Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމްއަށް ފީ ދެއްކުން

ބްރޯޑްކޮމްއަށް ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނެސްފި

16 ޖޫން 2020 | އަންގާރަ 08:07

ބްރޯޑްކާސްޓަރުން ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖޫން 2020 | އަންގާރަ 08:07
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނެސްދިނީ ބްރޯޑްކާސްޓަރުން އެދެމުންދާތީ ކަމަށް ކޮމިޝަނުން ބުނޭ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނެސްދިނީ ބްރޯޑްކާސްޓަރުން އެދެމުންދާތީ ކަމަށް ކޮމިޝަނުން ބުނޭ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނެސްފިއެވެ.

ބްރޯޑްކޮމްއިން ބުނީ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ އާއި ރީބްރޯޑްކާސްޓިންގ އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ގެ ގޮތުގައި މި ކޮމިޝަނަށް ދައްކަންޖެހޭ ފީތައް ބަލައިގަތުމަށް ކޮންމެ އަހަރަކު ވެސް ހަމަޖައްސާފައިވާ އެންމެފަހުގެ ތާރީޚަކީ އެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަސް ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، މި ދުވަސްކޮޅު އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން، ކޮމިޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެކަމަށް ގަބޫލުކުރެވޭ ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ. އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަން ޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާނުލައި ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީޚަކީ 30 ޖޫން 2020 ކަމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން، ބްރޯޑްކާސްޓަރުންނަށް މާލީގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް ބްރޯޑްކޮމްއިން ބުނީ ބައެއް ބްރޯޑްކާސްޓަރުން ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދެމުންދާ ކަމަށެވެ.

އެގޮތުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށާއި، ފީތައް ޖޫރިމަނާއަކާނުލައި 31 އޮގަސްޓް 2020ގެ ނިޔަލަށް ދެއްކޭނެ ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.

ބްރޯޑްކޮމްއިން ބުނީ ސުންގަޑިއަށް ބަދަލު ގެނައީ ބްރޯޑްކާސްޓަރުންގެ ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ޖޫން 2017

ބްރޯޑްކޮމްއަށް ޖޫރިމަނާ ދައްކަން އަނެއްކާވެސް އާލާއަށް އަންގައިފި

19 ޖޫން 2017
ބްރޯޑްކޮމްއަށް ޖޫރިމަނާ ދައްކަން އަނެއްކާވެސް އާލާއަށް އަންގައިފި
12 ޖޫން 2017

ހައިކޯޓަށް ފަނޑިޔާރުން އިތުރު ކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި

12 ޖޫން 2017
ހައިކޯޓަށް ފަނޑިޔާރުން އިތުރު ކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި
03 މެއި 2017

އަށްހާސް ސިޓީ ފޮނުވިއަސް ދިވެހި ފުލުހުން ޖެހެނީ ބަލައިގަންނަން: ރޮޒެއިނާ

03 މެއި 2017
އަށްހާސް ސިޓީ ފޮނުވިއަސް ދިވެހި ފުލުހުން ޖެހެނީ ބަލައިގަންނަން: ރޮޒެއިނާ
24 އެޕްރީލު 2017

މަރުގެ އިންޒާރާއި، ބިރުދެއްކުމުގެ ޢަމަލުތަކުން އަމަންއަމާންކަން ގެއްލޭ: އެޗްއާރްސީއެމް

24 އެޕްރީލު 2017
މަރުގެ އިންޒާރާއި، ބިރުދެއްކުމުގެ ޢަމަލުތަކުން އަމަންއަމާންކަން ގެއްލޭ: އެޗްއާރްސީއެމް
31 މާރިޗު 2017

ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ

31 މާރިޗު 2017
ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ
23 މާރިޗު 2017

ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު

23 މާރިޗު 2017
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު
06 މާރިޗު 2017

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި
02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް