Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެބް ކޮންފަރެންސް އަޑުއެހުން ލައިވްކުރުން

ހައިކޯޓުން ފުރަތަމަ ފަހަރަށް ޝަރީއަތެއް ވެބް ކޮންފަރެންސްކޮށް ބާއްވައި، ލައިވްކޮށް ކުރިއަށް ގެންގޮސްފި

7 ޖޫން 2020 | އާދީއްތަ 07:57

އަދުލް އިންސާފުގެ ދާއިރާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ދަނީ ގެންނަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 ޖޫން 2020 | އާދީއްތަ 07:57
ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓުން ފުރަތަމަ ފަހަރަށް ވެބް ކޮންފަރެންސް މެދުވެރިކޮށް، ޝަރީއަތެއް ބާއްވައި އެ ޝަރީއަތުގެ އަޑުއެހުން ލައިވްކޮށްފި އެވެ.

އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު ޙުސައިން ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާ ދައުވާގެ ޝަރީއަތް ނިންމުމަށް ނުވަތަ ހުކުމް ކުރުމަށް ބޭއްވި އަޑު އެހުމެކެވެ. މިމައްސަލާގައި ދައުވާ ލިބޭ ނުވަތަ ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހެވެ. އަޑުއެހުން ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11:30ގަ އެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ މި އަޑުއެހުމުގައި، ހަސަން ސައީދު ހުސައިންގެ މައްޗަށް ކޮށްފައިވާ ދަށު ކޯޓުގެ ހުކުމްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެހުކުމް ވަނީ ބާތިލްކޮށްފަ އެވެ.

ކޮވިޑް-19 ރޯގާ ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވާތީ، ކޯޓުތަކުން ފޯރުކޮށްދޭ ހިދްމަތްތަކާއި، ވެބް ކޮންފަރެންސް މެދުވެރިކޮށް ބޭއްވޭ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމާއި އަދި ލައިވް ކުރެވޭ ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކުރުމުގެ އުސޫލްތަކެއް އަދުލް އިންސާފުގެ ދާއިރާގެ ކޯޓުތަކުގައި ގާއިމުކޮށްފައިވާއިރު، ހައިކޯޓުން ވެސް ވަނީ މިފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ހާއްސަ އުސޫލެއް ގާއިމުކޮށްފަ އެވެ.

ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވިފައިވާ މުއްދަތުގައި ބަންދު އަމުރުގެ މައްސަލައެއް، ޚަސްމުން ހައިކޯޓު ދެކުނު ބްރާންޗަށް ޙާޟިރުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގައި މޮނިކޮމް އަމުރުގެ 7 އަމުރު ހައިކޯޓުން ނެރެފައިވެއެވެ.

މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގައި އޮންލައިންކޮށް ދެވެން ހުންނަ ހިދްމަތްތައް ދިނުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމެޓީ ބައްދަލުވުންތައް ވެބް ކޮންފަރެންސް މެދުވެރިކޮށް، ބާއްވައި އަދި ލައިވްކުރަމުންދާއިރު، ކެބިނެޓް ބައްދަލުވުންތައްވެސް ވެބް ކޮންފަރެންސް މެދުވެރިކޮށް ދަނީ ބާއްވަމުންނެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުންވެސް، އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދެމުންދާއިރު، ވެބް ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ އަޑުއެހުންތައް ދަނީ ބާއްވަމުން ނެވެ. އެގޮތުން، އެންމެ މަތީ މަރުހަލާ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުން ވަނީ ވެބް ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ އަޑުއެހުންތައް ބާއްވަން ފަށައި، އަދި ލައިވް ކުރެވޭ ޝަރީއަތުގެ އަޑުއެހުންތައް ލައިވްވެސް ކޮށްފައިވާކަން ފާހަގަކޮށްލެ ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް