Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްވުން ބާއްވާފައިވާތީ ފައިރޫޝްގެ ކަންބޮޑުވުން

މިއީ އެއްވުންތައް ބާއްވަންވީ ވަގުތެއް ނޫން: ޑރ. ފައިރޫޝް

މަގުމައްޗަށް ނުކުމެ އެއްވުން ނުބާއްވާ އެހެން ގޮތެއް ހޯދުމަށް ފައިރޫޝް ވަނީ އެދިވަޑައިގެންފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖޫން 2020 | ހޯމަ 13:50
ނަވާނަވައިން މިއަދު ބޭއްވި މުޒާހަރާގައި ބައިވެރިން ދަރުމަވަންތަ ސްކޫލް ކުރިމަތީގައި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން

ނަވާނަވައިން މިއަދު ބޭއްވި މުޒާހަރާގައި ބައިވެރިން ދަރުމަވަންތަ ސްކޫލް ކުރިމަތީގައި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އަދިވެސް މިތިއްބެވީ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި، މިވަގުތަކީ އެއްވުން ބާއްވަންވީ ވަގުތު ނޫން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

ފައިރޫޝް މިހެން ވިދާޅުވެފައިވަނީ ސިޔާސީ، އިގުތިސާދީ އަދި އިޖްތިމާއީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމުގެ ނަމުގައި ހަރަކާތްތައް ހިންގަމުން އަންނަ "ނަވާނަވައި" މޫވްމެންޓުން ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަޙައްދުގައި މުޒާހަރާ ކޮށްފައިވަނިކޮށެވެ.

ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދިވެސް މިތިއްބެވީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށާއި، މިއީ އެއްވުންތައް ބާއްވަންވީ ވަގުތު ނޫން ކަމަށެވެ. އަދި 3 މީހުންނަށް ވުރެ އިތުރުވާގޮތަށް އެއްނުވުމަށް ފައިރޫޝް ވަނީ އެދިވަޑައިގެންފައެވެ. އަދި ހިޔާލު ފާޅުކުރައްވާ ނަމަ، މާލޭގެ މަގުމައްޗަށް ނުކުމެއް އެއްވުން ނުބާއްވާ އެހެން ގޮތެއް ހޯއްދެވުމަށް ފައިރޫޝް ވަނީ އެދިވަޑައިގެންފައެވެ.

ހޯމަ ދުވަހުގެ ހެނދުނު 08:30ގައި މަޖިލިސް އިދާރާ ގޭގެ ކުރިމަތީގައި ނަވާނަވައިން ބޭއްވި މުޒާހަރާގެ ބައިވެރިން މަޖިލިސް ސަރަޙައްދުން ދުރުކޮށް، ފުލުހުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ. އެއާއެކު މުޒާހަރާގެ ބައިވެރިން ވަނީ މަޖިލިސް އިދާރާ ކުރިމަތީގައި އޮންނަ ގޯޅި (އިންޑިއާ އެމްބަސީ ކުރިމަތީގައި) ފުލުހުން ކޯރޑަން ކޮށްފައިވާ ހިސާބުގައި މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ.

ގާތްގަނޑަކަށް 10 ބައިވެރިން މުޒާހަރާގައި ބައިވެރިވެފައިވާއިރު، ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލި، ދިރިއުޅޭ ތަނުން ނުކުންނަން މަޖުބޫރުވެފައިވާ މީހުން ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް މަޖިލީހުން މަސައްކަތް ނުކުރާ ކަމަށް ބުނެ، މުޒާހަރާގެ ބައިވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ލޮކްޑައުންއަށް ލުއިތަކެއް ދީފައިވީ ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދުގައި 3 މީހުންނަށް ވުރެ އިތުރަށް އެއްތަނަކަށް އެއްވުމަކީ މަނާ ކަމެކެވެ. އަދި އިޖްތިމައީ ގައިދުރުކަން ބެހެއްޓުމާއި، ޒަރޫރީ ބޭއްނުމެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު