Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތައް

ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި މިނިސްޓަރ ނަހުލާ ބައްދަލު ކުރައްވައިފި

މަޝްވަރާ ކުރެވުނީ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭ ގޮތުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖޫން 2020 | އާދީއްތަ 03:22
ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި ޓްރާންސްޕޯޓް މިނިސްޓަރ ބައްދަލުކުރައްވަނީ

ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި ޓްރާންސްޕޯޓް މިނިސްޓަރ ބައްދަލުކުރައްވަނީ

ގްރޭޓަރ މާލޭ ސަރަޙައްދަށް ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ބައްދަލު ކުރައްވައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިކަމާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭ ގޮތުން ކަމަށެވެ. އިތުރު ތަފްސީލެއް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ މިފަރާތްތަކާއި ބައްދަލުކުރައްވާފައި މިވަނީ ދާދިފަހުން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގައި ހަގީގަތާ ހިލާފު ވާހަކަ ދައްކާފައިވާ ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެފައި ވަނިކޮށެވެ. އެކަން ހާމަކޮށް މާލޭގައި ހިންގާ ޓެކްސީ ސެންޓަރުތަކުގެ ތެރެއިން ގިނަ ޓެކްސީ ސެންޓަރުތަކުގެ ތައްގަނޑު ޖަހައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޓެކްސީތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާތީ ހިތާމާކުރާ ކަމަށެވެ.

މި ދަނޑިވަޅު ޓެކްސީ ޑްރައިވަރުން ނިކަމެތި ކުރުމަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒުބައިރު ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ޓެކްސީ ޑްރައިވަރުންނާ ދެ ފަހަރު ބައްދަލުކޮށް އެ މީހުން ބޭނުންވާ ކަންތައް އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި ރިލީފް ލޯނާ ގުޅިގެން ޑްރައިވަރުންގެ ހިޔާލު ހިއްސާ ނުކުރާ ކަމަށް ވެސް ޒުބައިރު ވިދާޅުވި އެވެ. ނަމަވެސް ޓެކްސީ ސެންޓަރުތަކުން ބުނީ އެ ލޯނު ދިނުމަށް ސެންޓަރުތަކުންނާއި ޑްރައިވަރުން ހުރިހާ ބައްދަލުވުމެއްގައި ވެސް އެދިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ޑްރައިވަރުންގެ ރައްކާތެރިކަމަށް ބޭނުންވާ މާސްކު ފަދަ ތަކެތި އެ މިނިސްޓްރީން ފޯރުކޮށްދިން ކަމަށް ބުނެ އަލީ ޒުބައިރު ދޮގު މައުލޫމާތު ދެއްވި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ޓެކްސީ ސެންޓަރުތަކުން ބުނީ މިހާތަނަށް އެއްވެސް ސެންޓަރަކަށް އަދި ޑްރައިވަރަކަށް ރައްކާތެރިކަމަށް ބޭނުންވާ އެއްވެސް އެއްޗެއް ސަރުކާރުން ފޯރުކޮށްދީފައި ނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު