Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑަބްލިޔުއެޗްއޯއާއި ބްރެޒިލްގެ ގުޅުން

ޑަބްލިޔުއެޗްއޯ އިން ބްރެޒިލް ވަކިވެދާނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ދެއްވައިފި

ބޮއިސޮލަނާރޯ ވިދާޅުވީ އެމެރިކާއިން ޑަބްލިޔުއެޗްއޯއާ މެދު ގެންގުޅުނު ސިޔާސަތުތައް ކުރިމަގުގައި ބްރެޒިލް އިންވެސް ގެންގުޅެދާނެ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖޫން 2020 | އާދީއްތަ 01:58
ބްރެޒިލްގެ ރައީސް ޖައި ބޮއިސޮލަނާރޯ އޭނާގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ

ބްރެޒިލްގެ ރައީސް ޖައި ބޮއިސޮލަނާރޯ އޭނާގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ

ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވެނީސް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ލޮކްޑައުންތަކުގެ ފިޔަވަޅުތައް ލުއިތައް ދެމުންގެންދާތީ އެކަން ކުރަމުންދާ ސަރުކާރުތަކަށް އދ އިން އިންޒާރުދިނުމާއެކު ބްރެޒިލްގެ ރައީސް ޖައި ބޮއިސޮލަނާރޯ ޑަބްލިޔުއެޗްއޯއިން އެގައުމު ވަކިވެދާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮއިސޮލަނާރޯ ވިދާޅުވީ އެމެރިކާއިން ޑަބްލިޔުއެޗްއޯއާ މެދު ގެންގުޅުނު ސިޔާސަތުތައް ކުރިމަގުގައި ބްރެޒިލް އިންވެސް ގެންގުޅެދާނެ ކަމަށެވެ. އެގޮތުން އެމެރިކާއިން ޑަބްލިޔުއެޗްއޯއިން ވަކިވުމަށް ނިންމި ނިންމުން ބްރެޒިލް އިން ދިރާސާކުރަމުންދާ ކަމަށާއި ކުރިޔަށް އޮތްތަނުގައި ޑަބްލިޔުއެޗްއޯއިން ވަކިފަރާތަކަށް ބުރަނުވެ މަސައްކަތްކުރާ ކަމަށްވާނަމަ ޑަބްލިޔުއެޗްއޯއާއެކު ކުރިޔަށް ހިނގައިދާނެ ކަމަށެވެ. ނަމަވެސް ވަކިފަރާތަކަށް ބުރަވެގެން މަސައްކަތް ކުރާނަމަ ބްރެޒިލްއިން ޑަބްލިޔުއެޗްއޯއިން ވަކިވާނެ ކަމަށް ބޮއިސޮލަނާރޯ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާއި ދާދި އެއްގޮތް ސިޔާސަތުތަކެއް ބްރެޒިލްގެ ރައީސް ބޮއިސޮލަނާރޯ އަންނަނީ ގެންގުޅުއް ވަމުންނެވެ. ވަކިން ޚާއްސަކޮށް ކޮވިޑް-19 ގެ ކަންތަކުގައި ދެ ގައުމުގެ ވިސްނުން ވަނީ ވަރަށް ބޮޑަށް އެއްގޮތްވެފަ އެވެ. އެގޮތުން ގޭގައި ތިބުމަށް ދޭ އިރުޝާދުތަކާއި ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކެވުމާއި އެންޓި މެލޭރިޔާ ޑްރަގްސް ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދިނުމުގައި ބޭނުންކުރުމަށް ތަކުރާރުކޮށް ދެ ބޭފުޅުންވެސް ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. މިވަގުތު ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ދެ ގައުމަކީވެސް މިއެވެ.

ފާއިތުވި މަހު ޓްރަމްޕް ވަނީ ޑަބްލިޔުއެއެޗްއޯއިން ކޮވިޑް-19 ގެ ކަންތަކުގައި ޗައިނާ އަށް ވާގިވެރިވާ ކަމަށް ބުނެ އެޖަމިއްޔާއާ ގުޅުން ކަނޑާލާފަ އެވެ.

ޑަބްލިޔުއެޗްއޯއިން ވަކިވާނެ ކަމުގެ އިންޒާރު ބޮއިސޮލަނާރޯ ދެއްވާފައި ވާއިރު ބްރެޒިލް އަކީ މިވަގުތު ތިން ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވަމުންދާ ގައުމެވެ. ބްރެޒިލްއަކީ މިވަގުތު އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ އެއް ގައުމަށްވީނަމަވެސް ބޮއިސޮލަނާރޯ ތަކުރާރުކޮށް ގެންދަވަނީ ގައުމުގެ އިގްތިޞާދު ދަށަށްދާތީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް އަވަހަށް ލުއިދެއްވުމަށް ގޮވާލައްވަމުންނެވެ.

ލެޓިން އެމެރިކާ އަކީ މިވަގުތު އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ސަރަހައްދަށްވާއިރު އެސަރަހައްދުން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ދެ ގައުމަކީ ބްރެޒިލް އާއި މެކްސިކޯ އެވެ. އެ ސަރަހައްދުގެ އެހެން ގައުމުތަކުން ވައިރަސް ކޮންޓްރޯލްކުރުމަށް ހަލުވި ފިޔަވަޅުތަކެއް އެޅިނަމަވެސް ބޮއިސޮލަނާރޯ ގެންދަވަނީ އިގްތިޞާދަށް ދިމާވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ވީ އެންމެ އަވަހަކަށް އެގައުމު ހުޅުވާލުމަށް މަސައްކަތް ކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި

22 މާރިޗު 2017
ބްރެޒިލްގައި އުފައްދާ އެއްގަމު މަސްް އެތެރެކުރުން ހޮންގކޮންގ އިންވެސް ހުއްޓާލައިފި
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު