Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް

ދެ ބިލެއް ބަލައިގަނެ އިތުރަށް ދިރާސާކުރަން ކޮމިޓީތަކަށް

ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖޫން 2020 | ހޯމަ 09:01
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިން ވަނަ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ތިން ވަނަ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ދެ ބިލެއް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ކޮމިޓީތަކަށް ފޮނުވައިފި އެވެ.

އެގޮތުން ބަލައިގަތުމަށް ފުރަތަމަ ފާސްކޮށްފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރ ހަސަން އަހުމަދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލެވެ. މި ބިލު ބަލައިގަތުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަށް ފޮނުވާފަ އެވެ.

ދެން ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އަހާފައި ވަނީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލެވެ. މި ބިލުވެސް މަޖިލީހަށް ބަލައިގަތުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފަ އެވެ. މި ބިލު އިތުރަށް ދިރާސާކުރުމަށް ވަނީ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

މީގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ކަނޑުތަކުގެ އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ހުށަހަޅާފައިވާ ޤަރާރު ވަނީ މަޖިލީހަށް ބަލައި ނުގަނެ ތަޅުމުން ބޭރުކޮށްލާފަ އެވެ. މި ޤަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 53 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.

އިތުރަށް ކިޔާލަން

05 ޖުލައި 2017

ގާރީގެ ސޮއާއިއެކު މަޖިލީހުން މައްސަލަ ބަލައިގަނެ، މަސީހުގެ އިތުބާރުގެ ވޯޓް މިމަހު 24 ގައި

05 ޖުލައި 2017
ގާރީގެ ސޮއާއިއެކު މަޖިލީހުން މައްސަލަ ބަލައިގަނެ، މަސީހުގެ އިތުބާރުގެ ވޯޓް މިމަހު 24 ގައި
04 ޖުލައި 2017

"ރައީސް ޔާމީންގެ ސިޔާސީ ބަގީޗާގައި އިތުރަށް ފޮޅޭނެ މަލެއް ނެތް"

04 ޖުލައި 2017
"ރައީސް ޔާމީންގެ ސިޔާސީ ބަގީޗާގައި އިތުރަށް ފޮޅޭނެ މަލެއް ނެތް"
01 ޖުލައި 2017

ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަދާލަތު

01 ޖުލައި 2017
ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަދާލަތު
15 މެއި 2017

ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް

15 މެއި 2017
ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް
22 އެޕްރީލު 2017

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު