Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންގެ އިންޓަރނެޓް ސޭފްޓީ ކަށަވަރު ކުރުން

ކުޑަކުދިންގެ އިންޓަރނެޓް ސޭފްޓީ ކަށަވަރު ކުރުމާ ގުޅޭ ދިރާސާތައް މަޖިލީހުގެ ޖެންޑަރ ކޮމިޓީން ފަށައިފި

11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަށް ގެންދިޔައިރު، އާއިލާގެ އިހުމާލެއް ވޭތޯވެސް ބަލަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖޫން 2020 | އަންގާރަ 18:07
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން- ފާއިތުވި ދުވަސްތަކުގައިވެސް އެފަދަ 2 ހާދިސާއެއް ހިނގާފައިވޭ

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން- ފާއިތުވި ދުވަސްތަކުގައިވެސް އެފަދަ 2 ހާދިސާއެއް ހިނގާފައިވޭ

ކުޑަކުދިން އިންޓަރނެޓް ބޭނުން ކުރުމުގައި ރައްކާތެރިކަން (އިންޓަރނެޓް ސޭފްޓީ) ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.

ހޯމަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި އިންޓަރނެޓް ޒަރިއްޔާއިން ކުޑަކުދިންނާ މެދު ހިންގޭ އެކި ކުށްތައް އިތުރުވަމުންދާކަން ފާހަގަ ކުރައްވައި ކޮމިޓީގެ މުޤައްރިރު ޖީހާން މަހުމޫދު ވަނީ ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ.

އެގޮތުން ލޮކްޑައުންގެ ތެރޭގައިވެސް އެފަދަ ދެ ހާދިސާއެއް ހިނގާފައިވާކަން ފާހަގަ ކުރައްވައި މެމްބަރު ޖީހާން ވިދާޅުވީ، 16 އަހަރުގެ ކުއްޖަކު ރޭޕް ކޮށްފައިވަނީ ރަށުގައި ހުއްޓައި މާލެ ގެނެސް ގެސްޓްހައުސްއަކަށް ގެންގޮސްގެން ކަމަށެވެ. އަދި 11 އަހަރުގެ ކުއްޖެއްވެސް "ގްރޫމް" ކޮށްގެން ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައަށްވެސް ޖީހާން އަލިއަޅުވާލައްވާފައިވެއެވެ. އޭގެ އިތުރުން، 16 އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި އެކްސްޓޯރޝަން (ފޭރުމާއި)، ބްލެކްމެއިލް ކުރުން ފަދަ ބޮޑެތި ތުހުމަތުތަކެއްވެސް ހިމެނޭކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، މި ދެ ހާދިސާގައިވެސް ފާހަގަވާ އެއް ކަމެއް އެބަ އޮތް ކަމަށެވެ. އެގޮތުން އެ ދެ ކޭސްއަކީވެސް އިންޓަރނެޓްގެ ޒަރިއްޔާއިން އޮޅުވާލައިގެން (ގްރޫމް ކޮށްގެން) ގެންގޮސް ރޭޕްކުރި ދެ ހާދިސާކަން ޖީހާން ފާހަގަ ކުރެއްވިއެވެ. އެއާއެކު ކުޑަކުދިންނަށް ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުން ކުރެވޭނެ ނިޒާމެއް ޤާއިމު ކުރަން ޖެހޭ ކަމަށާއި، އެފަދަ މައްސަލަތަކުގައި ދައުލަތުން އަމަލުކުރާ ގޮތް ދެނެގަނެ، ކޮމިޓީން އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، އެފަދަ މައްސަލަތައް ހުށައެޅިފައިވާ މިންވަރު ބެލުމަށް ކަމާގުޅޭ މުއައްސަސާތަކަށް ސިޓީއަކުން އެދިފައިވާނެ ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މިދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ފުލުހުންނާ އިންޓަރނެޓް ދޫކުރާ ފަރާތްތަކާ ބައްދަލު ކުރައްވައި، އެކަމުގައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހުށައަޅުއްވާފައެވެ. އަދި އެއަށްފަހު ޖެންޑަރ މިނިސްޓްރީއާ ގުޅިގެން އެކަމުގައި އެޅިދާނެ ފިޔަވަޅުތަކެއް ކަނޑައެޅިދާނެކަން ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، "ރޭޕް" އަކީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމަށާއި، ޖުޑީޝަރީ ކޮމިޓީގައި މިހާރު ކުރިއަށްދާ ކުޑަކުދިންނާ ގުޅޭ ބިލުގެ މަސައްކަތް ކުރިއަށްދާއިރު، އެ ބިލުގައި ރޭޕްވެސް ހިމެނުމަށް ރޮޒެއިނާ ވަނީ ހުށައަޅުއްވާފައެވެ. ރޮޒެއިނާގެ މި ހުށައެޅުއްވުމަށް ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވަނީ ތާއީދު ކުރައްވާފައެވެ.

ރޮޒެއިނާގެ ހުށައެޅުއްވުމަށް ތާއީދު ކުރައްވަމުން މެމްބަރު ނާޒިމް އިތުރަށް ވިދާޅުވީ، 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަށް ގެންދިޔައިރު، އާއިލާގެ އިހުމާލެއް ވޭތޯވެސް ބަލަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ބެލެނިވެރިންވެސް އިތުރަށް ހޭލުންތެރި ކުރުވަންޖެހޭކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

މެމްބަރުންގެ އިތުރު ހުށައެޅުއްވުންތަކާއެކު ކޮމިޓީން ނިންމާފައިވަނީ އިންޓަރނެޓުގެ ޒަރިއްޔާއިން ކުރާ އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި, ޖަމިއްޔާތަކާ މަޝްވަރާކޮށް، އެކަމުގެ ދިރާސާތައް ކުރުމަށެވެ.

އޭގެ އިތުރުން، ޖުޑީޝަރީ ކޮމިޓީގައި މިހާރު އޮތް ބިލުގައި ރޭޕްއަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށް ހިމަނާފައިވޭތޯ ބެލުމަށްފަހު، ހިމަނާފައި ނުވާނަމަ ކޮމިޓީން އެކަން ހުށައެޅުމަށްވެސް ވަނީ ނިންމާފައެވެ. އަދި ކުޑަކުދިންގެ އިންޓަރނެޓް ސޭފްޓީ ކަށަވަރު ކުރުމަށް މިހާރު ހުރި ޤާނޫނުތަކުގެ ދަށުން ކުރެވެން ހުރި ކަންކަން ބަލައި، ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ އިތުރު ބަދަލުތައް ދިރާސާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
30 މާރިޗު 2017

ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް

30 މާރިޗު 2017
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް
16 މާރިޗު 2017

ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި

16 މާރިޗު 2017
ސައޫދީ ރަސްގެފާނަށް ކަޅުއޮށްފުންމި ވެދުމަށް އަރުވާކަން ސަރުކާރުން ކަށަވަރުކޮށްދީފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު