Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްއަށް ޖޫރިމަނާ ދައްކަން އަނެއްކާވެސް އާލާއަށް އަންގައިފި

19 ޖޫން 2017 | ހޯމަ 23:01

އަބުރުގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާ އަކީ އާލާ ދައްކަން ޖެހޭ އެއްޗެއް: ބްރޯޑްކޮމް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 19 ޖޫން 2017 | ހޯމަ 23:01
ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ރަޝީދު

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ރަޝީދު

ރޭޕްގެ މައްސަލައަކާ ގުޅޭ ގޮތުން ލިޔުނު ހަބަރެއްގެ މައްސަލައިގައި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަަމުގެ ގާނޫނުގެ ދަށުން ކުރި 50،000 ރުފިޔާގެ ޖޫރިމަނާ ދައްކަން ޖެހޭކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހީމަށް އަންގައިފިއެވެ.

އާލާއަށް ބްރޯޑްކޮމްއިން ހޯމަދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ދަށުން މާޗް 7، 2017 ގައި ދެއްކުމަށް އާލާގެ މައްޗަށް އަމުރުކުރި ފައިސާ ދެއްކުމަށް އަމުރުކުރި ކުރުން އެ ކޮމިޝަނުން މުރާޖައާކުރުމަށްފަހު ވެސް އެ ނިންމުމަށް ބަދަލެއް ގެންނާނެ ޖާގައެއް އޮތްކަމަށް ނުފެންނަކަމަށެވެ.

Advertisement - newsAdvertisement

އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމުގައި ބުނެފައިވަނީ، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ) ގެ އެކެއްގެ ދަށުން ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ، އާލާ އިބްރާހިމްގެ މައްޗަށް ދެއްކުމަށް އަމުރުކުރި 50،000ރ 18 ޖޫން 2017 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށް އާލާގެ މައްޗަށް އަމުރުކުރާކަމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ވަނީ، ނޮވެމަބަރ 19، 2016 ގައި ރާއްޖެޓީވީގެ ތިން ހަބަރުގަޑިއެއްގައި ގެނެސްދީފައިވާ ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއްގައި، މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާއާ ހަވާލާދީ މީހެއްގެ ނަން ހާމަކޮށްފައިވާ ކަމަށެވެ. އަދި މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ ޚިލާފަށް ލިޔެފައިވާ ޚަބަރެއް ކަމަށާއި، ޚަބަރުގެ ސަބަބުން ނަން ހާމަވި މީހާގެ އަބުރުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށެވެ.

ޚަބަރު ލިޔުނު ނޫސްވރިޔާ އާލާގެ އިތުރުން އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ އެކެއްގެ ދަށުން ރާއްޖެޓީވީން އެހަބަރު ގެނެސްދީފައިވާކަމަށް ބުނެ ރާއްޖެ ޓީވީވެސް ވަނީ 200،000ރ. އިން ޖޫރިމަނާކޮށްފައެވެ. ކޮމިޝަނުން ދިން މުއްދަތުގެ ތެރޭގައި ރާއްޖެޓީވީން ވަނީ އެ ފައިސާ ދައްކާފައެވެ.

މި މައްސަލަ އާއި ގުޅިގެން ޖަވާބު ދާރީވުމަށް ފުރުސަތު ދީފައި ނުވާކަމަށް ބުނެ އާލާގެ ފަރާތުން ކޮމިޝަނަށް ހުށައެޅުމުން މައްސަލަ އަލުން މުރާޖައާކުރުމަށް ނިންމިއެވެ. އަދި އާލާއަށް ވަނީ ޖަވާބު ދާރީވުމުގެ ފުރުސަތު ދީފައެވެ.

މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ބުނީ، ޖަވާބު ދާރީވުމަށް ފުރުސަތު ދިންނަމަވެސް މި ޖޫރިމަނާއަކީ ދައްކަން ޖެހޭ ޖޫރިމަނާއެއް ކަމަށް ނުދެކޭކަމަށެވެ. އަދި ޚަބަރު ޖެހުމުގެ ކުރިން މައްސަލަ ރައްދުވާ ފަރާތުގެ ކޮމެންޓެއް ހޯދުމަަށް އެތަށް ގޮތަކުން މަސައްކަތް ކުރިކަމަށެވެ.

އާލާ ބުނީ، ދަށްކަން ޖެހޭ ފައިސާއެއް ކަމަށް ނުދެކުނަސް، ފައިސާ ދައްކަން އަންގާފައިވާ މުއްދަތުގައި ނުދެއްކިއްޖެނަމަ އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވި ޖަލުހުކުމެއް އަންނާނެތީ، އެ ފައިސާ ދެއްކޭތޯ މަސައްކަތް ކުރާނެކަމަށެވެ.

އަބުރުގެ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީއާއި ކުރީގެ ނޫސްވެރިއަކު ޖޫރިމަނާ ކުރިއިރު، ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، މިދިޔަ އޭޕްރީލް މަހު ރާއްޖެޓީވީ ވަނީ އެއްމިލިއަން ރުފިޔާއިންވެސް ޖޫރިމަނާކޮށްފައެވެ. އެފައިސާވެސް ރާއްޖެޓީވީން ވަނީ އެ ކޮމިޝަނަށް ދައްކާފައެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، ރާއްޖެ ޓީވީއާ ގުޅޭ ގިނަ މައްސަލަތަކެއް ބްރޯޑްކާސްޓިން ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ. ނަމަވެސް އެހެން ޓީވީ ޗެނެލްތަކާ ގުޅިގެން ބަލާ މިފަދަ މައްސަލަ މަދުވެފައި އަދި ބަލާ މައްސަލަތަކުގައި ފިޔަވަޅު ނާޅާކަން ފާހަގަކޮށްލެވެއެވެ. އަދި ބައެއް މައްސަލަތައް ނުބަލާ ގޮތައް ކޮމިޝަނުން ނިންމާފައިވާ ކަން ފާހަގަ ކުރެވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް