Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސުރުހީ

ތައުލީމީ ދާއިރާގައި މިހާރު މަސައްކަތް ކުރަމުންދަނީ 2113 ބިދޭސީ ޓީޗަރުން: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގައި 9841 ޓީޗަރުން ވަޒީފާ އަދާކުރޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 28 ޖޫން 2020 | އާދީއްތަ 08:45
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި މިނިސްޓރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން، އައިޝަތު އާތިޔާ ނަސީރު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި މިނިސްޓރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން، އައިޝަތު އާތިޔާ ނަސީރު ވާހަކަ ދައްކަވަނީ

ތައުލީމީ ދާއިރާގައި މިހާރު މަސައްކަތް ކުރަމުންދަނީ 2113 ބިދޭސީ ޓީޗަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން، އައިޝަތު އާތިޔާ ނަސީރު ވިދާޅުވީ، އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މުޅި ރާއްޖޭގައި 9841 ޓީޗަރުން ވަޒީފާ އަދާކުރާ ކަމަށެވެ. އެގޮތުން، 2113 ބިދޭސީ ޓީޗަރުން މަސައްކަތް ކުރަމުން އަންނައިރު 7728 ދިވެހި ޓީޗަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އާތިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދިވެސް ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ތައުލީމު އުންގަންނައިދިނުމުގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަ ކުރައްވައި އާތިޔާ ވިދާޅުވީ، ވަޒީފާ ދިނުމުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް ކަމަށެވެ. އެގޮތުން، ސްކޫލެއްގައި ދިވެހި ޓީޗަރަކު ހުއްޓައި ދިވެއްސަކު އެ ވަޒީފާ ބޭނުންވެއްޖެނަމަ އެ ވަޒީފާ ދިވެހި ޓީޗަރަކަށް ދީ ބިދޭސީ ޓީޗަރ ފޮނުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.

އާތިޔާ ވިދާޅުވީ މިހާރު ފުރަ މާލެއަށް ބަލާލިޔަސް ބިދޭސީ ޓީޗަރުން ވަރަށް ބޮޑުތަނުން މަދުކުރެވިފައިވާ ކަމަށާއި ސްކޫލްތަކުން ދޭތެރެ ދޭތެރެއިން ބިދޭސީ ޓީޗަރުން ތިއްބެވި މަގާމަށް ކުރިމަތިލުމަށް އިއުލާން ކުރާ ކަމަށެވެ.

އެެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ދިވެހި ޓީޗަރުން ކިޔަވައިދިނުން ކަމަށާއި އޭގެ ވަރަށް ބޮޑެތި ސަބަބުތަކެއް އެބަހުރި ކަމަށް އާތިޔާ ފާހަގަކުރެއްވިއެވެ. ސަބަބެއްގެ ގޮތުގައި އާތިޔާ ފާހަގަކުރެއްވީ، ބިދޭސީ ޓީޗަރުންނާއި ރާއްޖޭގެ ސަގާފަތާއި ވިސްނާއި ގޮތާއި ފަރުގުތައް ހުރުމެވެ.

އާތިޔާ ވިދާޅުވީ ބިދޭސީ ޓީޗަރުން ހަމައެކަނި އުޅޭނީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ކިޔަވައިދެއްވުމަށް ކަމަށާއި ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވައިދޭނީ ހުސް ދިވެހިން ކަމަށެވެ. އަދި ދިވެހި ޓީޗަރުން އެ ދާއިރާތަކުން ބިނާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު