމަށް މޯލްޑިވިއަނުން ވަނީ ހުރިހާ ފަސެންޖަރުންނަށްވެސް އިލްތިމާސް ކޮށްފައެވެ.

މޯލްޑިވިއަނުން އަލުން ދަތުރު ފަށައިގަންނައިރު ރާއްޖޭގެ 15 ސަރަހައްދުތަކަކަށް ދަތުރުކުރާނެއެވެ. މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން މޯލްޑިވިއަނުން އަންނަނީ ރާއްޖެއިން ބޭރުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމާއި ޒަރޫރީ ގޮތުން ރާއްޖެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީން ގައުމަށް އަނބުރާ ގެންދިޔުމުގައިވެސް މޯލްޑިވިއަންގެ ރީޕެޓްރިއޭޝަން ފްލައިޓްތައް ވަނީ ބޭނުންކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު