Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރިކަމަށް ބުނާ ދެ މީހުން ދޫކޮށްލައިފި

27 ޖޫން 2020 | ހޮނިހިރު 07:52

މައްސަލައިގައި ދިވެހި ދެ ފިރިހެނުން ފުލުހުން ހައްޔަރުކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 ޖޫން 2020 | ހޮނިހިރު 07:52
ހުޅުމާލޭގެ ފަޅުތެރޭގައި ސަފާރީތައް އަޅާފައި: ހަފުތާ ބަންދުގައި ގިނަ ބަޔަކު ސަފާރީތަކަށް ދާ ކަމަށްވޭ

ހުޅުމާލޭގެ ފަޅުތެރޭގައި ސަފާރީތައް އަޅާފައި: ހަފުތާ ބަންދުގައި ގިނަ ބަޔަކު ސަފާރީތަކަށް ދާ ކަމަށްވޭ

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހުން ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ، ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

ފުލުހުން ބުނެފައިވާ ގޮތުގައި، ހުޅުމާލެ ކައިރީ އަޅާފާއި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުކުރު ދުވަހުގެ ފަތިހު ފަހެއް ޖެހި ހާއިރު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

އެ މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސަފާރީއަށް ދިޔަ ބިދޭސީ އަންހެނަކީ، ކޮން ގައުމެއްގެ މީހެއް ކަމާއި، އެއީ ފަތުރުވެރިއެއް ނުވަތަ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ އަންހެނެއްކަން ނުވަތަ ކީއްކުރާ ކޮން، ބިދޭސީ އަންހެނެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި ފުލުހުން ވެސް މިފަދަ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެއެވެ.

ހުޅުމާލެ ކައިރީގައި އަޅަފައި އޮންނަ ސަފާރީތަކަށް ގިނަ ބަޔަކު ދެއެވެ. އަދި އެ ސަފާރީތަކަށް އާއިލީ ޗުއްޓީ ހޭދަކުރުމަށްވެސް ދާކަމަށް ވެއެވެ. ހާއްސަކޮށް ހަފުތާ ބަންދުގައި ހުޅުމާލެ ކައިރީ ސަފާރީތަކަށްދާ މީހުން ގިނަކަން ފާހަގަކުރެވެއެވެ. މިހެން ގޮސް އުޅުމުގެ ތެރޭގައި ޖިނާއީ ބައެއް ކުށްތައް ކުރަމުންދާކަންވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެފަދަ ބައެއް މައްސަލަތައް ފުލުހުންނަށް ހުށަހެޅި ފުލުހުން ބަލަމުންވެސް ދެއެވެ.

މިފަހަކަށް އައިސް ރާއްޖޭ ރޭޕް ކުރުމާއި، ޖިންސީ ގޯނާކުރުން ފަދަ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް، 18 އަހަރުން ދަށުގެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުން ހިމެނެއެވެ. އަދި ދާދިފަހުން ވަނީ އޮޅުވާލައިގެން ގެސްޓް ހައުސަކަށް ކުޑަ އަންހެން ކުއްޖަކު ގެންގޮސް ރޭޕް ކުރުމުގެ ދެ މައްސަލައެއް ފެންމަތި ވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް