Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަން

އާ ސަރުކާރަކާއިއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ:ޓީޓީޖީ އޭޝިޔާ

އާ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ބަޖެޓްގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2018 | ހޮނިހިރު 04:51
ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި

ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި

އާ ސަރުކާރަކާއި އެކު ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ އުޅުއްވާ ވިޔަފާރިވެރިން ބުނެފިއެވެ.

ޓީޓީޖީ އޭޝިޔާގައި ބުނެފައި ވަނީ އާ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ބަޖެޓްގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައި އޮތުމުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

ޓީޓީޖީ އޭޝިޔާގައި ބުނެފައިވަނީ ފަތުރުވެރިކަން އިޝްތިހާރު ކުރަން އާ ސަރުކާރުގެ ބަޖެޓްގައި 400 ޕަސެންޓް އިތުރުކުރާނެ ކަމަށް އާ ސަރުކާރުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

ޓީޓީޖީ އޭޝިޔާގައި ބުނެފައިވަނީ މި އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި ބަލާއިރު ފަހެއް އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް(ޖީއޭއެމް)ގެ ރައީސް އަހްމަދު ކަރަމް އާއި ހަވާލާދީ ޓީޓީޖީ އޭޝިޔާގައި ބުނެފައިވަނީ ރާއްޖެއަށް ފަތުރުވެރިން އަންނާނެ ނިސްބަތް މި ދިޔަ އަހަރަށް ވުރެ 5 ޕަސެންޓް އިތުރުވެގެންދާއިރު، އެ ވަރަށް ރިސޯރޓްތަކުގެ އެނދުގެ އިތުރުވެފައިނެތް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެނދުގެ އަދަދު އިތުރުކުރަން މަސައްކަތް ކުރެވިފައިނުވާ ކަމަށާއި، އެނދުގެ އަދަދު އިތުރުކުރުމަށް ވުރެ ބޮޑަށް ރައީސް ޔާމީންގެ ސަރުކާރުން އިސްކަންދެއްވީ އެކި ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރަން ކަމަށެވެ. އެގޮތުން އެއްލިޔަން ޑޮލަރު ރާއްޖެ ޕްރޮމޯޓް ކުރަން ރައީސް ޔާމީންގެ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށާއި،އޭގެ ބަދަލުގައި ރިސޯރޓްތަކުގެ އެނދު އިތުރުކުރަން މަސައްކަތް ކުރިނަމަ ރަގަޅުވީސް ކަމަށް އަކްރަމް އާއި ހަވާލާދީ ޓީޓީޖީގައިވަނީ ބުނެފައެވެ.

ކޮކޯން ކަލެކްޝަންސް އެންޑްރިސޯރޓްސްގެ ޗީފް ކޮމާރޝަލް އޮފިސަރ އެންޑްރިއު އޭޝްމޯރ އާއި ހަވާލާދީ ޓީޓީޖޭ އޭޝިޔާގައި ބުނެފައިވަނީ އީޔޫ އަދި އެމެރިކާއިން އާ ސަރުކާރު ބަލައިގެންފައިވާއިރު، މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

ޓީޓީޖޭ އޭޝިޔާގައި މޯލްޑިވްސް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރ އަބްދުﷲ ގިޔާސް ވިދާޅުވެފައިވަނީ އާ ރިސޯރޓްތަށް ހުޅުވެމުން އަންނަ ކަމަށާއި، އެހެންކަމުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަށް ލިބެމުން އަންނަ ކަމަށާއި، އިތުރު ފްލައިޓްސްތަށް އަންނަމުންދާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން 45 ދުވަހުގެ ކުއްލި ހާލަތެއް އިއުލާންކުރުމާއި ގުޅިގެން ރާއްޖެއަށް ގިނައިން ޒިޔާރަތްކޮށްފައިވާނީ ޗައިނާގެ ފަތުރުވެރިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

87 ދާއިރާއަށް ވާދަކުރަން އެމްޑީޕީ އިން ނިންމައިފި!

87 ދާއިރާއަށް ވާދަކުރަން އެމްޑީޕީ އިން ނިންމައިފި!

02 ޑިސެމްބަރު 2018
ހިލޭ މަތީ ތަޢުލީމަށް ކިޔެވޭނެގޮތް ހަމަޖެހިގެންދިޔުމަކީ، ތަޢުލީމީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް: ނައިބު ރައީސް

ހިލޭ މަތީ ތަޢުލީމަށް ކިޔެވޭނެގޮތް ހަމަޖެހިގެންދިޔުމަކީ، ތަޢުލީމީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް: ނައިބު ރައީސް

30 ނޮވެމްބަރު 2018
އެމްޑީއޭއިން މަޖިލިހުގެ 87 ދާއިރާއަށްވެސް ވާދަކުރާނެ

އެމްޑީއޭއިން މަޖިލިހުގެ 87 ދާއިރާއަށްވެސް ވާދަކުރާނެ

23 ނޮވެމްބަރު 2018
ރައީސް ޔާމީން މުލަކު ދާއިރާއަށްވެސް ހޮވުނީ ރައީސް މައުމޫނާއި މެމްބަރު ނާޒިމްގެ ސަބަބުން: ވަކީލް ފައިސަލް

ރައީސް ޔާމީން މުލަކު ދާއިރާއަށްވެސް ހޮވުނީ ރައީސް މައުމޫނާއި މެމްބަރު ނާޒިމްގެ ސަބަބުން: ވަކީލް ފައިސަލް

05 އޯގަސްޓު 2018
ރައީސް ޔާމީން ވަނީ ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެންނަވާފައި: އެޑިއުކޭޝަން މިނިސްޓަރު

ރައީސް ޔާމީން ވަނީ ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެންނަވާފައި: އެޑިއުކޭޝަން މިނިސްޓަރު

08 ޖުލައި 2018

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު