Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތަފާސްހިސާބުގެ ބިލް

މަޖިލީހުގެ މިއަދުގެ ޖަލްސާ: ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލް ހުށަހެޅި، ބަހުސް ކުރިއަށް!

ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި ގައުމުގެ އިގްތިޞާދީ އަދި އިޖުތިމާއީ ހާލަތު ރައްޔިތުންނަށް އަންގައިދިނުމުގެ ގޮތުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 23 ޖޫން 2020 | އަންގާރަ 06:11
ސަރުކާރުގެ ފަރާތުން މަޖިލީހަށް މިބިލް ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން: މިބިލްގައި ތަފާސްހިސާބާބެހޭ މިނިވަން މުއައްސަސާއެއް އުފެއްދުން ހިމެނޭ

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިބިލް ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން: މިބިލްގައި ތަފާސްހިސާބާބެހޭ މިނިވަން މުއައްސަސާއެއް އުފެއްދުން ހިމެނޭ

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅފައިވާ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލް މަޖިލީހަށް ހުށަހަޅައި، އެ ބިލަށް މެމްބަރުން ބަހުސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނެވެ.

Advertisement - newsAdvertisement

މި ބިލަކީ އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލް 1 ގައި ހިނެމޭ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު"އަށް ގާނޫނީ ބާރު ލިބިދިނުމަށް، ރާއްޖޭގައި ތަފާސް ހިސާބާ ބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުންކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި، އެކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މިނިވަން މުއައްސަސާއެއް އުފެއްދުމާއި، އެމުއައްސަސާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލާފައިވާ ބިލެކެވެ.

މި ބިލްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި ގައުމުގެ އިގްތިޞާދީ އަދި އިޖުތިމާއީ ހާލަތު އަންގައިދޭ މުހިއްމު ތަފާސްހިސާބު، ގައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެންހަމައެއްގައި ފޯރުކޮށްދިނުމެވެ.

ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމަށާއި އެ ސިޔާސަތުތަކުގެ ނަތީޖާއިން ހާސިލްކުރެވޭ މިންވަރު ވަޒަންކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ތަފާސްހިސާބު، ސައްހަކަމާއެމު އިތުބާރުހުރި ގޮތެއްގައި ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް މިބިލްގައި ބުނެފައި ވެއެވެ.

މީގެއިތުރުން، ގައުމީ ފެންވަރުގައި ކުރާ މުހިއްމު ސަރވޭތަކާއި ބޯހިމެނުންފަދަ ތަފާސް ހިސާބާ ބަހޭ ކަންކަމަށް މައުލޫމާތު އެއްކުރުމުގައި ސައްހަ މައުލޫމާތު ދިނުމުގެ ފަރުދީ ޒިންމާ އަދާކުރުމަށް ރައްޔިތުންނަށް ބާރުއަޅައި ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

މި ބިލުގައި ބުނާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ތަފާސްހިސާބު ބެލެހެއްޓުމަށް ދައުލަތުގެ ވަކި އިދާރާއެއް އުފެއްދުމަށް ބުނާ ބުނުމަށް ބައެއް މެމްބަރުން ދެކޮޅު ހައްދަވައެވެ. ދެކޮޅު ހައްދަވާ މެމްބަރުން ސަބަބެއް ކަމަށް ވިދާޅުވަނީ، މިހާރުވެސް ދައުލަތުގައި މިނިވަން މުއައްސަސާތައް ހުރެމެ، އެމުއައްސަސަތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުންނުދިއުން ހިމެނެ އެވެ. އެހެންކަމުން ބައެއް މެމްބަރުން ވިދާޅުވީ، ސަރުކާރުގެ މިނިސްޓްރީއެއްގެ ދަށުން ޑިޕާޓްމަންޓެއް ހަދައި ތަފާސްހިސާބުގެ ކަންކަން ކުރެއްވުމަކީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ބެލިޔަސް މާރަނގަޅު ގޮތެއް ކަމަށެވެ.

މި ބިލަށް އެއްވެސް މެމްބަރެއް ދެކޮޅު ހައްދަވާފައި ނުވާއިރު، ބިލްގެ މުހިއްމުކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު