Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އެމްވީގެ ވެބްސައިޓް

ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި

ރާއްޖެއެމްވީގެ އާ ވެބްސައިޓް އައްޑޫ ސިޓީގައި ތައާރަފުކުރުން

| 3 ފެބުރުއަރީ 2017 | ހުކުރު 16:47
އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސާދިގު ރާއްޖެއެމްވީގެ އާ ވެބްސައިޓް އިފްތާހު ކޮށްދެއްވުން

އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސާދިގު ރާއްޖެއެމްވީގެ އާ ވެބްސައިޓް އިފްތާހު ކޮށްދެއްވުން

ރާއްޖެއެމްވީގެ އާ ވެބްސައިޓް އައްޑޫ ސިޓީގައި ތައާރަފުކޮށްފި އެވެ.

ހިތަދޫގައި ހުންނަ އީއެލްސީގެ އިދާރާގައި ބޭއްވި މި ހަފްލާގައި ވެބްސައިޓް ހުޅުވައިދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގެވެ.

މި ރަސްމިއްޔާތުގައި އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެންމެ މަގްބޫލް ޓީވީ ސްޓޭޝަން ހިންގާ، ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑް، ރާއްޖެއެމްވީ ވެބްސައިޓަށް ބޮޑު ބަދަލެއް ގެނެސް އައްޑޫ ސިޓީގައި ތައާރަފުކުރުމަކީ މި ސިޓީއަށް ލިބިގެންދިޔަ ޝަރަފެއް ކަމަށެވެ. ރާއްޖެ އެމްވީ އާއި ރާއްޖެ ޓީވީން މި ސިޓީއަށް ދޭ ސަމާލުކަން މިކަމުން އެނގިގެން ހިނގެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންނަށް، މިސިޓީއަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެއް،" މޭޔަރު ވިދާޅިވި އެވެ.

އައްޑޫގެ މަޝްހޫރު ވިޔަފާރިވެރިންނާއި ކަމުވޮށިގެންވާ ބައެއް ބޭފުޅުންނާއެކު ބޭއްވި މި ހަފުލާގައި ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ރާއްޖެއެމްވީގެ އެޑިޓަރު ހުސައިން ފިޔާޒު ވިދާޅުވީ، އާ ވެބްސައިޓާއެކު އައްޑުއަށް ވަރަށް ހާއްސަ ކަވަރޭޖެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖެއެމްވީގެ އާ ވެބްސައިޓް އައްޑޫގައި ތައާރަފުކުރުމަކީ، ފިޔާޒު ވިދާޅުވި ގޮތުގައި، ރާއްޖެއެމްވީ އާއި ރާއްޖެ ޓީވީގެ މެނޭޖްމެންޓާއި ނޫސްވެރިންނަށް އަދި ހުރިހާ މުވައްޒަފުންނަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެކެވެ.

"އަޅުގަނޑުމެން ފުރަތަމަ ބެލީ މި ވެބްސައިޓް މާލޭގައި ތައާރަފުކުރަން. ނަމަވެސް މާލެ ފިޔަވައި އަޅުގަނޑުމެންގެ ވެސް އެންމެ ބޮޑު ސަޕޯޓަރުން، ބެލުންތެރިންނާއި ކިޔުންތެރިން ވެސް ތިބީ އައްޑޫގައި. އެހެންވެ، ޒަމާނީ ބަދަލުތަކާއެކު އަޅުގަނޑުމެންގެ ވެބްސައިޓް އައްޑޫގައި ތައާރަފުކުރުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު އުފަލެއް، ހިތްހަމަ ޖެހުމެއް،" ފިޔާޒު ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖެއެމްވީއާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާ ލިބެމުންދިޔަ ކަމަށާއި ކުރީގެ ވެބްސައިޓަށް ލިބެމުންދިޔަ އެ ޝަކުވާގެ ތެރެއިން، އާ ވެބްސައިޓްގައި ޒަމާނީ ދިރިން އެޅުވުމަށް ވަރަށް މުހިންމު ހިޔާލުތަކެއް ލިބިގެން ދިޔަ ކަމަށް ފިޔާޒު ފާހަގަ ކުރެއްވެވި އެވެ.

މި ވެބްސައިޓް ހަގީގަތަކަށް ހެދުމުގައި ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަލީމާއި ސޯޝަލް މީޑިއާ މެނޭޖަރު އިސްމާއީލް ރިޔާޒު ކުރެއްވި މަސައްކަތް ފާހަގަކުރައްވަމުން ފިޔާޒު ވިދާޅުވީ އާ ވެބްސައިޓްގައި ރާއްޖޭގެ އެހެން ނިއުސް ސައިޓްތަކާ ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން، ވިޔަފާރިވެރިންނާއި ކިޔުންތެރިންގެ ކޮންޓެންޓް ޕްރޮމޯ÷ޓްކުރުމަށްޓަކައި ޕްރޮމޯޓެޑް ނިއުސްގެ ގޮތުގައި ސެކްޝަނެއް ހިމެނުމާއި ދިވެހި ތާރީހާއި ނަމާދު ވަގުތު އެނގޭ ގޮތަށް ހުރުމާއި ނަކަތް ވެސް އެނގޭ ގޮތަށް ހުރުން ހިމެނޭކަން ފިޔާޒު ފާހަގަ ކުރެއްވެވި އެވެ. މި ނޫން ވެސް ޒަމާނީ ބަދަލުތައް ވެބްސައިޓަށް ގެނެސްފައިވާއިރު، ބޭނުންކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އެމްވީގެ އާ ވެބްސައިޓްގެ ޑިވެލޮޕެރަކީ ސަމާހް ރަޝީދެވެ.

އާ ވެބްސައިޓް ތައާރަފުކުރުމުގެ އިތުރުން، އައްޑޫ ސިޓީއަށް އުފާވެރި އެހެން ހަބަރެއް ވެސް ފިޔާޒު ދެއްވި އެވެ. އެއީ ރާއްޖެޓީވީގެ ބިއުރޯއެއް ވަރަށް އަވަހަށް މި ސިޓީގައި ގާއިމުކޮށް، މަސައްކަތް ފަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެނޭޖިން ޑިރެކްޓަރު އަދި ސީނިއާ މެނޭޖްމެންޓުން ވެސް ބޭނުންވޭ ވަރަށް އަވަހަށް މި ސިޓީގައި ބިއުރޯ ރަސްމީކޮށް ހުޅުވަން. ދެކުނު ބިއުރޯއިން އައްޑޫގެ އިތުރުން ދެކުނުގެ ހުރިހާ އަތޮޅެއްގެ ހަބަރާއި މައުލޫމާތު ގެނެސްދޭނެ،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2018

ދިވެހި ބަހުގެ އެކެޑަމީގެ ފައްވާރު ވެބްސައިޓް އިފްތިތާހް ކޮށްފި

09 ޖުލައި 2018
ދިވެހި ބަހުގެ އެކެޑަމީގެ ފައްވާރު ވެބްސައިޓް އިފްތިތާހް ކޮށްފި
13 މެއި 2018

ކްރިމިނަލް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި

13 މެއި 2018
ކްރިމިނަލް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި
02 މެއި 2018

ބީއެމްއެލް އިން އިސްލާމިކް ޕާރސަނަލް ފައިނޭންސް ތައާރަފުކޮށްފި

02 މެއި 2018
ބީއެމްއެލް އިން އިސްލާމިކް ޕާރސަނަލް ފައިނޭންސް ތައާރަފުކޮށްފި
01 މާރިޗު 2018

ސުޕްރީމް ކޯޓުގެ ވެބްސައިޓް ޑައުންވެއްޖެ

01 މާރިޗު 2018
ސުޕްރީމް ކޯޓުގެ ވެބްސައިޓް ޑައުންވެއްޖެ
07 ނޮވެމްބަރު 2017

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް ޑައުންވެއްޖެ!

07 ނޮވެމްބަރު 2017
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް ޑައުންވެއްޖެ!
26 އޯގަސްޓު 2017

ހަކުރު ބަލި ހުންނަ މީހުންނަށް އާ އިންސިއުލިން ޕްރޮޑަކްޓްތަކެއް ތައާރަފުކޮށްފި

26 އޯގަސްޓު 2017
ހަކުރު ބަލި ހުންނަ މީހުންނަށް އާ އިންސިއުލިން ޕްރޮޑަކްޓްތަކެއް ތައާރަފުކޮށްފި
06 ޖުލައި 2017

އެމްޑީޕީގެ އާ ވެބްސައިޓް ލޯންޗް ކޮށްފި

06 ޖުލައި 2017
އެމްޑީޕީގެ އާ ވެބްސައިޓް ލޯންޗް ކޮށްފި
24 ޖޫން 2017

މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

24 ޖޫން 2017
މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި
23 ޖޫން 2017

ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފި

23 ޖޫން 2017
ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު