Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައްޖުގެ އަޅުކަން އަދާކުރުން

ހައްޖަށް މީހުން ގެންދެވޭ އަދަދު މަދުކުރަން ސައުދީ ސަރުކާރުން ވިސްނަނީ

8 ޖޫން 2020 | ހޯމަ 19:56

ސައުދީ ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރޭ

| 8 ޖޫން 2020 | ހޯމަ 19:56
ކޮވިޑް-19 ގެ ސަބަބުން އުމްރާގެ އަޅުކަންވެސް ވަނީ މަޑުޖައްސާލާފައި

ކޮވިޑް-19 ގެ ސަބަބުން އުމްރާގެ އަޅުކަންވެސް ވަނީ މަޑުޖައްސާލާފައި

ސައުދީ އަރަބިޔާގައި ކޮވިޑް-19 އިތުުރު އައުޓްބްރޭކް އައިސްދާނެތީ މި އަހަރުގެ ހައްޖުގެ އަޅުކަމަށްދާ މީހުންގެ އަދަދު މަދުކުރުމުގެ ވިސްނުން ސައުދީ ސަރުކާރުން ގެންގުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮވިޑް-19 ގެ ކަންތައްތައް ހަމަޔަކަށް އެޅެންދެން ހައްޖަށްދާން ރާވަމުންދާ ފަރާތްތަކުން އެކަން މަޑުޖައްސާލަން ސައުދީ އަރަބިއްޔާގެ ހައްޖު އަދި އުމްރާ މިނިސްޓަރު ވަނީ މާޗް މަހު އިލްތިމާސް ކުރައްވާފަ އެވެ. ބަލި ފެތުރެމުންދާތީ އުމުރާގެ އަޅުކަން ވަނީ މީގެކުރިން މަޑުޖައްސާލާފަ އެވެ.

އިތުބާރު ހުރި މަސްދަރުތަކަކާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުން، ސައުދީ ސަރުކާރުން ދަނީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދެވޭ މީހުންގެ އަދަދު މަދުކުރުމަށް ވިސްނަމުންނެވެ. އެގޮތުން ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކަށް ނާދެވޭ ގޮތަށް ހަމަޖައްސަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ހަރުކަށި ފިޔަވަޅުތަކާއިއެކު މި ފަހަރު ހައްޖުގެ ކޯޓާ ދޫކޮށްފައިވާ ގައުމުތަކުގެ 20 އިންސައްތަ މީހުންނަށް އަޅުކަން އަދާކުރެވޭ ގޮތަށް މަޝްވަރާކުރެވެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ތިން މަސްދަރަކާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުން ހައްޖު ކެންސަލް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް ސައުދީ ސަރުކާރުން މިކަމާއި ގުޅިގެން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން ހައްޖުގެ އަޅުކަމަށްދާ ފަރާތްތަކުން ސައުދީގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކޮންމެ އަހަރަކުވެސް ވަމުން އަންނަ ކަމެކެވެ. ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މުސްލިމުން އަންނައިރު، އޭގެ ސަބަބުން ސައުދީގެ އިގްތިސާދަށް އަހަރަކަށްވުރެ އަހަރެއް ލިބޭ އާމްދަނީ އަންނަނީ ބޮޑުވަމުންނެވެ.

ހައްޖުގެ އަޅުކަން މަޑުޖައްސާލައިފިނަމަ، އެކަން ވެގެންދާނީ މި ފަހުގެ ތާރީހެއްގައި ހައްޖުގެ އަޅުކަން މަޑުޖައްސާލާ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން ހަލުވިކަމާއި އެކު އެބޯލާގެ ނުރައްކާ ބަލިމަޑުކަން ފެތުރުނުއިރުވެސް އެފަދަ ނިންމުންތަކެއް ސައުދީ ސަރުކާރުން ނިންމާފައެއް ނުވެއެވެ.

ބަލިތައް ފެތުރުމަކީ އަބަދުވެސް ހައްޖުގެ ދުވަސްވަރު އަންނަ ކަންބޮޑުވުމެކެވެ.

މީގެ ކުރިން މެލޭރިޔާ ފެތުރިގެން ދިޔަ ދުވަސްވަރު 632 ހައްޖާޖިން ވަނީ މަރުވެފައެވެ. 1821 ވަނަ އަހަރު ކޮލެރާގެ ބަލިމަޑުކަމުގައި ގާތްގަނޑަކަށް 20،000 ހާސް ހައްޖާޖީން މަރުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް