Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާވެޔޮ މިސްކިތް ހުޅުވަން ތައްޔާރުވުން

ޖުލައި 1 ގައި މާވެޔޮ މިސްކިތް ނުހުޅުވާނެ: އިސްލާމިކް މިނިސްޓްރީ

30 ޖޫން 2020 | އަންގާރަ 14:14

2000 މީހުންނަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖޫން 2020 | އަންގާރަ 14:14
ނައިބު ރައީސް އާއި އިސްލާމިކް މިނިސްޓަރު މާވެޔޮ މިސްކިތް ބައްލަވާލެއްވުމުގެ ތެރެއިން

ނައިބު ރައީސް އާއި އިސްލާމިކް މިނިސްޓަރު މާވެޔޮ މިސްކިތް ބައްލަވާލެއްވުމުގެ ތެރެއިން

މާފަންނު މާވެޔޮ މަގުގައި ހުންނަ ބަހާއުއްދީން މިސްކިތް ނުވަތަ މާވެޔޮ މިސްކިތް ބުދަ ދުވަހު ނުހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ ޖުލައި 01 ވާ ބުދަ ދުވަހު މާވެޔޮ މިސްކިތް ހުޅުވާނެ ރިޕޯޓުކޮށްފައި އޮތް އޮތުމަކީ އޮޅުމެއް ކަމަށާއި، ބުދަ ދުވަހު މިސްކިތް ހުޅުވަން ނިންމާފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

އަފްރާހް ވިދާޅުވީ މިސްކިތް ހުޅުވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށާއި، މިހާރު މިސްކިތް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުންދާ ކަމަށެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މާވެޔޮ މިސްކިތް ހުޅުވާލާނީ މާލޭގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލުމާ އެކުއެވެ. އެގޮތުން ބުދަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ.

މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށް ނިންމާފައިމިވަނީ މިސްކިތް ތަޅާލިތާ ގާތްގަނޑަކަށް ހަތަރު އަހަރުވާން ކައިރިވެފައިވަނި ކޮށެވެ. އެ މިސްކިތް ތަޅާލުމަށް ފަހު، އާ މިސްކިތް ނުހަދައި ގިނަ ދުވަސްވަމުން ދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިސްކިތެއްގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެ ބައެއް މީހުން ކަންބޮޑުވުން ވެސް މީގެ ކުރިން ފާޅުކުރިއެވެ.

މާވެޔޮ މިސްކިތް ތަޅާލުމަށްފަހު އަލުން އިމާރާތްކޮށްފައިވަނީ 2000 މީހުންނަށްވުރެ ގިނަ މީހުންގެ ޖާގަ ހިމެނޭ ގޮތަށް ހަ ބުރިއަށެވެ. އަދި މިސްކިތް އަޅައިދިނީ ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ގެ އަމިއްލަ ހަރަދުގައެވެ. ކުރިން ދެ ބުރި ހިމެނޭ ގޮތަށް 400 މީހުންގެ ޖާގަ އޮތް މިސްކިތް، އަލުން ޖަނާ އަޅައި ދެއްވީ 50 މިލިއަން ދިވެހި ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް