Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުޙީ

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ތާއީދު ކުރާކަމެއް ނޫން: ޕީޖީ

25 ޖޫން 2020 | ބުރާސްފަތި 08:44

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނާގޮތުން 70 ދުވަހުގެ ތެރޭގައި ޝަރީއަތް އާންމުކޮށް ނިމެންޖެހޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 25 ޖޫން 2020 | ބުރާސްފަތި 08:44
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ޕީޖީ ޝަމީމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ޕީޖީ ޝަމީމް ވާހަކަ ދައްކަވަނީ

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ތާއިދުކުރާ ކަމެއް ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޖީ ވިދާޅުވީ، ޖިނާއި އިޖްރާއަތުގެ ގާނޫނުގައި ވާގޮތުން، ބަންދުގައި މީހަކު ބަހައްޓައިފިކަމުގައި ވާނަމަ އެމީހެއްގެ މައްސަލަ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވަންޖެހޭ ކަމަށާއި ބަންދުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ދައުވާ ކުރުމާއި މެދު ގޮތެއް ނިންމަން ޖެހޭކަމަށެވެ. 30 ދުވަހަށް ވުރެ ދިގުމުއްދަތަކަށް ބަންދުގައި ބަހައްޓާނަމަ ޖެހޭނީ އެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންކަމަށް ފާހަގަކުރައްވަމުން ޕީޖީ ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ތާއީދު ކުރާ ކަމެއް ނޫންކަމަށެވެ.

Advertisement - newsAdvertisement

ޕީޖީ އިތުރަށް ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮތް ގޮތުން އަވަހަށް ޝަރީއަތް ނިންމަން ޖެހޭކަމަށާއި ޝަރީއަތް ނިންމުމަށްފަހު ވީހާވެސް އަވަހަކަށް އެމީހެއްގެ މައްޗަށް ހުކުމެއް ކުރަންޖެހޭކަމަށެވެ. ބަންދުގައި 269 މީހުނަށް ވުރެ ގިނައިން މިހާރުވެސް ތިބިކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި މީހުން ތިބެންޖެހޭކަމަށެވެ. އެގޮތުން، އެވެރެޖްކޮށް މައްސަލައެއް ނިމެން 500 ދުވަސް ނަގާކަން ޕީޖީ ފާހަގަކުރެއްވިއެވެ.

ޕީޖީ ވިދާޅުވީ މިހާރުވެސް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރޭގައި މައްސަލަ ވަކި ގޮތަކަށް ނުނިމި 5 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުން އެބަތިބި ކަމަށެވެ. ޕީޖީ ވިދާޅުވީ މި ގޮތަށް ބަންދުގައި ތިބި މީހުންގެ ތެރޭގައި އެމީހެއްގެ މައްޗަަށް ކުށް ސާބިތުވެއްޖެނަމަ ލިބޭ އަދަބަށް ވުރެ، ނުވަތަ ހުކުމް ކުރާ ދުވަސްތަކަށް ވުރެ ގިނަ ދުވަސް ބަންދުގައި ބައެއް މީހުން ހޭދަކުރަންޖެހޭކަމަށެވެ.

އެގޮތް ކަމުނުދާކަން ފާހަގަކޮށް ޕީޖީ ވިދާޅުވީ، އެގޮތަށް ތިބި މީހުން ބަލައި މިހާރު ޝަރުތު ތަކާއި އެކު ދޫކޮށްފައިވާނެކަމަށެވެ. އަދި މިހާރު ބަންދުގައި ތިބޭނީ އެއްގޮތަކަށްވެސް ދޫކޮށްލެވެން ނެތް މީހުން ކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ މަގާމާއި ހަވާލުވުމަށްފަހު ތަކުރާރުކޮށް އެކި މުއައްސާސާއަށް، ޝަރީއަތުގައި ތިބި މީހުންގެ މައްސަލަތައް ބެލުން އަވަސްކޮށްދިނުމަށް އެދިފައިވާނެކަމަށެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނާގޮތުން 70 ދުވަހުގެ ތެރޭގައި ޝަރީއަތް އާންމުކޮށް ނިމެންޖެހޭކަމަށާއި އެކަންތައް އެހެން ނުވާކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް