Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިޑްރޮކްސިކްލޮރޯކުއިންގެ \"ފޭކު ބޭސް\"

ހައިޑްރޮކްސިކްލޮރޯކުއިންގެ "ފޭކު ބޭސް" މާރކެޓުގައި ވިއްކަމުންދާތީ ސަމާލުވުމަށް އެދިއްޖެ

21 ޖޫން 2020 | އާދީއްތަ 07:57

މިއީ ކޮވިޑް-19 ގެ ފަރުވާއެއްގެ ގޮތުގައިވެސް ބައެއް ޤައުމުތަކުން ބޭނުންކުރާ ބޭހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖޫން 2020 | އާދީއްތަ 07:57
ހައިޑްރޮކްސިކްލޮރޯކުއިން - މި ބޭހަކީ ކޮވިޑް-19ގެ ފަރުވާއަކަށް ބައެއް ޤައުމުތަކުގައި އަޖުމަ ބަލަމުންދާ ބޭހެއް

ހައިޑްރޮކްސިކްލޮރޯކުއިން - މި ބޭހަކީ ކޮވިޑް-19ގެ ފަރުވާއަކަށް ބައެއް ޤައުމުތަކުގައި އަޖުމަ ބަލަމުންދާ ބޭހެއް

މެލޭރިއާ ބައްޔަށް ދޭ ފަރުވާގެ ގޮތުގައި ބޭނުންކުރާ ގުޅަ ބޭހެއް ކަމުގައިވާ ހައިޑްރޮކްސިކްލޮރޯކުއިންގެ "ފޯލްސިފައިޑް" ބޭހެއް މާރކެޓުގައި ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ކޮވިޑް-19 ގެ ފަރުވާއެއްގެ ގޮތުގައިވެސް ބައެއް ޤައުމުތަކުން އަޖުމަ ބަލަމުންދާ މި ބޭހާއި ގުޅިގެން ހޮނިހިރު ދުވަހު އެމްއެފްޑީއޭއިން ނެރުނުއިއުލާނެއްގައިބުނީ، ހައިޑްރޮކްސިކްލޮރޯކުއިން އަކީ ޕްލާސްމޯޑިއަމް ވައިވެކްސް އިންފެކްޝަން (މެލޭރިއާ) ގެ ފަރުވާ އަކަށް ބޭނުން ކުރާ ބޭހެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އަސާސީ ބޭސް ލިސްޓްގައިވެސް ހިމެނޭ ބޭހެއްކަން ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެމްއެފްޑީއޭއިން ބުނީ، ހައިޑްރޮކްސިކްލޮރޯކުއިންގެ "ފޭކް ބޭސް" އެފްރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިންވެސް އިންޒާރު ދީފައިވާ ކަމަށެވެ. އެގޮތުން މި 2 ބައްރުގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބުރްކިނާފަސޯ، ކެމަރޫން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ފްރާންސް، އަދި ނިގާރ އިންވެސް މި ފޯލްސިފައިޑް ބޭސް ފެނިފައިވާކަން ޑަބްލިއުއެޗްއޯއާ ޙަވާލާދީ އެމްއެފްޑީއޭއިން ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން، މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ކަމަށާއި، ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން އެތެރެކުރާ ބޭހެއްކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް މި އެލަރޓްގައި ފާހަގަކޮށްފައިވާ ފޯލްސިފައިޑް ބޭސް އުފައްދާ ކުންފުނިތަކަކީ، ރާއްޖެއަށް ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކެއް ނޫންކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެއާއެކު ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެ ކަން އެ އޮތޯރިޓީން ފާހަގަ ކޮށްފައިވެއެވެ. އަދި މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ އޮތޯރިޓީގެ ހޮޓްލައިން ނަންބަރ 7200321 އަށް ގުޅައި މަޢުލޫމާތު ހިއްސާ ކުރުމަށްވެސް އެދިފައިވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

23 ޖޫން 2017

އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ

23 ޖޫން 2017
އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވޭނެއޭ ބުނުމަކީ ހުއްޖަތެއް ނޫން: އިބޫ
14 ޖޫން 2017

އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ

14 ޖޫން 2017
އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ
11 ޖޫން 2017

އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭނެކަމަށް ޝެއިހު އިމްރާންވެސް ގޮވާލައްވައިފި!

11 ޖޫން 2017
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭނެކަމަށް ޝެއިހު އިމްރާންވެސް ގޮވާލައްވައިފި!
30 މެއި 2017

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
29 މެއި 2017

ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!

29 މެއި 2017
ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް