Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމެއި މަހު ދައުލަތަށް ލިބުނު އާމްދަނީ

އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީން ދައުލަތަށް ލިބުނު އާމްދަނީ 59 އިންސައްތަ ދަށަށް!

18 ޖޫން 2020 | ބުރާސްފަތި 04:00

149 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖޫން 2020 | ބުރާސްފަތި 04:00
މާލޭގެ ވިޔަފާރި ބަނދަރު

މާލޭގެ ވިޔަފާރި ބަނދަރު

ފާއިތުވި މެއި މަހު އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީން ދައުލަތަށް ލިބުނު އާމްދަނީ 59 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެއިމަހު ދިވެހިރާއްޖެއަށް 1.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވެއެވެ. އެއީ 57 އިންސައްތަ ދަށްވުމެކެވެ. އަދި 149 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާ ކަމަށާއި، އެއީ 73 އިންސައްތަ ދަށްވުމެއް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި މެއިމަހު ލިބިފައިވަނީ 117 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 59 އިންސައްތައިގެ ދަށްވުމެއް ކަމަށް ކަސްޓަމްސްއިން ބުނެއެވެ. މެއި މަހުގެ ތެރޭގައި 373 މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާއިރު، އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ.

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި ތަކެތީގެ ތެރެއިން އެންމެ ގިނައީ ކާބޯތަކެތީގެ ބާވަތްތައް ކަމަށްވާއިރު އިންޑިއާއިން 17 އިންސައްތަ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އަދި ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ ޖުމްލަ އެކްސްޕޯޓުގެ 46 އިންސައްތައެވެ.

ކަސްޓަމްސްއިން ވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެތެރެ ކުރެވޭ ބާވަތްތަކުން 16.2 މިލިއަން ރުފިޔާގެ ޑިއުޓީ މައާފް ކޮށްދީފައެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނައިރު، އިގްތިސާދީ ހަރަކާތްތަކުގެ ތެރޭގައި އެކްސްޕޯޓް ކުރެވޭ މުދާ އިތުރުކުރުމަށާއި، ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ސަރުކާރުން ވަނީ ހާއްސަ ޕްރޮގްރާމްތަކެއް ފަށާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2017

އަމާޒަކީ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ އެކްސްޕޯޓް 91 ބިލިއަން ޑޮލަރަށް އެރުން:ސަފީރު

30 އޮކްޓޯބަރު 2017
އަމާޒަކީ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ އެކްސްޕޯޓް 91 ބިލިއަން ޑޮލަރަށް އެރުން:ސަފީރު
12 އޮކްޓޯބަރު 2017

ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ބިލިއަނަކަށްވެސް ނާރާ!

12 އޮކްޓޯބަރު 2017
ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ބިލިއަނަކަށްވެސް ނާރާ!
08 ސެޕްޓެމްބަރު 2017

އެކްސްޕޯޓް، އިމްޕޯޓްގެ އާމްދަނީ އިތުރުވެއްޖެ

08 ސެޕްޓެމްބަރު 2017
އެކްސްޕޯޓް، އިމްޕޯޓްގެ އާމްދަނީ އިތުރުވެއްޖެ
23 އޯގަސްޓު 2017

ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 9.9 ބިލިއަން ރުފިޔާ ލިބިފައިވޭ:މީރާ

23 އޯގަސްޓު 2017
ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 9.9 ބިލިއަން ރުފިޔާ ލިބިފައިވޭ:މީރާ
15 އޯގަސްޓު 2017

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

15 އޯގަސްޓު 2017
ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ
01 ޖޫން 2017

ރޯދަ އަށް އިމްޕޯޓް ކޮށްފައިހުރި ހުރިހާ ކާބޯތަކެއްޗެއް ކްލިޔާކޮށް ނިންމާލައިފި

01 ޖޫން 2017
ރޯދަ އަށް އިމްޕޯޓް ކޮށްފައިހުރި ހުރިހާ ކާބޯތަކެއްޗެއް ކްލިޔާކޮށް ނިންމާލައިފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް