Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީރާގެ ތަފާސް ހިސާބު

ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ބިލިއަނަކަށްވެސް ނާރާ!

12 އޮކްޓޯބަރު 2017 | ބުރާސްފަތި 11:48

އާމްދަނީ ބިލިއަނަކަށް ނާރަނީ ސެޕްޓެމްބަރު މަހާއި ޖޫން މަހު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 11:48
މީރާ

މީރާ

މިއަހަރުގެ މިހާތަނަށް ދެވަނަޔަށް އެންމެ ދަށް އާމްދަނީއެއް މީރާއަށް ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 989.7 (ނުވަސަތޭކަ އަށްޑިހަ ނުވައެއް ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީއަށް ވުރެ 10.4 އިންސައްތަ ދަށް އަދަދެކެވެ. އަދި ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް މީރާއިން އަންދާޒާކުރި އަދަދަށް ވުރެ 10.7 އިންސައްތަ އަދަދެކެވެ. މީރާއިން ބުނީ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައި ވަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި ރަށްތަކުގެ ކުލި ބަލައިގަންނަ ފަހު ދުވަސް އޮކްޓޯބަރު މަހުގެ 1އަށް ލަސްކުރުމާއި ގުޅިގެން ކަމަށެވެ.

ސެޕްޓެމްބަރު މަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ވަދެފައިވަނީވެސް ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެގޮތުން ކުލީގެ ގޮތުގައި 216.8 މިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވެއެވެ. މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ވަދެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީގެ ގޮތުގައެވެ. ޓީޖީއެސްޓީގެ ގޮތުގައި 292.9 މިލިއަން ރުފިޔާ ބަަަލައިގެންފައިވެއެވެ. އަދި އާއްމު ޖީއެސްޓީގެ ގޮތުގައި 180 މިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ސެޕްޓެމްބަރ މަސް ފިޔަވައި މީރާގެ އާމްދަނީ ބިލިއަނަކަށް ނާރާނީ ހަމައެކަނި ޖޫން މަހުއެވެ. އެމަހު ލިބިފައިވަނީ 906.3 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ޖެނުއަރީ މަހާއި ޖުލައި މަހު ދައުލަތުގެ އާމްދަނީ ފުރަތަމަ ފަހަރަށް ދެ ބިލިއަނަށް އަރާފައިވެއެވެ. މީރާގެ އާމްދަނީ އިތުރުވެފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ގެނެސްފައިވާ ޓެކްސް ނިޒާމުގެ ތެރެއިންނެވެ. އެގޮތުން އާއްމު ޖީއެސްޓީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއާއި ވިތުހޯލްޑިންގ ޓެކްސްއިން ދައުލަތަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުންނެވެ. މިހާރުގެ ސަރުކާރުން ތަޢާރަފްކުރި ރެމިޓެންސް ޓެކްސްއިން އެވްރެޖްކޮށް މަހެއްގެ މައްޗަށް ދައުލަތަށް ވަންނަނީ 10 ވަރަކަށް މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް