Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބޭކިންގެ ޚިދުމަތް

ބޭންކިންގެ ޚިދުމަތަށް ޕާރމިޓް ދެމުންދާނީ ބޭންކް މެދުވެރިކޮށް: ބީއެމްއެލް

7 ޖޫން 2020 | އާދީއްތަ 08:10

ބޭންކިންގެ ޚިދުމަތަށް ވަކިން ޕޮލިސް ޕާރމިޓް ހޯދާކަން ނުޖެހޭ

| 7 ޖޫން 2020 | އާދީއްތަ 08:10
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތަކަށް ޕާރމިޓް ދެމުންދާނީ ބީއެމްއެލް މެދުވެރިކޮށް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް މައުލޫމާތުދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލެޝަންސް މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ ބޭކިންގ ޚިދުމަތް ހޯދުމަށް ޕޮލިސް ސަރވިސްއިން ޕާރމިޓް ނަގަން ނުޖެހޭނެ ކަމަށެވެ. އަދި އެ އިންތިޒާމް ބޭންކުން ހަމަޖައްސާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ބޭންކުން ވަކި އެޕޮއިންޓްމަންޓް ޕޯޓަލްއެއް ހަމަޖައްސާފައިވާ ކަމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޕޮލިސް ޕާމިޓް ދޫކުރުމުންދާ ގޮތަށް ބޭކިންގެ ޚިދުމަތަށް އެދުމުން ކަސްޓަމަރުގެ ފޯނަށް އެސްއެމްއެސްއެއް ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން ބޭންކަށް ވަޑައިގަންނަވަން އިތުރަށް ޕޮލިސް ޕާރމިޓް ނަގަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކޮންމެ ކަސްޓަމަރަކަށްވެސް ދޫކުރަމުންދާނީ ދުވާލަކަށް އެއް އެޕޮއިންޓްމަންޓް ކަމަށާއި ޕާރމިޓް ލިބުމުން އެބްރާންޗުން ލިބެން ހުންނަ ހުރިހާ ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ.

ޕޯޓަލްގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް އެޕްއިންޓްމަންޓް ހަމަޖެއްސޭ އުސޫލެއް ފާއިތުވި ހަފްތާގައި ހަމަޖައްސާފައިވާނެ ކަމަށާއި ނަމަވެސް އެޕޮއިންޓްމަންޓް ޕޯޓަލް ބޭނުން ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. ސައީދު ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް އިލްތިމާސް ކުރައްވަނީ ކަސްޓަމަރުންނަށް ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ. އެސްއެމްއެސް ފޮނުވުމުގައި ދަތިތައް ދިމާވެފައިވާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމަ ދުވަހުން ފެށިގެން މާލޭ ސިޓީގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗުތަކާއި، ސަރވިސް ސެންޓަރުތައް ހުޅުވުމަށް އެ ބެންކުން ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅޭގޮތުން ބީއެމްއެލްއިން ބުނީ، މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ލިބުމާއެކު އޮންލައިން އަދި ސެލްފް-ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ބްރާންޗުތަކާއި، ސަރވިސް ސެންޓަރުތައް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00ން ފެށިގެން މެންދުރުފަހު 2:00ށް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ. އަދި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްދޭއިރު، ދުވާލަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށެވެ.

އޭގެ އިތުރުން، ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯރޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އެއް ދުވަސް ކުރިން ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން އެސްއެމްއެސް ކުރާނަމަ 455 އަށް އެސްއެމްއެސް ކުރުމަށާއި، ބްރާންޗް ނުވަތަ ސަރވިސް ސެންޓަރުގެ ކީވޯޑް، އައިޑީކާޑު ނަންބަރު، ބިދޭސީއެއް ނަމަ ޕާސްޕޯރޓް ނަންބަރު އަދި މިހާރު އުޅޭ އެޑްރެސް އެސްއެމްއެސްގައި ހިމެނުމަށްވެސް އެދިފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ޖޫން 2018

ބޭންކް ފައިދާގެ އާމްދަނީ 218 މިލިއަން ރުފިޔާ ދަށަށް!

17 ޖޫން 2018
ބޭންކް ފައިދާގެ އާމްދަނީ 218 މިލިއަން ރުފިޔާ ދަށަށް!
19 އެޕްރީލު 2018

އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކްގެ ޕްރޮމޯޝަންގައި ބައިވެރިވެގެން ތިންލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!

19 އެޕްރީލު 2018
އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކްގެ ޕްރޮމޯޝަންގައި ބައިވެރިވެގެން ތިންލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!
22 މާރިޗު 2018

އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

22 މާރިޗު 2018
އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފަށައިފި
18 މާރިޗު 2018

ޗައިނާގެ މަރުކަޒީ ބޭންކުގެ ވެރިޔާގެ މަޤާމަށް އެ ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު

18 މާރިޗު 2018
ޗައިނާގެ މަރުކަޒީ ބޭންކުގެ ވެރިޔާގެ މަޤާމަށް އެ ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު
01 ފެބުރުއަރީ 2018

އަހަރެންގެ ބޭންކް ކެމްޕެއިން މި އަހަރު ތަފާތު ގޮތަކަށް ފަށައިފި

01 ފެބުރުއަރީ 2018
އަހަރެންގެ ބޭންކް ކެމްޕެއިން މި އަހަރު ތަފާތު ގޮތަކަށް ފަށައިފި
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
27 ޖޫން 2017

މާދަމާ ބޭންކްތައް ހުޅުވޭނެ

27 ޖޫން 2017
މާދަމާ ބޭންކްތައް ހުޅުވޭނެ
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
14 އެޕްރީލު 2017

ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި

14 އެޕްރީލު 2017
ބީއެމްއެލް އިން ޅ. ހިންނަވަރުގައި ސެލްފް ބޭންކިންގެ ޚިދުމަތް ފަށައިފި
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް