Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯހަން ޕްރޯ ލައިސަންސް ނެގުން

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް މޯހަން ނަގައިފި

މޯހަންއަކީ ރާއްޖެއިން ޕްރޯ ލައިސަންސް ނެގި ދެވަނަ ކޯޗު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ޖޫން 2020 | ބުރާސްފަތި 16:29
ކްލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން): އޭނާ އަކީ ޕްރޯ ލައިސަންސް ނެގި ދެވަނަ ކޯޗު

ކްލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން): އޭނާ އަކީ ޕްރޯ ލައިސަންސް ނެގި ދެވަނަ ކޯޗު

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް މުޙައްމަދު ޝިޔާޒް (މޯހަން) ނަގައިފިއެވެ.

އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ.

ކްލަބު އީގަލްސްއަށް ކޯޗުކަން ކޮށްދެމުން އަންނަ މޯހަން ޕްރޯ ލައިސަންސް ނެގިއިރު، މިދިޔަ ސީޒަނުގެ ތެރޭގައި މި ކޯސް ހެދުމަށް ގައުމުން ބޭރަށް ދާން ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ އީގަލްސްގެ ބައެއް މެޗުތައް ގެއްލިފައެވެ.

މޯހަން ޕްރޯ ލައިސަންސް ނެގުމާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މޯހަންއަށް މަރުހަބާ ކިޔާފައެވެ.

1997ން 2008ށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި މޯހަން ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ކްލަބު ކޯޗިން ކެރިއަރުގައި މޯހަން ވަނީ ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި އދ. މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ ޓީމަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފައެވެ. މިހާރު އިރުޝާދު ދެމުން އަންނަނީ ކްލަބު އީގަލްސް އަށެވެ.

މޯހަން ޕްރޯ ލައިސަންސް ހާސިލުކުރިއިރު، އޭނާ އަކީ އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއްވެސް މެއެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ނޭޕާލާއި ކެމްބޯޑިއާ އަދި މޮންގޯލިއާގައި އޭއެފްސީގެ ސީ ލައިސަންސް ކޯހުގައި ކިޔަވައިދީފައެވެ.

މޯހަންއަކީ ރާއްޖެއިން ޕްރޯ ލައިސަންސް ނެގި ދެވަނަ ކޯޗެވެ. މި ލައިސަންސް އެންމެ ފުރަތަމަ ނެގީ މިހާރު ޓީސީ ސްޕޯޓްސް ކްލަބަށް އިރުޝާދު ދެމުން އަންނަ މުޙައްމަދު ޝާޒްލީ (ޝާޒް) އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯހަން ބަގާންއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ކަލްކަތާ އަށް ފުރައިފި

މޯހަން ބަގާންއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ކަލްކަތާ އަށް ފުރައިފި

17 އެޕްރީލު 2017
ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް

ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް

05 އެޕްރީލު 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު