Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯގައި މީހުން މެރުން

މެކްސިކޯގައި ރަހީނުކުރި ސިޔާސީ ފަރާތެއް މަރުވެފައި އޮއްވާ ފެނިއްޖެ

4 ޖޫން 2020 | ބުރާސްފަތި 14:50

ކިޑްނެޕް ކުރީ ކޮވިޑް-19އާ ގުޅިގެން ކުރިއަށް ގެންދިޔަ ސެނިޓޭޝަން ޕްރޮޖެކްޓެއްގައި ބައިވެރިވެގެން އުޅެނިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖޫން 2020 | ބުރާސްފަތި 14:50
ކޮލިމާ ސްޓޭޓްގައި މަރުގެ މައްސަލަތައް ދަނީ އިތުރުވަމުން

ކޮލިމާ ސްޓޭޓްގައި މަރުގެ މައްސަލަތައް ދަނީ އިތުރުވަމުން

މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޯޕޭޒް އޮބްރޭޑޯގެ ޕޮލިޓިކަލް ޕާޓީގެ ލެޖިސްލޭޓަރއެއްގެ ގޮތުގައި މަސައްކަތް ކުރި އަނެލް ބުއޭނޯ ރަހީނުކުރި ފަހުން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މެކްސިކޯގެ ރައީސް އަންދްރޭސް މެނުއެލް ލޯޕޭޒް އޮބްރޭޑޯގެ ޕޮލިޓިކަލް ޕާޓީގެ ލެޖިސްލޭޓަރއެއްގެ ގޮތުގައި މަސައްކަތް ކުރި އަނެލް ބުއޭނޯ ވަނީ އޭޕްރީލް 29 ވަނަ ދުވަހު ހަތިޔާރު އެޅި ގުރޫޕަކުން ވަގަށް ނަގާފައެވެ. އޭނާ ކިޑްނެޕް ކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން ކުރިއަށް ގެންދިޔަ ސެނިޓޭޝަން ޕްރޮޖެކްޓެއްގައި ބައިވެރިވެގެން އުޅެނި ކޮށްށެވެ.

އޭނާގެ ހަށިގަނޑު ފެނިފައިވަނީ އިތުރު އެހެން ތިން ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާ ވަޅުގަނޑަކުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އެއީ ބުރޭނޯގެ ހަށިގަނޑުތޯ ޔަގީން ކުރުމަށް އަންގާރަ ދުވަހު ހެދި ޓެސްޓުތަކުން އެއީ އޭނާކަން ކަށަވަރުވެފައިވާ ކަމަށެވެ.

މިހަށިގަނޑުތައް ފެނުނު ކޮލިމާ ސްޓޭޓްގެ ގަވަރުނަރު ވިދާޅުވީ މިކަން ކުރި ބަޔަކު ހޯދާ އިންސާފު ހޯދައިދޭނެ ކަމަށެވެ. ގަވަރުނަރުގެ މިއެނައުސްމެންޓްގެ އެއްދުވަހުގެ ކުރިން އޭނާ ވަނީ ކާރެއްގެ ތެރެއިން ވެސް 7 މީހެއްގެ ހަށިގަނޑަކީ ވެސް މީގެ ދުވަސްކޮޅެއް ކުރިން ޖެލިސްކޯ ސްޓޭޓް އިން ގެއްލިފައިވާ ޕޮލިސް މީހުންގެ ހަށިގަނޑުތައް ކަމަށް ވިދާޅުވެފައެވެ.

އެޓަރނީ ޖެނަރަލް އެދުމަށް ބުއޭނޯގެ މަންމަ މީޑިއާތަކަށް މައުލޫމާތު ނުދީ މަޑު ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ކޮލިމާ ސްޓޭޓްގައި ވަނީ ބޮޑެތި އަދި ނުރައްކާތެރި ހަމަލާތަކާއި މަރުތައް ގިނަވާން ފަށާފައެވެ. އަދި މިކަމަކީ ހަތިޔާރު އެޅި ގޭންގުތަކުން ހިންގާ އޯގަނައިޒް ކްރައިމް ތަކެއް ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އަދި މީގެ ކުރިން ވެސް ބޮޑެތި ސިޔާސީ މީހުންނަށް ހަމަލާތައް އަމާޒުވެފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު އަހަރު އެކްސްތަހޯކޯން ކްރިސްޕީން ގުޓޭރޭޒް ވަނީ މަރާލާފައެވެ. އަދި ވަނީ މިދިޔަ ޖުލައި މަހު މެންޒާނިލޯ ގެ މޭޔަރ އަށް ބަޑިން ހަމަލާތަކެއް ދީފައިވެއެވެ. އަދި ހަނި ފުރުސަތަކުން އޭނާ ވަނީ ސަލާމަތްވެފައެވެ.

ކޮވިޑް-19އާ ގުޅިގެން މެކްސިކޯ ލޮކްޑައުންގައި އޮތް ނަމަވެސް ގިނަ އަދަދެއްގެ މާރާމާރީތަކާއި މަރުތައް ދަނީ އިތުރުމުންނެވެ. މިހާރުގެ ރައީސް ލޮޕެޒް ވެރިކަމަށް 2018 ގައި އައިފަހުން މީހުން މެރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މާޗް މަހު 3000 މީހުން މަރާލާފައިވާއިރު، އޭޕްރީލް މަހު ވަނީ 2950 މަރު ރިޕޯޓުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 އޯގަސްޓު 2017

ސައުދީއަށް ދޭ ހަމަލާތަކާއި، ޙައްޖު ސިޔާސީކުރަން ޤަތަރުން ކުރާ މަސައްކަތް ކުށްވެރިކުރަން: ބަޚްރެއިން

07 އޯގަސްޓު 2017
ސައުދީއަށް ދޭ ހަމަލާތަކާއި، ޙައްޖު ސިޔާސީކުރަން ޤަތަރުން ކުރާ މަސައްކަތް ކުށްވެރިކުރަން: ބަޚްރެއިން
11 ޖުލައި 2017

ބަޣްދާދީ މަރުވެފައިވާކަމަށް އައިއިސްއިން އެއްބަސްވެއްޖެ

11 ޖުލައި 2017
ބަޣްދާދީ މަރުވެފައިވާކަމަށް އައިއިސްއިން އެއްބަސްވެއްޖެ
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
18 ޖޫން 2017

އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!

18 ޖޫން 2017
އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!
17 ޖޫން 2017

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
14 މާރިޗު 2017

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
13 ފެބުރުއަރީ 2017

ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ

13 ފެބުރުއަރީ 2017
ޓްރަމްޕާ ދެކޮޅަށް މެކްސިކޯގައި މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް