Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގައި ހިނގި ހަމަނުޖެހުން

އަދާލަތު ޕާޓީއަށް އަޅުގަނޑު ފުރައިދިން ފޯމް ވަކި މަދެއް ނުވާނެ: ރައީސް ނަޝީދު

ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހޯދަނީ އަދާލަތު ޕާޓީންކަމަށް އެޕާޓީން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖޫން 2020 | ހުކުރު 19:59
ރައީސް ނަޝީދު ވިދާޅުވީ، ކޯލިޝަނެއްގައި އޮންނައިރު، އެމްޑީޕީގެ ބަސް އެހުމަކީވެސް ބުއްދިވެރި ކަމެއް ކަމަށް

ރައީސް ނަޝީދު ވިދާޅުވީ، ކޯލިޝަނެއްގައި އޮންނައިރު، އެމްޑީޕީގެ ބަސް އެހުމަކީވެސް ބުއްދިވެރި ކަމެއް ކަމަށް

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ދެއްކެވި ވާހަކަތަކާ ގުޅިގެން އަދާލަތު ޕާޓީގެ އިސްފަރާތްތަކުން ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ރައްދު ދެއްވައިފި އެވެ.

ގާނޫނޫ އަސާސީ އިސްލާހުކުރުމަށް މަޖިލިހުގައި ބޭއްވުނު ޖަލްސާގައި، މެމްބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މީޑިއާގައި މިނިސްޓަރ އިމްރާން ވާހަކަފުޅު ދައްކަވާފައިވާއިރު، އެކަމާއި ގުޅިގެން މެމްބަރު ހަސަން ލަތީފް ވަނީ އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދު ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވާއިރު، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝެއިހް އިމްރާން އަބްދުﷲގެ ހުރެގެން ނުވާނެކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް ރައްދުދެއްވައި ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ޝިދާތާ ވިދާޅުވީ، އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދި ޕާޓީ ކިތަންމެ ކުޑަޔަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހޯދަނީ އަދާލަތު ޕާޓީން ކަމަށެވެ.

ޝިދާތާގެ އިތުރުންވެސް އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން އެމްޑީޕީއަށް ރައްދު ދެއްވާފައިވާއިރު، އެންމެ ފަހުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިވަނީ އެ ބަހުސްގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ. އެކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ، އެމްޑީޕީގެ ޗެއަރޕަރސަން ވިދާޅުވާ އެއްޗެހި އަޑުއެހުން ވެސް ބުއްދިވެރި ކަމަށެވެ.

އޭގެ އިތުރުން، އަދާލަތު ޕާޓީއަށް ޚުދު އެމަނިކުފާނު ފުރުއްވައިދެއްވި ފޯމުތައް މަދެއް ނުވާނެކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އަދާލަތު ޕާޓީގެ މުސްތަޝާރަށްވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
22 ފެބުރުއަރީ 2017

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ
12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު