Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލަކު ނަރުދަނާ ނިޒާމް

ފުވައްމުލަކު ސިޓީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަކީ ރައްޔިތުންނަށް އޮތް ބޮޑު މުސީބާތެއް: މެމްބަރު މުންތާޒު

24 ޖޫން 2020 | ބުދަ 20:06

ނަރުދަމާ ނިޒާމު ގާއިމްކޮށްފައިވާ ގޮތުން މުޅި ރަށުތެރޭގައި ނަޖިސް ފެން

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖޫން 2020 | ބުދަ 20:06
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުންތާޒު ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުންތާޒު ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުވައްމުލަކު ސިޓީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަކީ ރައްޔިތުންނަށް އޮތް ބޮޑު މުސީބާތެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުންތާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު މުންތާޒު ވިދާޅުވީ ފުވައްމަލަކު ސިޓީގެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރެވޭއިރު، މިހާރު ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ މައްސަލަ ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު މުންތާޒު ވިދާޅުވީ ނަރުދަމާ ނިޒާމަކީ ފާއިތުވެދިޔަ ސަރުކާރުން އިންތިޚާބަށް ދިމާކޮށްފައި އަވަސް އަރުވާލައިގެން ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށާއި، އެޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 300 މިލައަންއަށް ގާތްކުރާ އަދަދަށް ފައިސާ ހަރަދު ކޮށްފައިވާ ކަމަށެވެ. މިއީ ރައްޔިތުންނާއި، ގައުމަށް ދިން ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި މެމްބަރު ވަނީ ސިފަކުރައްވާފައެވެ.

ނަރުދަމާގެ ޕްރޮޖެކްޓަކީ ރައްޔިތުންނަށް ބޮޑު މުސީބާތެއްކަން ފާހަގަކުރައްވައި މެމްބަރު މުންތާޒު ވިދާޅުވީ ރައްޔިތުންނަށް އޭގެ ފަސޭހައިގެ ބަދަލުގައި އުފުލަން ޖެހެނީ ތަކުލީފު ކަމަށެވެ. އެގޮތުން ނަރުދަމާ ނިޒާމު ގާއިމް ކޮށްފައިވާ ގޮތުން ގިނަ ޖަންގްޝަންތައް ފުރި، ގެތަކާއި މަގުތަކަށް ލީކުވަނީ ނަޖިސްފެން ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ބޭނުންވަނީ ކިތަންމެ ބޮޑު ހަރަދެއްކޮށްގެން ވިޔަސް އައު ނަރުދަމާ ނިޒާމެއް އަޅައިގެން ވިޔަސް މައްސަލަ ހައްލު ކުރަން ކަމަށެވެ. ފެނަކައާ ހަވާލާދެއްވާ މެމްބަރު މުންތާޒު ވިދާޅުވީ އުންމީދު ކުރަނީ އަވަސް މުސްތަގުބަލެއްގައި މައްސަލަ ހައްލުވެގެން ދިއުން ކަމަށާއި، ލަސްވެގެން ހަމަސް ދުވަހުގެ ތެރޭގައި ހައްލު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މުންތާޒު ވިދާޅުވީ ރައްޔިތުންގެ ފައިސާއާ އިހުމާލުވެފައިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

މުންތާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައީ އިންސާފު ގާއިމް ކުރުމަށް ކަމަށާއި، މިސަރުކާރުގައި ރައްޔިތުންނަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
12 މާރިޗު 2017

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
11 ފެބުރުއަރީ 2017

ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ފެބުރުއަރީ 2017
ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް