Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމިއްލަ ކްލިނިކްތަކަށް ކޮވިޑް-19ށް ޓެސްޓުކުރުން

އަމިއްލަ ކްލިނިކްތަކަށް ހުއްދަ ދެވޭނީ ނުކަތާ އަދަދަކަށް ޓެސްޓު ހަދަން ޖެހިއްޖެ ނަމަ: އެންއީއޯސީ

ރާއްޖޭގައި މިހާރު ޓެސްޓު ކުރެވެނީ ތިން ތަނަކުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 8 ޖޫން 2020 | ހޯމަ 19:02
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވާހަކަދައްކަވަނީ

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވާހަކަދައްކަވަނީ

އަމިއްލަ ކްލިނިކްތަކަށް ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ހުއްދަ ދެވޭނީ ނުކަތާ އަދަދަކަށް ޓެސްޓު ހަދަންޖެހިއްޖެ ނަމަ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

އެންއީއޯސީން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރާއި ގުޅިގެން ކޮވިޑަށް ޓެސްޓު ކުރުމުގެ ހުއްދަ އަށް އެދި އެކި ކްލިނިކްތަކުން ހުށަހަޅަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، އެ ފަރާތްތަކަށް ޓެސްޓު ކުރުމުގެ ހުއްދަ ދެވޭނީ ސަރުކާރުގެ ސިއްހީ މުއައްސަސާތަކުން އެ ވަރަށް ޓެސްޓު ނުކުރެވޭ ހާލަތުގައި ކަމަށެވެ. އަދި އެ ހާލަތުގައި އެތަންތަނާއި ގުޅިގެން ޓެސްޓު ކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ. މަބްރޫކް ވިދާޅުވީ އެންމެ ފުރަތަމަ ޓެސްޓު ކުރުމަށް ބޭނުން ކުރަމުންދާނީ ސަރުކާރުގެ އެކި އެކި ސިއްހީ ޚިދުމަތްދޭ ތަންތަން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ، މިހާތަނަށް ކޮވިޑަށް ކުރެވޭ އެންޓިބޮޑީ ޓެސްޓުގެ އިތުރުން، ޕީސީއާރު ޓެސްޓު ކުރުމުގެ ހުއްދައަށް އެދިފައިވާ ތަންތަނުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ. މަބްރޫކް ވިދާޅުވީ ހުއްދައަށް އެދިފައިވާ ގިނަ ތަންތަނުން އެދިފައިވަނީ އެންޓިބޮޑީ ޓެސްޓު ކުރުމަށް ކަމަށެވެ.

މަބްރޫކް ވިދާޅުވީ ޓެސްޓު ކުރުމުގެ އިންތިޒާމްތަކުގެ ތަފްސީލުތައް ފޮނުވުމަށް އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް 1100 ޓެސްޓު ކުރުމުގެ ކެޕޭސިޓީ އެބަހުރި ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އެއީ އައިޖީއެމްއެޗްގެ ލެބޯރެޓްރީ، ފުލުހުންގެ ފޮރެންސިކް ލެބޯރެޓަރީގެ އިތުރުން އޭޑީކޭއިން ކުރެވޭ ޓެސްޓުތަކާއި އެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު