Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ ޑިޖިޓަލް ސެންޓަރ ތިން ރަށެއްގައި

24 ގަޑިއިރު ޚިދުމަތް ލިބޭ އުރީދޫ ޑިޖިޓަލް ސެންޓަރ ތިން ރަށެއްގައި ޤާއިމްކޮށްފި

4 ޖޫން 2020 | ބުރާސްފަތި 10:35

ޑިޖިޓަލް ސެންޓަރތައް ޤާއިމްކުރީ ކުޅުދުއްފުށި، ތިނަދޫ އަދި ފުވައްމުލަކުގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 4 ޖޫން 2020 | ބުރާސްފަތި 10:35
އުރީދޫގެ ހިދުމަތްތައް ފުޅަކުރުން

އުރީދޫގެ ހިދުމަތްތައް ފުޅަކުރުން

އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރތައް ކުޅުދުއްފުށި، ތިނަދޫ އަދި ފުވައްމުލަކުގައި ގާއިމްކޮށްފިއެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި ޕްރިޕެއިޑް ރީޗާރޖްކޮށް، ބިލަށް ފައިސާދެއްކުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ. އަދި އުރީދޫ ޑިޖިޓަލް ސެންޓަރުތަކަކީ ދިވެހިރާއްޖޭގައި މި ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ހަމަ އެކަނި ސެންޓަރުތައްކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނިގޮތުގައި ޑިޖިޓަލް ސެންޓަރުން ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ހަފްތާގެ 7 ދުވަހު، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ލިބެން ހުންނާނެއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު އުރީދޫ ގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އަވަސް އަދި ލިބިގަންނަން ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯކަމަށެވެ. އަދި ކުއްލި ހާލަތެއްގައި ދުނިޔެ މިހާރު ކުރިމަތިލަމުންދާ ޕެންޑެމިކް އާއި ގުޅިގެން އާންމު ދިރިއުޅުން ބަދަލުވެ، ނިއު ނޯމަލްއަކަށް ދަތުރުކުރާއިރު މުޖުތަމައުގެ ބޭނުންތަކަށް ޓެކްނޮލޮޖީގެ ރޯލުވަނީ އިހުނަށްވުރެ ބޮޑުވެފައިކަމަށް ނިޔޡް ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުގެ މާރިޗް މަހު ހާއްސަ ހަފްލާއެއް ބާއްވާ، ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ސެންޓަރވަނީ މާލޭގައި އިފްތިތާހު ކޮށްފައެވެ. ހަމަ އެއާއެކު، ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދެވަނަ ޑިޖިޓަލް ސެންޓަރެއް ވަނީ ހުޅުމާލޭގައިވެސް ހުޅުވިގެންގޮސްފައެވެ.

އުރީދޫން ބުނިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، ކުރިޔަށް އޮތްތަނުގައި އިތުރު ޑިޖިޓަލް ސެންޓަރުތަކެއް ގާއިމްކުރުމަށް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އުރީދޫގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންކަމަށް އެ ކުންފުނިން ބުންޏެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
05 ފެބުރުއަރީ 2017

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

05 ފެބުރުއަރީ 2017
ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް