Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

17 މެއި 2019 | ހުކުރު 03:27

50،000 އާއި 60،000 ރުފިޔާ ސްކޫލުތަކުގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ހަރަދުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 މެއި 2019 | ހުކުރު 03:27
ވެމްކޯގެ އެމްޑީ އާދަމް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި

ވެމްކޯގެ އެމްޑީ އާދަމް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ މެންޑޭޓުން ބޭރުން ގިނަ ކުންފުނިތަކަށް ދޫކޮށްފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕްރޭޝަން (ވެމްކޯ) މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާދަމް މުހައްމަދު ވިދާޅުވީ ވެމްކޯއަށް ގެއްލުންވާގޮތަށް ގިނަ އަދަދެއް ފައިސާ ބައެއް ކުންފުނިތަކަށް ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން ހަ ފުޓްސަލް މުބާރާތް ބާއްވަން ދުވާފަރު ސްޕޯޓްސް ކްލަބަކަށް 2017 ގާތްގަނޑަކަށް 4 ލައްކައެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، ހަޔާތު ފައުންޑޭޝަން ކިޔާ ފައުންޑޭޝަންއަކަށް 2017 ވަނަ އަހަރު ދެ ލައްކައެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން ޕްރީ ސްކޫލަކަށް ފަންޑުކުރުމުގެ ނަމުގައި 2017 ގައި އަބްދުއްރަހީމް ފައުންޑޭޝަނަށް ދެ ލައްކަ ފަންސާސްހާހެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސްކޫލުތަކަށް ވެސް އެކިގޮތްގޮތުން ހަރަދުކޮށްފައިވާކަން ފާހަގަކުރައްވައި އާދަމް ވިދާޅުވީ 50،000 އާއި 60،000 ރުފިޔާ މާލޭގެ ބޮޑެތި ސްކޫލުތަކުގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

އާދަމް ވިދާޅުވީ މިފަދަ ގޮތަކަށް ހަރަދު ކުރުމަކީ ވެމްކޯއިން ކޮށްގެންވާނެ ހަރަދުތައް ނޫން ކަމަށެވެ. އަދި އެއްވެސް ގޮތަކަށް ކުންފުންޏަށް ގެއްލުންވާ ގޮތަށް ހަރަދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ މުއައްސަސާތަކުން ވެމްކޯއަށް ދައްކަންޖެހޭ ފައިސާހުރިކަން ފާހަގަކުރައްވައި އާދަމް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ހައުސިން މިނިސްޓްރީގެ މެންޑޭޓް ބަދަލުވަންދެން ހުރި ބިލްތަކަށް ފައިސާ ނުދައްކާ ކަމަށާއި، ގާތްގަނޑަކަށް 9 މިލިއަން ރުފިޔާއަރާ ކަމަށެވެ. އަދި އެޗްޑީސީން ވެސް ވެމްކޯއަށް 5.2 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދިވެސް އިތުރު މުއައްސަސާތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އާދަމް ވިދާޅުވީ ވެމްކޯއިން ހަރަދުކޮށްފައިވާ ގޮތުން ކުންފުނީގެ މާލީ ހާލަތަށް ބޮޑު އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިހާރު ކުންފުނީގެ 9 އޮޑިޓް ރިޕޯޓެއް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެމްކޯގެ 4 މައްސަލައެއް ބަލަމުންދާ ކަމަށާއި، އެއްމައްސަލަ ނިންމާ އިދާރީ ގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް