Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް އަހަރީ އާންމު ޖަލްސާ

ބޭންކު މިއޮތީ މިހާތަނަށް އޮތް އެންމެ ރަނގަޅު ހާލަތުގައި: ސީއީއޯ، ޓިމް

މިދިޔަ އަހަރު ބޭންކުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 މެއި 2022 | އާދީއްތަ 18:45
ބީއެމްއެލް އަހަރީ އާންމު ޖަލްސާ

ބީއެމްއެލް އަހަރީ އާންމު ޖަލްސާ

ބޭންކް އޮފް މޯލްޑިވްސް މިވަގުތު އޮތީ މިހާތަނަށް އެ ބޭންކު އޮތް އެންމެ ރަނގަޅު ހާލަތުގައި ކަމަށް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޓިމް ވަނީ މުޅި ދުނިޔެއަށް ވެސް ދަތި އުނދަޅޫ ދަނޑިވަޅެއްގައި ބޭންކުން ފާއިތުވި ތިން އަހަރުތެރޭގައި ހޯދި ކާމިޔާބު ފާހަގަކޮށް އެކަމަށް އަލިއަޅުއްވާލާފައެވެ. މި މުއްދަތުގައި ލޯނު ދޫކުރެވި، މުހިންމު ޚިދުމަތްތައް ފޯރުކޮށްދެވުމާއި، އަދި ގައުމުގެ އިގްތިސާދު ނެގެހެއްޓުމަށް އެހީތެރިވެދީ، ދަރަނި މަދުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުނުކަމަށް ޓިމް ވިދާޅުވިއެވެ.

ޓިމް ވިދާޅުވީ މުހިންމު ލޯނުތަކުގެ ރޭޓްތައް ބޭންކުން ދަށްކުރި ނަމަވެސް، ބޭންކަށް ލިބުނު ފައިދާ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާކަމަށެވެ. މިގޮތުން ކުރީއަހަރަށްވުރެ 470 އިންސައްތަ އިތުރުވެ، ޓެކްސް އަށް ކެނޑުމަށްފަހު 1.9 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި، އޭގެ ސަބަބުން ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ އަދި ހިއްސާގެ ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިގެންދާނެކަމަށް ޓިމް ވިދާޅުވިއެވެ. 

ޓިމް ވިދާޅުވީ މިހާރު ބޭންކުގެ އައު ސްޓްރެޓެޖީ އެކުލަވާލެވިފައިވާކަމަށެވެ. ފައިނޭންޝަލް ސްޓެބިލިޓީ، އޮޕަރޭޝަނަލް އެކްސަލެންސް އަދި ކަސްޓަމަރ އެކްސްޕީރިއަންސް އަކީ މި ސްޓްރެޓެޖީގެ މައިގަނޑު ތިން އަސާސް ކަމަށާއި، މި އަސާސްތަކާއެކު ކުރިޔަށް އޮތް ތިން އަހަރު ތެރޭގައި ހާސިލް ކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތަކެއް އެކުލަވާލެވިފައިވާކަމަށް ޓިމް ވިދާޅުވިއެވެ.

2021 ވަނަ އަހަރު ބީއެމްއެލްއަށް ބޮޑު ފައިދާއެއް ލިބިގެންގޮސްފައިވާއިރު، 2021 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 258 މިލިއަން ރުފިޔާ ލިބޭނެއެވެ. މިއާއެކު ހިއްސާއަކަށް 48 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ.

ބީއެމްއެލް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
27 އޮކްޓޯބަރު 2025

ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!

27 އޮކްޓޯބަރު 2025
ޑޮލަރު ފޭރުނު މައްސަލަ: ހެނދުނުއްސުރެ ހުރާގައި ފުލުހުން ހަރަކާތްތެރިވަނީ، ގެސްޓުހައުސް އެއް ބަލައި ފާސްކުރި!
22 އޮކްޓޯބަރު 2025

ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

22 އޮކްޓޯބަރު 2025
ބޭންކް އޮފް މޯލްޑިވްސްއިން ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
29 ސެޕްޓެމްބަރު 2025

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު