Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީން ދަފްތަރުކުރުން

ވޭމަންޑޫގައި ދިރިއުޅޭ ބިދޭސީން ދަފްތަރު ކުރުމަށް އިލްތިމާސްކޮށްފި

26 ޖޫން 2020 | ހުކުރު 12:37

23 ޖުލައި ކުރިން ރަޖިސްޓްރީ ކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖޫން 2020 | ހުކުރު 12:37
ތ.ވޭމަންޑޫ، ބިދޭސީން ރަޖިސްޓްރީ ކުރުމަށް މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ނުލިބޭކަން ކައުންސިލް ފާހަގަކޮށްފައިވޭ

ތ.ވޭމަންޑޫ، ބިދޭސީން ރަޖިސްޓްރީ ކުރުމަށް މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ނުލިބޭކަން ކައުންސިލް ފާހަގަކޮށްފައިވޭ

ތ. ވޭމަންޑޫގައި ދިރިއުޅޭ ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށްފިއެވެ.

ވޭމަންޑޫ ކައުންސިލުން ބުނީ ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވާލުމަށް ބިދޭސީން ރަޖިސްޓްރީ ކުރުމަށް 2 ފަހަރު އިއުލާން ކުރި ކަމަށެވެ. ނަމަވެސް މިކަމުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުގެ އެއްބާރުލުން ލިބިފައިނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތް ހިންގާ ފަރާތްތަކުން، ރާއްޖެ އެތެރެވުމުގެ ހުއްދަނެތް ބިދޭސީއަކު، ނުވަތަ މަސައްކަތް ކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށާއި އަދި ހަމަ އެމާއްދާގައި ރާއްޖޭގައި ހުރުމުގެ ހުއްދަނެތް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓާގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގައި މި ޤާނޫނުގައި (އިމިގްރޭޝަން ގާނޫނު) ބަޔާންވެގެންވާ ގޮތާ ހިލާފަށް ކަމެއް ކުރުމަކީ، ނުވަތަ މި ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ހާސިލު ވިޔަނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީ، ކުށެއް ކަމަށް ބަޔާންކޮށްފައިވާތީ ކައުންސިލުން ބުނީ ރަށުގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި އެފަރާތުގެ އާއިލާގެ އެއްވެސް މެމްބަރެއް ވޭމަންޑޫގައި ދިރިއުޅޭނަމަ އެފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ބިދޭސީން ގެންގުޅޭ ފަރާތްތަކުން ވީއެންމެ އަވަހަކަށް އެފަރާތްތަކުގެ މައުލޫމާތު ކައުންސިލް އާއި ހިއްސާކޮށް ދަފްތަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ގެންދިއުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކައުންސިލުން ބުނީ ރަށުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ޖުލައި 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީ ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ބިދޭސީން ދަފްތަކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 12:00 އަށް ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ އެންގުމާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކާއި މެދު ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 143 މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ދަފްތަރު ކުރުމަށް ކައުންސިލަށް ބޭނުންވާ ބިދޭސީންނާއި ގުޅޭ މައުލޫމާތު އަދި ހަވާލުވެހުރި ފަރާތުގެ މައުލޫމާތު ބަޔާންކުރާ ފޯމް މިކައުންސިލްގެ ވެބްލިންކްhttps://forms.gle/V7mVHUBqoGPAEuna9ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ އިދާރާއިން ވެސް ފޯމު ލިބެން ހުންނާނެއެވެ.

ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާއިދު ގެ 24 ވަނަ މާއްދާގެ (ހ) ގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ އެރަށެއްގެ ރަށު ކައުންސިލްގެ އޮފީހުގައި އަދި ސިޓީ ކައުންސިލްގެ އޮފީހުގައި "ބިދޭސީން ރަޖިސްޓްރީކުރާ ދަފުތަރެއް" އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި

25 އެޕްރީލު 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު އާއްމު ނުކުރުމަށް މީޑިއާތަކަށް ފުލުހުން އިލްތިމާސްކޮށްފި
14 އެޕްރީލު 2017

ވޭމަންޑޫގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައިފި

14 އެޕްރީލު 2017
 ވޭމަންޑޫގައި އެމްޑީޕީން ދޮރުން ދޮރަށް ހިނގައިފި
11 އެޕްރީލު 2017

ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި

11 އެޕްރީލު 2017
ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް