Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް މިނިސްޓަރު

ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަތުމަށް މިނިސްޓަރު އަލީ ވަހީދު ހުވަދޫ އަތޮޅަށް!

އަލީ ވަހީދު ވަނީ މީގެ ކުރިން ލ. އަތޮޅަށް ވެސް ވަޑައިގެންފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 މެއި 2019 | އަންގާރަ 08:22
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަތުމަށް މިނިސްޓަރު އަލީ ވަހީދު ހުވަދޫ އަތޮޅަށް ޒިޔާރަތްކުރުމަށް ނިންމަވައިފިއެވެ.

މިނިސްޓަރު އަލީ ވަހީދު ހުވަދޫ އަތޮޅަށް ފުރާވަޑައިގަންނަވާނީ އަންގާރަ ދުވަހުގެ މެންދުރު 02:00 ގައެވެ. އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މި ދަތުރުފުޅުގެ ބޭނުމަކީ އަތޮޅު އަދި ރަށު ކައުންސިލްތަކާ ބައްދަލުކުރެއްވުން ކަމަށާއި ޓޫރިޒަމް މިނިސްޓްރީއާ ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަކީ ވެސް މި ދަތުރުފުޅުގެ އެއް ބޭނުން ކަމަށެވެ.

Advertisement - newsAdvertisement

މި ދަތުރުފުޅުގައި ކާޑެއްދޫ، ތިނަދޫ، ގއ. ވިލިނގިލި، ކޫއްޑޫގެ އިތުރުން ބައެއް އެއަރޕޯޓްތަކަށް މިނިސްޓަރު ޒިޔާރަތްކުރައްވާނެއެވެ.

އަލީ ވަހީދު ވިދާޅުވީ އިންޑަސްޓްރީއާ މެދު ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމުން އެކަން ބަލައިގަންނާނެ ކަމަށާއި އެ ޝަކުވާތައް ބަލައިގަތުމުގައި މިނިސްޓްރީން ހަމަހަމަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަން ޓޫރިޒަމް މިނިސްޓްރީ އާއި ކައުންސިލްތަކާއި އޮތް ގުޅުން ބަދަހި ކުރުމަށް. އަޅުގަނޑުމެންގެ ނަސޭހަތަކީ ކައުންސިލްތަކަށް ވެސް ރައްޔިތުންނަށް ވެސް މި އިންޑަސްޓްރީ މި ހިސާބަށް އައިސް މިއޮތީ މި ދާއިރާއަށް ހިދުމަތްކޮށްދިން މީހުންގެ ބުރަ މަސައްކަތުން. އެންމެން ގުޅިގެން ކަންކަން އިސްލާހު ކުރެވޭނީ. ކަންބޮޑުވުންތަކެއް އޮވެއްޖެއްޔާ މުޅި އިންޑަސްޓްރީ ބްލޭމް ނުކުރައްވާ ޝަކުވާ ހުށަހަޅުއްވާ، އަޅުގަނޑުމެން ބަލައިދޭނަން،" އަލީ ވަހީދު ވިދާޅުވިއެވެ.

މި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު ވ.، މ.، ފ.، އަދި ށ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭރުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިނިސްޓްރީގެ ފަރާތުން ޒިޔާރަތް ކުރެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ދާދި ފަހިން އަލީ ވަހީދު ވަނީ ލ. އަތޮޅަށް ވެސް ދަތުރުކުރައްވާފައެވެ.

ހުވަދޫ އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓަރު މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު