Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމީރާގެ ތަފާސް ހިސާބުތައް

ބޭންކް ފައިދާގެ އާމްދަނީ 218 މިލިއަން ރުފިޔާ ދަށަށް!

17 ޖޫން 2018 | އާދީއްތަ 13:03

ބޭންކް ޕްރޮފިޓްގެ ގޮތުގައި 99 މިލިއަން ރުފިޔާ ވަނީ ލިބިފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 ޖޫން 2018 | އާދީއްތަ 13:03
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

މިއަހަރު މެއި މަހުގެ ނިޔަލަށް ބޭންކް ޕްރޮފިޓްގެ ގޮތުގައި ލިބިނު އާމްދަނީ 218 މިލިއަން ރުފިޔާ ދަށަށް ހިނގައްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް ބޭންކް ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 99 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 317 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ޖެނުއަރީ އިން، މެއި މަހުގެ ނިޔަލަށް 7.1 ބިލިއަން ރުފިޔާ ޓްކްސްގެ ގޮތުގައި ދައުލަތަށް ވަނީ ލިބިފަ އެވެ. މިއީ 2017 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާ އިރު 27 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 6.9 ބިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީތަކުގެ ތަފްސީލަށް ބަލާއިރު ވިތްހޯލްޑިންގ ޓެކްސް އާއި ގްރީން ޓެކްސް އާއި ޖީއެސްޓީ އާއި ބިސްނަސް ޕާމިޓުން ލިބޭ ފައިދާ ވަނީ އިތުރުވެގެން ގޮސްފަ އެވެ.

އެގޮތުން ބިސްނަސް ޕާމިޓުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ ފަސް މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އަދި ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާ ވަނީ 26 މިލިއަން ރުފިޔާ އިތުރުވެގެން ގޮސްފަ އެވެ. ސްޓޭމްޕް ރެވެނިއު އިން ލިބުނު އާމްދަނީން އެއް މިލިއަން ރުފިޔާ މިއަހަރު އިތުރުވެފައިވާ އިރު އެއަރޕޯޓްސް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ވަނީ 292 މިލިއަން ރުފިޔާ ލިބިފަ އެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 451 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 37 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މިއަދަދު އުޅެނީ 414 މިލިއަން ރުފިޔާގަ އެވެ. މީގެ އިތުރުން ޓޫރިޒަމް އެޑްމިނިސްޓްރޭޝަން ފީގެ ގޮތުގައި 8 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.

ޓެކްސް އާމްދަނީގެ ތެރެއިން އެއަރޕޯޓު ސަރވިސް ޗާޖު ވަނީ ދަށްވެފަ އެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 292 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 370 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު ފައިދާވެސް ވަނީ ދަށްވެފަ އެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަށް ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. މީގެ އިތުރުން ބޭންކް ޕްރޮފިޓް ޓެކްސް އިން ލިބުނު އާމްދަނީވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ދައުލަތުގެ އާމްދަނީގެ 80 ޕަސެންޓް ހިއްސާކުރަނީ ޓެކްސް އިން ލިބޭ އާމްދަނީ އެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ހިއްސާއެއް ވަނީ ޖީއެސްޓީ އިން ލިބޭ އާމްދަނީ އެވެ. އެއީ ގާތްގަނޑަކަށް 52 ޕަސެންޓެވެ. މީގެ ތެރެއިންވެސް 34 ޕަސެންޓް ހިއްސާ ކުރަނީ ޓޫރިޒަމުން ނެގޭ ޖީއެސްޓީ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް