Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ސިނާއަތުންގެ އެހީތެރިކަން

ފަތުރުވެރިކަމުގެ ސިނާއަތުން 28 ފެސިލިޓީއެއް އެންއީއޯސީއަށް ދޫކޮށްފައިވޭ: މިނިސްޓަރު އަލީ ވަހީދު

25 ޖޫން 2020 | ބުރާސްފަތި 02:23

ފެސިލީޓީތައް ފަތުރުވެރިކަމަށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖޫން 2020 | ބުރާސްފަތި 02:23
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވާފައި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވާފައި

ކޮވިޑް-19ގެ މި ހާލަތާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުން ޖުމްލަ 28 ފެސިލިޓީއެއް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ދޫކުރެވިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުން ވެސް މި މަސައްކަތަށް ބޮޑު އެހީތެރިކަމާއި، އެއްބާރުލުމެއް ދެއްވި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޖުމްލަ 28 ފެސިލިޓީއެއް ފަތުރުވެރިކަމުގެ ސިނާއަތުން ދޫކުރެވިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރެއިން ތިން މަހުގެ މުއްދަތު ހަމަވެފައި ހުރި ތަންތަނާއި މިވަގުތުގެ ހާލަތަށް ބަލާ އޮޑިޓްތައް ހެދުމަށްފަހު ފެސިލީޓީތައް ފަތުރުވެރިކަމަށް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިތުރު ސާރޖަކަށް ނުވަތަ މިހާރު ތައްޔާރުވެފައިވާ ހާލަތަށް ވެސް ދަތިނުވާނެ ގޮތަކަށް މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އަބަދު ވެސް އޮންނާނީ ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރައީސް ސޯލިހުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތްތަކަށް ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުން ރައްޔިތުންނަށާއި، ގައުމަށް ނުހަނު ބޭނުން ޖެހުނު ހާލަތުގައި ދިން އެހީތެރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޖުލައި 2019

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ދަފްތަރުގެ މަސައްކަތް ޖުލައި މަހު ފަށަނީ

09 ޖުލައި 2019
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ދަފްތަރުގެ މަސައްކަތް ޖުލައި މަހު ފަށަނީ
08 ޖުލައި 2019

ރައީސް ޔާމިންގެ ސަރުކާރުގައި އެއް ރަށެއް ތަފާތު ތިން ފަރާތަކަށް ދޫކޮށްފައިވޭ: އަލީ ވަހީދު

08 ޖުލައި 2019
ރައީސް ޔާމިންގެ ސަރުކާރުގައި އެއް ރަށެއް ތަފާތު ތިން ފަރާތަކަށް ދޫކޮށްފައިވޭ: އަލީ ވަހީދު
03 ޖުލައި 2019

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު އިއުލާން ކޮށްފި

03 ޖުލައި 2019
ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު އިއުލާން ކޮށްފި
17 މެއި 2019

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

17 މެއި 2019
އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
14 މެއި 2019

ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަތުމަށް މިނިސްޓަރު އަލީ ވަހީދު ހުވަދޫ އަތޮޅަށް!

14 މެއި 2019
ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަތުމަށް މިނިސްޓަރު އަލީ ވަހީދު ހުވަދޫ އަތޮޅަށް!
01 މެއި 2019

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ދަފްތަރު މި އަހަރު އެކުލަވާލާނަން: އަލީ ވަހީދު

01 މެއި 2019
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ދަފްތަރު މި އަހަރު އެކުލަވާލާނަން: އަލީ ވަހީދު
01 އެޕްރީލު 2019

މެދު އިރުމައްޗަށް ހާއްސަކޮށްގެން ފަތުރުވެރިކަމުގެ މަޖައްލާއެއް ތައާރަފްކޮށްފި

01 އެޕްރީލު 2019
މެދު އިރުމައްޗަށް ހާއްސަކޮށްގެން ފަތުރުވެރިކަމުގެ މަޖައްލާއެއް ތައާރަފްކޮށްފި
27 އޮކްޓޯބަރު 2018

އާ ސަރުކާރަކާއިއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ:ޓީޓީޖީ އޭޝިޔާ

27 އޮކްޓޯބަރު 2018
އާ ސަރުކާރަކާއިއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ:ޓީޓީޖީ އޭޝިޔާ
19 ޑިސެމްބަރު 2017

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި

19 ޑިސެމްބަރު 2017
ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް