Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެރިކާގެ ޙާލަތު

ޓްރަމްޕްގެ ރެލީއަށް މިލިއަނެއްހާ މީހުން ދާނެ ކަމަށް އަންދާޒާ ކުރިއިރު، 19،000 ވެސް ހަމަނުވި

ޓިކެޓް ރަޖިސްޓްރޭޝަންގައި އެއްބަސްވާންޖެހޭ "ޑިސްކްލެއިމަރ"އެއް ވަނީ ބަޔާންކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖޫން 2020 | އާދީއްތަ 10:03
\"މޭކް އެމެރިކާ ގްރޭޓް އެގެއިން\" ނަމުގައި ޓްރަމްޕް ކުރިއަށް ގެންދިޔަ ރެލީގެ ތެރެއިން

\"މޭކް އެމެރިކާ ގްރޭޓް އެގެއިން\" ނަމުގައި ޓްރަމްޕް ކުރިއަށް ގެންދިޔަ ރެލީގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޒާމު ކުރެއްވި ކެމްޕެއިން ރެލީއަށް މިލިއަނެއްހާ މީހުން ދާނެ ކަމަށް އެމަނިކުފާނު އަންދާޒާ ކުރެއްވި ނަމަވެސް، 19,000 މީހުންވެސް ހަމަނުވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރެލީއަށް ދިޔަ މީހުންގެ އަދަދު އެހައި ދަށްވެފައިވަނީ ކޮވިޑް-19 ފެތުރުމުގެ ބިރުވެރިކަން އޮތުމާ އެކުގައެވެ. "މޭކް އެމެރިކާ ގްރޭޓް އެގެއިން" މި ސްލޯގަންގެ ދަށުން ކުރިއަށް ގެންދާ މި ކެމްޕޭން ރެލީ ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ އޮކްލަހޯމާގައި ހުންނަ މަލްޓި-ޕާރޕޯސް އެރީނާއެއް ކަމަށްވާ ބޭންކް އޮފް އޮކްލަހޯމާ ސެންޓަރ (ބީއޯކޭ ސެންޓަރ) ގައެވެ. އެގޮތުން 19،000 މީހުންގެ ޖާގައިގެ މި ސެންޓަރު ފުރޭނެ ކަމަށް އިވެންޓް އިންތިޒާމު ކުރި ފަރާތްތަކުން އަންދާޒާ ކުރި ނަމަވެސް، އެރީނާގެ ގިނަ ސީޓުތައް ހުރީ ހުސްކޮށް ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

ރެލީއަށް ރަޖިސްޓްރީވާ ފަރާތްތަކުން ޓިކެޓް ރަޖިސްޓްރޭޝަންގައި އެއްބަސްވާންޖެހޭ "ޑިސްކްލެއިމަރ"އެއްވެސް ބަޔާން ކޮށްފައިވެއެވެ. އޭގައި ވާ ގޮތުން ރެލީއަށް ދާ ފަރާތްތަކުން ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ ނަމަ ނުވަތަ ބަލީގެ އަލާމާތެއް ފެނުނު ނަމަވެސް، ރެލީ އިންތިޒާމް ކުރި ފަރާތްތަކާއި، ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ޒިންމާވާން ނުޖެހޭނެ ކަމަށް ރެލީގެ ބައިވެރިން އެއްބަސްވާން ޖެހެއެވެ. އެކަމާ ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިއުން އޭރުވެސް ރެލީއަށް އަމާޒުވެފައިވެއެވެ.

ރެލީގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަކީ "ދެ މިޔަލީ ކަނޑިއެއް" ގޮތުގައި ސިފަ ކުރައްވާފައެވެ. އެގޮތުން ގިނައިން ޓެސްޓް ކުރާ ވަރަކަށް ގިނަ ކޭސްތައް ފެންނަމުންދާނެ ކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ޓެސްޓް ކުރާ މިންވަރު ކޮންމެސް ވަރަކަށް ދަށްކޮށްލަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، މި ރެލީގައިވެސް ޓްރަމްޕް ވަނީ ކޮވިޑް-19 އަށް "ކަންގ ފްލޫ" ގެ ނަމުން މުޚާތަބު ކުރައްވާފައެވެ. އެކަމާ ގުޅިގެންވެސް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއީ މި ވައިރަސް ފުރަތަމަ ރިޕޯޓްކުރެވުނު ޗައިނާއަށް ނިސްބަތްކޮށް ބޭނުންކުރާ، ބޭއަދަބީ ބަހެކެވެ.

އޮކްލަހޯމާގެ އިތުރުން، އެރިޒޯނާއާއި، ފްލޮރިޑާ އަދި ޓެކްސަސްގައިވެސް މިފަދަ ރެލީތައް ރައީސް ޓްރަމްޕް ވަނީ އިންތިޒާމު ކޮށްފައެވެ. މި 4 ސްޓޭޓަކީވެސް ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ރިޕޯޓް ކުރެވިފައިވާ ސްޓޭޓްތަކެކެވެ. އޭގެ އިތުރުން، މުޅި ދުނިޔެއިން މިވަގުތު ކޮވިޑް-19ގެ އެންމެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައިވާ ޤައުމަކީވެސް އަދި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ޤައުމަކީވެސް އެމެރިކާއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
05 މާރިޗު 2017

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
21 ފެބުރުއަރީ 2017

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު