Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަވާނަވައި އިން ކުރިއަށް ގެންދިޔަ މުޒާހަރާ

ނަވާނަވައި މުޒާހަރާ: މަސައްކަތްތެރިންގެ ޙައްޤުތަކާއި، އަތޮޅުތެރޭގެ ތަރައްޤީއަށް ގޮވާލައިފި

22 ޖޫން 2020 | ހޯމަ 06:57

މުޒާހަރާ ފަށާފައިވަނީ ހޯމަ ދުވަހު 08:30 ގައި މަޖިލިސް އިދާރާ ގޭގެ ކުރިމަތީގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖޫން 2020 | ހޯމަ 06:57
ނަވާނަވައިން ކުރިއަށް ގެންދިޔަ މުޒާހަރާ: ގާތްގަނޑަކަށް 10 މީހުން މުޒާހަރާގައި ބައިވެރިވެ އަޑުއުފުލާފައިވޭ

ނަވާނަވައިން ކުރިއަށް ގެންދިޔަ މުޒާހަރާ: ގާތްގަނޑަކަށް 10 މީހުން މުޒާހަރާގައި ބައިވެރިވެ އަޑުއުފުލާފައިވޭ

ސިޔާސީ، އިގުތިސާދީ އަދި އިޖްތިމާއީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމުގެ ނަމުގައި ހަރަކާތްތައް ހިންގަމުން އަންނަ "ނަވާނަވައި" މޫވްމެންޓުން ރައްޔިތުންގެ މަޖިލިސް އިދާރާ ސަރަޙައްދުގައި މުޒާހަރާ ކޮށްފިއެވެ.

ހޯމަ ދުވަހު 08:30 ގައި މަޖިލިސް އިދާރާ ގޭގެ ކުރިމަތީގައި ބޭއްވި މި މުޒާހަރާގެ ބައިވެރިން މަޖިލިސް ސަރަޙައްދުން ދުރުކޮށް، ފުލުހުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ. އެއާއެކު މުޒާހަރާގެ ބައިވެރިން ވަނީ މަޖިލިސް އިދާރާ ކުރިމަތީގައި އޮންނަ ގޯޅި (އިންޑިއަން އެމްބަސީ ކުރިމަތީގައި) ފުލުހުން ކޯރޑަން ކޮށްފައިވާ ހިސާބުގައި މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

ގާތްގަނޑަކަށް 10 ބައިވެރިން މުޒާހަރާގައި ބައިވެރިވެފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލި، ދިރިއުޅޭ ތަނުން ނުކުންނަން މަޖުބޫރުވެފައިވާ މީހުން ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް މަޖިލީހުން މަސައްކަތް ނުކުރާ ކަމަށް ބުނެ، މުޒާހަރާގެ ބައިވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މުޒާހަރާ ކުރިއަށްގެންދާ ސަބަބާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ނަވާނައިގެ ސްޕޯކްސްޕަރސަން ފާތިމަތު ސާއިރާ ވިދާޅުވީ، މި މުޒާހަރާއަކީ ކޮވިޑް-19 އާ ގުޅިގެން އިންކަމް ސަޕޯޓް އެލަވެންސް ލިބުނު މީހުންގެ އަދަދު ދަށްވުމުގެ އިތުރުން އެލަވަންސް ލިބުން ލަސްވުމާއި، އެލަވަންގެ ގޮތުގައި ލިބުނު އަދަދު ދަށްވުމާއި، ކޮވިޑް-19 ގެ ހާލަތުގައި ކުލި ނުދެއްކިގެން ގެތަކުން މީހުން ނެރެމުންދާ މައްސަލާގައި މަޖިލީހުން އެއްވެސް ފިޔަވަޅެއް އެޅިފައި ނުވުމާއި، އަންހެނުންނާއި ކުޑަކުދިންނަށް ރައްކަތެރިކަމަށްކުރާ ހޭދަ ދަށްވުމުގެ ސަބަބުން އެކަމަށް އަޑު އުފުލައި، އެ ޙައްޤުތައް ހޯދައިދިނުމަށް ކުރިއަށްގެންދާ ހަރާކާތެއް ކަމަށެވެ.

ސާއިރާ އިތުރަށް ވިދާޅުވީ، އެކަންތައްތަކަށް މަޖިލީހުގެ މެމްބަރުން އަޑުއުފުލާފައި ނުވާ ކަމަށާއި، މިހާތަނަށްވެސް އެކަމަށް ހައްލެއް ހޯދުމަށް މަޖިލީހުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، މާލެ ސަރަޙައްދު ތަރައްޤީ ކުރުމަށް ކުރާ ހޭދަ އަތޮޅު ތެރެއަށް ނުކުރުމާއި، އަތޮޅު ތެރޭގައި ކޮވިޑް-19 ގެ ޓެސްޓް ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.

މަޖިލިސް ނިމޭ ގަޑީގައިވެސް މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު، ނަވާނަވައިން ވަނީ ވިހާވެސް ގިނަ ބަޔަކު މުޒާހަރާ އަށް ދިޔުމަށް އެދިފައެވެ. އަދި އެންމެންވެސް މާސްކު އަޅައިގެން ތިބުމަށާއި، ގައިދުރުކަން ބެހެއްޓުމަށް ނަވާނަވައިން އިލްތިމާސްކުރެއެވެ. އެގޮތުން ހެނދުނު ގަޑީގައި ކުރިއަށް ގެންދިޔަ މުޒާހަރާގައިވެސް ބައިވެރިން ތިބީ މާސްކް އަޅައި، މަސައްކަތްތެރިންގެ ޙައްޤުތަކަށް ގޮވާލާ ބެނަރ ތަކާއި ބޯޑުތައް ހިފައިގެންނެވެ.

މުޒާހަރާ ކުރިއަށް ގެންދިޔަ ސަރަޙައްދުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވިއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

އިދިކޮޅު ލީޑަރުން މިނިވަންކޮށް، ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި މުޒާހަރާކޮށްފި

08 އެޕްރީލު 2017
އިދިކޮޅު ލީޑަރުން މިނިވަންކޮށް، ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި މުޒާހަރާކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
03 އެޕްރީލު 2017

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި

03 އެޕްރީލު 2017
މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލަށްލި ނާސިރާ ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
25 މާރިޗު 2017

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ

25 މާރިޗު 2017
މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ
08 މާރިޗު 2017

އެމްޔޫއޯއިން ބޮޑު މުޒާހަރާއެއް މާޗް 24 ގައި ބާއްވަނީ!

08 މާރިޗު 2017
އެމްޔޫއޯއިން ބޮޑު މުޒާހަރާއެއް މާޗް 24 ގައި ބާއްވަނީ!
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް