Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

މީރާގެ ކޮމިޝަނަރ ޖެނެރަލަށް ޑިރެކްޓަރުންގެ ބޯޑު އެލަވަންސް ނުދޭން މަޖިލިހުން ފާސްކޮށްފި

މިހާރުގެ ޗެއަރޕާސަނަށް ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން މުސާރަ ދިނުމަށް ފެންނަ ކަމަށް ކޮމިޓީން ނިންމި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 ޖޫން 2020 | އަންގާރަ 13:40
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ހުންނަ އިމާރާތް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ހުންނަ އިމާރާތް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އައު ކޮމިޝަނަރ ޖެނެރަލަށް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މުސާރަ ދޭން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުން މިގޮތަށް ފާސްކުރީ، ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމުން އަލަށް އެކުލަވާލެވުނު މީރާގެ ބޯޑުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނި ވަޑައިގަންނަވަނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓު ނުދެވޭ މެމްބަރެއްގެ ގޮތުގައި ކަަމަށްވާތީއެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ މިކަން ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ. މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމީ ޓެކްސް ނެގުމާބެހޭ އިދާރީ ޤަނޫނަށް ގެނެވުނު އިސްލާހަށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު އަމަލު ކުރަން ފެށުމާ ގުޅިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑުގެ މެމްބަރުންގެ މުސާރަ ދިނުމުގައި އަމަލުކުރާނެ އުސޫލަކާއި ގުޅޭގޮތުން ލަފައަކަށް އެދި މީރާއިން ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.

ކޮމިޓީން ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާ ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅުއްވާ ފަރާތެއްގެ ގޮތުން ބޯޑުގެ ޗެއަރޕާސަންގެ ގޮތުގައި އައްޔަނުކުރުމާއެކު މިހާރުގެ ޗެއަރޕާސަނަށް ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން މުސާރަ ދިނުމަށް ފެންނަ ކަމަށެވެ.

އޭގެ އިތުރުން، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރ ކަނޑައަޅުއްވާ ފަރާތެއްގެ ގޮތުން ބޯޑުގެ ޗެއަރޕާސަންގެ ގޮތުގައި އައްޔަނުކުރުމާއެކު އެތާރީޚުން ފެށިގެން ކުރީގެ ކޮމިޝަނަރ ޖެނެރަލަށް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ މުސާރަ ދިނުމަށް ނުފެންނަ ކަމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ 2015 ވަނަ އަހަރު މީރާގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ 5 މެންބަރެއްގެ މަޤާމުގެ މުއްދަތު 2 އޮގަސްޓު 2015 ގައި ހަމަވުމާ ގުޅިގެން، 10 އޮގަސްޓު 2015 ވަނަ ދުވަހު ޢައްޔަން ކުރައްވާފައިވާ އައު ބޯޑުގެ މެންބަރުންނާއެކު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި، ބޯޑުގެ ޗެއަރޕަރސަން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު އަދި ޑެޕިއުޓީ ޗެއަރޕަރސަން ކަމަށް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ބޯޑުގެ މެންބަރުންގެ އަޢްލަބިއްޔަތުން ޢައްޔަންކުރެއްވުމާއެކު، އެބޯޑުގެ ޗެއަރޕަރސަން އަދި ވައިސް ޗެއަރޕަރސަންއަށް ދެމުން ގެންދާ މުސާރަ އެފަރާތްތަކަށް ދިނުމާ މެދު މާލިއްޔަތު ކޮމިޓީގެ ލަފައަކަށް ފޮނުއްވާފައިވާ ކަމަށެވެ.

މަޤާމުގެ ހައިޞިއްޔަތުން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަށް އެބޭފުޅުންނަށް ކަނޑައެޅިފައިވާ މުސާރައާއި ޢިނާޔަތްތައް ފިޔަވައި އެހެން އެލަވަންސެއް ލިބިދިނުމަށް ނުފެންނަކަމަށް 18 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި މަޤާމުގެ ހައިސިއްޔަތުން އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް، މުސާރަ އާއި ޢިނާޔަތްތަކުގެ އިތުރުން އެލަވަންސް ލިބިވަޑައިގަންނަވާ ކަމަށްވެސް 18 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން ފާހަގަކުރެއްވިކަން ޔައުމިއްޔާއިން އެގެން އޮތްކަމަށް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

2015 ވަނަ އަހަރު މީރާގެ ބޯޑު އެކުލަވާލިއިރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެ ބޯޑުގެ ޗެއަރޕަރސަން ކަމަށް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެ ބޯޑުގެ ވައިސް ޗެއަރޕަރސަން ކަމަށް ވަނީ އައްޔަނުކޮށްފައެވެ. އަދި ޑިރެކްޓަރުންގެ ބޯޑަށް ކަނޑައަލާފައިވާ މުސާރައާއި އިނާޔަތްތައް 2015 ވަނަ އަހަރު ޢައްޔަންކުރެވުނު ބޯޑުގެ މެމްބަރުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާއި ގުޅިގެން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މުސާރަ އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވައިސް ޗެއަރޕަރސަންގެ މުސާރަ ނެންގެވުމަށް ހަމަޖެހި، ބޯޑުގައި ހިމެނިވަޑައިގަންނަވާ ނޮން އެގްޒެކެޓިވް 5 މެންބަރުންނަށް، ބޯޑުގެ މެންބަރުންގެ މުސާރަ ހަމަޖެހި، އޭރުގެ މީރާ ބޯޑުގެ 7 މެންބަރުންނަށް މުސާރަ ހަމަޖެހިގެން ގޮސްފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންއަށް މަހަކު 17،000ރ.، ޑިރެކްޓަރުންގެ ބޯޑުގެ ޑެޕިއުޓީ ޗެއަރޕާސަންއަށް މަހަކު 16،000ރ. ލިބިވަޑައިގަންނަވައެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށް 15،000ރ. ލިބިވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

12 އެޕްރީލު 2017
އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!

އެލްޖީއޭގެ ބޯޑު ފަސް މެމްބަރުނަށް މަދުކޮށް، ހުރިހާ ބާރެއް ރައީސް ޔާމީނަށް!

10 އެޕްރީލު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު