Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށި ޖަލުގެ ކޮމެޓީ ރިޕޯޓް

މާފުށި ޖަލު ވަށައިގެން ސްކްރީން ކުރެވޭނެ ވަސީލަތްތައް ހަރުކުރުމަށް ހުށަހެޅި ރިޕޯޓް ފާސްކޮށްފި

9 ޖޫން 2020 | އަންގާރަ 12:18

ކޮމިޓީގެ ރިޕޯޓްގައި 8 ކަމެއް ފާހަގަކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 9 ޖޫން 2020 | އަންގާރަ 12:18
ކ މާފުށީގައި ހުންނަ ޖަލު: ކޮމެޓީ ރިޕޯޓްގައި ރަނގަޅުކުރަންޖެހޭ ކަންކަމާއި ކަންކަމާއި ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް އެދިފައިވޭ

ކ މާފުށީގައި ހުންނަ ޖަލު: ކޮމެޓީ ރިޕޯޓްގައި ރަނގަޅުކުރަންޖެހޭ ކަންކަމާއި ކަންކަމާއި ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅުމަށް އެދިފައިވޭ

މާފުށި ޖަލަށް ވައްދާ މަނާ ތަކެތި އަތުލައިގަތުމަށް އެ ޖަލުގެ ވަށައިގެން މޮނީޓަރކުރެވޭނެ ވަސީލަތްތައް ހަރުކުރުމަށް ހުށައެޅި ރިޕޯޓް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

މި ރިޕޯޓް ތައްޔާރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ރިޕޯޓުގައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކ. މާފުށި ޖަލުގައި ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ޖަލަށް އެތެރެކުރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށާއި ޖަލަށް ވައްދާ މަނާ ތަކެތި އަތުލައިގަތުމަށް ސްކްރީން ކުރެވޭނެ ވަސީލަތްތައް ނުވަތަ މެޝިނަރީޒް ހޯދައި ފޯނު ކޯލުތައް ޖޭމްކުރާ ފަދަ ޑިވައިސްތައް ޖަލުގައި ވަށައިގެން ހަރުކުރުމަށެވެ. މި ރިޕޯޓް ފާސްކޮށްފައިވަނީ، އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، 63 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މި ރިޕޯޓަކީ، އެކިއެކި ކުށްތަކާ ގުޅޭގޮތުން ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލިބޭތޯއާއި އަދި އެ ފަރާތްތައް ބަންދުކޮށްފައިވަނީ އެކަށީގެންވާ ތަނެއްގައިތޯ ބެލުމަށްޓަކައި، ކ. މާފުށި ޖަލަށް ކޮމިޓީން ކުރި ދަތުރާ ގުޅޭގޮތުން ޤައުމީ ސަލަމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓެވެ.

އެކިއެކި ކުށްތަކާއި ގުޅިގެން ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލިބޭތޯ އާއި އަދި އެފަރާތްތައް ބަންދު ކޮށްފައިވަނީ އެކަށީގެންވާ ތަނެއްގައިތޯ ބެލުމަށްޓަކައި، ކ. މާފުށި ޖަލަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދަތުރުކުރުމަށް ފަހު ވަނީ ތަފްސީލީ ރިޕޯޓެއް އެކުލަވާލާފައެވެ. މި ރިޕޯޓްގައި މާފުށީ ޖަލުގައި ގައިދީންނާއި ގުޅުންހުރި 8 ދާއިރާއަކުން ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންކަން ވަނީ ހިމަނާފައެވެ.

މި 8 ކަމުގެ ތެރޭގައި ހިމެނެނީ ޖަލުގެ ސަލާމަތީ ކަންކަމާއި ޖަލު އޮފިސަރުންނާއި މުވައްޒަފުންނާއި ގުޅުންހުރި ކަންކަން އަދި ގައިދީން ބައިތިއްބާފައިވާ ގޮތާއި ޤައިދީންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި ޤައިދީންގެ އުފެއްދުންތެރިކަމުގެ މައުރަޒުތައް އަދި ޤައިދީންގެ ރިހެބިލިޓޭޝަން ޕްރޮގްރާމް އަދި ރިމާންޑް ޔުނިޓާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު އިސްލާހު ކުރުމެވެ.

މިކަންކަމަށް ރިޢާޔަތް ކުރުމަށްފަހު ކޮމިޓީން ވަނީ 8 ހުށަހެޅުމެއް ހުށަހަޅާފަ އެވެ. ކޮންމެ ކަމަކަށް ހުށަހެޅުމެއް ހުށަހަޅާފައިވާއިރު މީގެތެރޭގައި ޖަލުގައި ބަންދުކޮށްފައިވާ މީހުން ޖަލުގެ ޖާގައަށްވުރެ ގިނައިން ތިބޭތީ ޖަލުގައި ގައިދީން މަދުކުރުމުގެ ގޮތުން ކުރިން އަމަލުކޮށްފައިވާ ޤާނޫނަކުން ދިގު މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ގައިދީންގެ ތެރެއިން ކުށުގެ ރިކޯޑް ނެތް މީހުންނާއި ކުށަކުރުން މަދު މީހުން ފާހަގަކޮށް އެފަދަ މީހުންނަށް މަޢާފްދޭނެ ޚާއްސަ އުސޫލެއްގެ ދަށުން ރައީސް އެފަރާތްތަކުގެ އަދަދު މަޢާފްކޮށްދިނުމަށް ވަނީ ހުށަހަޅާފައެވެ.

ޖަލުގައި ތިބޭ ގައިދީން އިތުރުވަމުންދާ ދިޔުމާއި ގުޅިގެން އެކަން ހައްލުކުރުމަށް ކައުންސިލްތަކުގެ އެހީތެރިކަމާއެކު އެމީހުންގެ ރިކޯޑް ތައް ބެލުމަށްފަހު ކުށުގެ ރިކޯޑް ނެތް ނުވަތަ ކުށްކުރުން މަދު ގައިދީން ގޭ ބަންދަށް ނުވަތަ ރަށު ބަންދަށް އެމީހުން މޮނިޓަރ ކުރެވޭނެ އުސޫލެއްގެ ދަށުން ބަދަލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ހުށަހާޅާފައެވެ.

މީގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން އެމީހުންގެ ޝަކުވާތައް ގިނަ އަދަދަކަށް ކޮމިޓީއަށް ލިބިމުންދާތީ އެމީހުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފަރުވާތެރިކަމާއި އިންސާފާއި ހަމަހަމަ ކަމާއެކު އެފަރާތްތަކަށް ފޯރުކޮށްދެމުން ދިޔުމަށް އެސަރވިސް އަށް އެންގުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ. އަދި ޝަރީޢަތުގެ މަރުހަލާ ފެށި ހުކުމްކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ޖަލުގައި ތިބޭތީ މިފަދަ މީހުންގެ މައްސަލަތައް އަވަސްކުރުމަށް ފުލުހުންނާއި، ޕްރޮސެކިޔުޓަރ ޖެނެރަލް އަދި ޝަރުޢީ ކޯޓުތަކަށް އިލްތިމާސްކުރުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ގެންނަން ބޭނުންވާ ގިނަ އިސްލާހުތަކެއް ހުރިކަމަށް ފާހަގަކޮށްފައިވާތީ އެ ޤާނޫނަށް އިސްލާހު ގެނައުމަށް ބޭނުންވާ ބިލް ސަރުކާރު މެދުވެރިކޮށް މަޖިލީހަށް ހުށަހެޅުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް

17 ފެބުރުއަރީ 2017
ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް
16 ފެބުރުއަރީ 2017

ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި

16 ފެބުރުއަރީ 2017
ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް